ތާރީޚީ ޢިލްމުވެރިޔާ އިބްނު ޚަލްދޫން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
((ހަމަކަށަވަރުން ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި އައި ތަދުމަޑުކަމުން (ކާބޯތަކެއްޗަށްޖެހުން) އުފަންކުރުވި ޖީލުން ، ބޮޑު ދެބާރުކަމުގައިވާ ރޯމަނާއި ފާރިސީން ބަލިކޮށްލިއެވެ.
އަދި އަންދަލުސް އާއީ ބަޣުދާދުގައި ފެތުރިގެންދިޔަ ފާގަތިކަން (ތަނަވަސްކަމާއި ތަރައްޤީ)، މުޅި އިސްލާމީ ބިންތައް ގެއްލުވާލިއެވެ.))
ފަހެ ތިބާ ދަތި އުނދަގޫ ދިރިއުޅުމެއް އުޅެންޖެހުމުން މާޔޫސްނުވާށެވެ. ފަހެ އެދިރިއުޅުން ކުޅަދާނަ ފަހުލަވާނުން އުފައްދައެވެ.
(وَلَا تَا۟یۡـَٔسُوا۟ مِن رَّوۡحِ ٱللَّهِۖ إِنَّهُۥ لَا یَا۟یۡـَٔسُ مِن رَّوۡحِ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡكَـٰفِرُونَ)
އަދި اللَّه ގެ رحمة ން ތިޔަބައިމީހުން اميد ކަނޑައިނުލާށެވެ! (ހަަމަކަށަވަރުން، كافر ވިމީހުން މެނުވީ، اللَّه ގެ رحمة ން اميد ކަނޑައެއް ނުލާނެތެވެ.)
(ސޫރަތު ޔޫސުފް، 87)