ހަތަރު ކަލިމައިގެ މާތްކަން
الْحَمْدُ لِلَّهِ رَبِّ الْعَالَمِين، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِيْنَ. أَمَّا بَعْدُ:
މި ފޮތަކީ މަތިވެރިވެގެންވާ ހަތަރު ކަލިމަ: سُبْحَانَ اللهِ، وَالحَمْدُ للهِ، وَلاَ إِلهَ إِلاَّ اللهُ، وَاللهُ أَكْبَر ކިޔުމުގެ މާތްކަމާއި މަތިވެރިކަމާގުޅޭގޮތުން ޢަބްދުއްރައްޒާޤް ބިން ޢަބްދުލް މުޙްސިން އަލްބަދުރު ޙަފިޡަހުﷲ ތަޢާލާ ލިޔުއްވާފައިވާ “فضائل الكلمات الأربع” މި ފޮތުގެ ދިވެހި ތަރުޖަމާއެވެ.
މި ހަތަރު ކަލިމައަކީ އޭގެ ޒާތުގައި ކުރު، ފަސޭހަ ކަލިމަތަކެއް ނަމަވެސް، މަތިވެރި މާނަތަކެއް ދޭހަކޮށްދޭ، އަދި ޘަވާބާ ދަރުމައަށް އެދޭމީހަކަށް މާތްވެ، މަތިވެރިވެގެންވާ ކަލިމަތަކެކެވެ.
މި ހަތަރު ކަލިމަ ކިޔުމުގައި، މި ކަލިމަތަކުން ދޭހަކޮށްދޭ ފުން މާނައާމެދު ވިސްނާފިކުރުކޮށްލުމަކީ މި ކަލިމަތައް ކިޔުމުގެ ފައިދާތައް، އެ ކިޔާމީހަކަށް އިތުރުކޮށްދޭނެކަމެކެވެ.
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މި ފޮތުގެ ފައިދާ އަޅުގަނޑުމެންގެ އެންމެހާ ލޮބުވެތި އަޚުންނަށާއި އުޚްތުންނަށް ފޯރުކޮށްދެއްވުމެވެ. އަދި އަޅުގަނޑުމެންނަކީ ގިނަގިނައިން އެއިލާހުގެ މަތިން ހަނދުމަކުރާ ބައެއް ކަމުގައި ލެއްވުމެވެ.
وَصَلِّ اللَّهُمَّ وَسَلّم وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِين.
ފޮތުގެ ނަން: ހަތަރު ކަލިމައިގެ މާތްކަން
ލިޔެ ޖަމާކުރީ: މުޙައްމަދު ސިނާން
ޞަފްޙާގެ ޢަދަދު: 29 ޞަފްޙާ (A5 ސައިޒް).
ފައިލް ސައިޒް: 732 KB
ހުރިހާ ފޮތްތަކެއް ފަސޭހަކަމާއެކު ހޯދުމަށް ތިރީގައިވާ ބަޓަނަށް ފިތާލުއްވާ