ޢުމްރާގެ އަޅުކަން އަދާކުރާނޭ ގޮތް
- ދިސަލަފިއްޔާ
- May 25, 2018
- 1 min read

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޢުމްރާގެ އަޅުކަމަކީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކެވެ. މިއަޅުކަން އަދާކުރުމަށް ޤަޞްދުކޮށްފި މީހެއްގެ މައްޗަށް ލާޒިމެވެގެންވަނީ ކިރިތި ރަސޫލާ صلى الله عليه وسلم މިއަޅުކަން ކުރަން އުނގަންނަވާ ދެއްވި ގޮތް ދަސްކުރުމުވެ. އެހެނީ އަޅުކަމެއް ޤަބޫލުވުވެވި، އެއަޅުކަމެއްގެ ފުރިހަމަ ދަރުމައާއި ޘަވާބު ލިބޭނީ އެކަން ކުރުމަށް ރަސޫލާ صلى الله عليه وسلم އިރުޝާދުދެއްވަވާފައިވާ ގޮތަށް އަދާކުރުމުންނެވެ.
ޢުމްރާކުރާނެ ގޮތާމެދު ދިވެހިބަހުން ފޮތްތަކެއް ލިޔެވިފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފޮތްތަކުގައި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވެފައިނުވާ ދުޢާތަކާއި ބައެއް އެހެނިހެން ވާހަކަތައް ހިމެނިފައިވެއެވެ. މިފަދަ ކަންތައްތަކަކީ ޢުމްރާގެ އަޅުކަމުން ލިބޭ ދަރުމައާއި ޘަވާބަށް އުނިކަމެއް ގެނެސްދޭނެ ކަމެކެވެ.
ވީމާ ދީނީ މަޢުލޫމާތު ޙާޞިލުކުރާ ފޮތްތަކާމެދު ޝައިޚުންގެ ލަފައާއި އިރުޝާދު ޙާޞިލުކޮށް އޮޅުންއަރާ ނުވަތަ ޝައްކުވާ މައްސަލަތަކުގައިވެސް އެބޭފުޅުންނަށް ރުޖޫޢަވުމަށް ނަސޭޙަތްތެރިވަމެވެ.
ދުޢާއަކީ ﷲ ތަޢާލާ އަޅަމެންގެ އަޅުކަންތައް ޤަބޫލުފުޅުކުރައްވާ އަޅަމެންގެ ފާފަފުއްސަވާ ދެއްވުމެވެ.
ފޮތުގެ ނަން: ޢުމްރާގެ އަޅުކަން އަދާކުރާނޭ ގޮތް
ލިޔެ ޖަމާކުރީ: އާދަމް ނިޝާން ބިން އަލީ އާދަމް
ޞަފްޙާގެ ޢަދަދު:37 ޞަފްޙާ (A5 ސައިޒް).
ފައިލް ސައިޒް: 464 KB
ހުރިހާ ފޮތްތަކެއް ފަސޭހަކަމާއެކު ހޯދުމަށް ތިރީގައިވާ ބަޓަނަށް ފިތާލައްވާ