އޭ އުއްމަތުގެ ޒުވާނުންނޭވެ . މިއަނިޔާ ފެނޭހެއްޔެވެ؟
ފަލަސްޠީނުގެ ޖެނީން ގެ ހުޅަނގު ދެކުނަށް ނިސްބަތްވާ ފާތިމަތު ނަޞްރު މުޙައްމަދު (44 އަހަރު) މިދިޔަ ސެޕްޓެމްބަރ މަހުގެ 4 ވަނަ ދުވަހު މަސްޖިދުލް އަޤްޞާ މިސްކިތުން ނިކުތްހިނދު، ޔަހޫދީ ސިފައިން ހައްޔަރުކުރިގޮތެވެ. ނިކަން ވިސްނާށެވެ. އެފަދަ އަނިޔާ އެންމެންކުރިމަތީދެނީ އަމިއްލަ ނަފްސު ދިފާޢު ނުކުރެވޭވަރުގެ އަންހެނެއް ވީމައެވެ. ފިރިހެންވަންތަ ފިރިހެނަކާ އެމީހުން ކުރިމަތިލާނަމަ އަންނަނީ ބޮޑެތި ފައުޖާއި 70 ވެހިކަލާއި އޭތިމީތި ހިފައިގެންނެވެ. އެހެނީ ޔަހޫދީންނަކީ ޙަޤީޤަތުގައިވެސް ފިނޑި ބައެކެވެ.
އޭ އުއްމަތުގެ ޒުވާނުންނޭވެ. މިއަނިޔާ ފެނޭހެއްޔެވެ؟ ތިޔަބައިމީހުންގެ އަތްފޯރާފަށަށް އެ ނުބައި ޔަހޫދީން އައުމުން ލޭ ނުކެކެނީ ކީއްވެހެއްޔެވެ؟ އެއުޚްތާއަށް ދިން އަނިޔާގެ ބަދަލުދޭން ނުކެރެނީ ކީއްވެހެއްޔެވެ. ﷲ ގެ މަގުގައި ހައްޔަރުވުމާއި އެމަގުގައި މަރުވެދިއުމަކީ ގެއްލުމެއް ނޫނެވެ. އެއީ ކާމިޔާބާއި ޝަރަފެކެވެ.
﴿ހަމަކަށަވަރުން، اللَّه ތަޢާލާ مؤمن ންގެ ކިބައިން އެމީހުންގެ نفس ތަކާއި، މުދާތައް، އެއުރެންނަށް ޖަންނަތު ދެއްވައި ގަނެލައްވައެވެ. އެއުރެން اللَّه ގެ މަގުގައި ހަނގުރާމަކުރެއެވެ.﴾
(9/111)
الله أكبر ولله الحمد މި އުޚްތާ ވަނީ އަލް ޤައްސާމް ބްރިގޭޑްއިން އަސީރުން ބަދަލުކުރާ އެއްބަސްވުމުގެ ދަށުން ޔަހޫދީންގެ އަތްދަށުން މިނިވަންވާ ލިސްޓުގައި.
އެތައް ބިލިއަންޑޮލަރެއް ހޭދަކޮށްލާ މުސްލިމް ދައުލަތްތަކަށް އެންމެ މުސްލިމަކު ޔަހޫދީންގެ ޖަލުން ނެރެވޭވަރު ނުވާއިރު ފަލަސްތީނުގެ މުޖާހިދު އެތައްސަތޭކަ މުސްލިމް އަސީރުންނެއް އެމިނިވަންކުރަނީ އެއީ ކޮންފަދަ ބޮޑު ނަޞްރެއްހެއްޔެވެ؟ އުއްމަތުގެ ޙަޤީޤީ ދަރިންނާއި، އުއްމަތުގެ ޣައްދާރުން މިއަދުއެވަނީ އެންމެނަށް ފާޅުވެގެންނެވެ.
(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِن تَنصُرُوا۟ ٱللَّهَ یَنصُرۡكُمۡ وَیُثَبِّتۡ أَقۡدَامَكُمۡ)
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް (އެބަހީ: اللَّه ގެ دين އަށް) نصر ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصر ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابت ކުރައްވާނެތެވެ.
(ސޫރަތު މުޙައްމަދު 7)