top of page
Featured Posts

ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތައް

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި...


 ގަތަރާއި މިސްރުގެ މެދުވެރިކަމުގައި ހަމާސް އާއި އިޒްރޭލާ ދެމެދު ވެވުނު ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތައް:


◾ ދެފަރާތުން ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައި އިޒްރޭލުގެ އިސްތިޢުމާރީ ލަޝްކަރުން ހިންގާ ހުރިހާ އަސްކަރީ ޢަމަލުތަކެއް ހުއްޓާލުން


◾ އިންސާނީ އެހީތެރިކަމާއި، ރިލީފް، މެޑިކަލް އަދި ފިއުލް އެހީއަށް ބޭނުންވާ އެތައް ސަތޭކަ ޓްރަކް ޣައްޒާގެ ހުރިހާ ސަރަހައްދަކަށް، އިސްތިސްނާއެއް ނެތި، އުތުރާއި ދެކުނުން ގެނައުން


◾ މުޖާހިދުން ހަޔަރުކޮފައި ވާ އިޒްރޭލުގެ ގައިދީންގެ ތެރެއިން 50 މީހުން، 19 އަހަރުން ދަށުގެ އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމުގެ ބަދަލުގައި، 19 އަހަރުން ދަށުގެ އިސްރާއީލުގެ ޖަލުތަކުން އަޅުގަނޑުމެން ( ފަލަސްޠީނު) ގެ  150 އަންހެނުންނާއި ކުދިން ދޫކޮށްލުމެވެ.


◾ދެކުނުގެ ވައިގެ ދަތުރުފަތުރު ހަތަރު ދުވަސް ވަންދެން ހުއްޓާލުން


◾ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ދުވާލަކު 6 ގަޑިއިރު އުތުރުގެ ވައިގެ ދަތުރުފަތުރު ހުއްޓާލުން


◾ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގައި އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައި އެއްވެސް މީހަކަށް ހަމަލާއެއް ނުދިނުމަށާއި ހައްޔަރު ނުކުރުން


◾ ސަލާހުއްދީން މަގުގައި މީހުން (އުތުރުން ދެކުނަށް) ދަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކުރުން..


-ގުދުސްގެ އަޑު-

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page