ކީރިތި قرآنގެ ސޫރަތްތަކުގެ މާތްކަން
الحمد لله رب العالمين ، و الصلاة و السلام على نبينا محمد و على آله و صحبه أجمعين.
މާތް ﷲ ބާވައިލެއްވި އެންމެހާ ރިސާލަތެއްގެ މައްޗަށް، ކީރިތި ޤުރުއާނަށް ވަނީ މަތިވެރިކަން ދެއްވާފައެވެ. އެފޮތުގެ ކޮންމެ ސޫރަތަކީ އަދި ކޮންމެ އާޔަތަކީ މާތްކަމާއި މަތިވެރިކަން ލިބިފައިވާ ސޫރަތްތަކާއި އާޔަތްތަކެއްކަމުގައި ވަނީ ލެއްވިފައެވެ. އެހެނެއްކަމަކު ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތަކަކީ އެހެން ސޫރަތްތަކުގެ މައްޗަށް ޚާއްޞަކަން ލިބިގެންވާ ސޫރަތްތަކެކެވެ. އަދި ބައެއް އާޔަތްތަކަކީ އެހެން އާޔަތްތަކުގެ މައްޗަށް ޚާއްޞަކަމެއް ލިބިގެންވާ އާޔަތްތަކެކެވެ. މިޘާލެއްގެ ގޮތުން ބަލާނަމަ، ނަމާދުގައި ފާތިޙާ ސޫރަތް ނުކިޔަވައިފިނަމަ، އެނަމާދުގެ އެއްވެސް ރަކުޢަތެއް ޞައްޙަނުވެއެވެ. އެއީ އެހެނިހެން ސޫރަތްތަކުގެ މައްޗަށް ފާތިޙާ ސޫރަތަށް ލިބިފައިވާ މާތްކަމެކެވެ.
ކީރިތި ޤުރުއާނުގެ މާތްކަމުގެ ވާހަކަ ދެކެވޭއިރު، ބަލިކަށި ދަލީލުތަކުގެ މައްޗަށް ބިނާކޮށް ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަމުގެ ވާހަކައިން ވާހަކަ ދެކެވެނީ މަދަކުންނޫނެވެ. މިފަދަ ބާޠިލު ކަންކަމުން މީސްތަކުން ހޭލައްވާލައި، އަދި ޙައްޤު ބަޔާންކޮށްދިނުމީ ވާޖިބުކަމެއް ކަމުގައި ވީހިނދު، ޤުރުއާނުގެ ސޫރަތްތަކާމެދު ވާރިދުވެފައިވާ ބައެއް ޞައްޙަ ރިވާޔަތްތަކާއި ޟަޢީފް (އެބަހީ: ބަލިކަށި ނުވަތަ ޞައްޙަނޫން) ރިވާޔަތްތައް ވަކިވާނޭ ފަދައިން ފޮތެއް ލިޔުމަށް ޤަޞްދު ކުރީމެވެ.
އަޅުގަނޑުގެ މިލިޔުމުގައި އެންމެބޮޑު އިސްކަމެއް ދީފައި މިވަނީ މިޤަރުނުގެ އެންމެ ބޮޑު އެއް މުޙައްދިޘް، ފަޟީލަތުއްޝައިޚް ނާޞިރުއްދީނުލް އަލްބާނީ رحمه الله މިމަޢުޟޫގައި ތަޙްޤީޤް ކުރައްވާފައިވާ ޙަދީޘްތައް، އޭގެ ދަރަޖަ ވަކިވާނޭ ފަދައިން، ދިވެހި ބަހުން އެޙަދީޘްތަކުގެ މާނައާ އެކު ގެނެސްދިނުމަށެވެ.
ދުޢާއަކީ މާތްﷲ އަޅުގަނޑުގެ މިމަސައްކަތުގައި ބަރަކާތްލައްވާ މިކަމުން އިސްލާމީ އުންމަތަށް މަންފާ ލިބިގެން ދިޔުމެވެ.
وَغَفَرَ اللهُ لَنَا وَلَكُمْ وَلِجَمِيْعِ الْمُسْلِمِيْن، وَالْحَمْدُ لِلَّهِ رَبِّ الْعَالَمِيْن. آمين.
ފޮތުގެ ނަން: ކީރިތި قرآنގެ ސޫރަތްތަކުގެ މާތްކަން
ތަރުޖަމާކުރީ: އަޙްމަދު ނާޒިލް މުޙައްމަދު
ޞަފްޙާގެ ޢަދަދު: 66 ޞަފްޙާ (A5 ސައިޒް).
ފައިލް ސައިޒް: 3.03 mb
ހުރިހާ ފޮތްތަކެއް ފަސޭހަކަމާއެކު ހޯދުމަށް ތިރީގައިވާ ބަޓަނަށް ފިތާލައްވާ