top of page
Featured Posts
Writer's picturehaqqubooks

ތަފްޞީލީ ޢިލްމު ހޯދުމަކީ ފަރުޟު ކިފާޔަތެއް


އެ ޖަވާބުގެ ފުރަތަމަ ގޮތަކީ، މީސްތަކުންގެ ތެރެއިން ހެޔޮކަންކަމަށް އަމުރުކޮށް އަދި މުންކަރާތްތައް ނަޙީކުރުމަށް ހުސްވެ ހުންނާނެ ބަޔަކު ތިބެން ޖެހޭނެވެ. އެބައިމީހުން އެ މަސައްކަތަށް ހުސްވާން ޖެހޭނެވެ. މި ބައި ވަނީ ފަރުޟު ކިފާޔަތުގެ ތެރެއިންނެވެ. (އިޖްތިމާޢީ ވާޖިބެކެވެ.) މީސްތަކުންގެ ތެރެއިން ބަޔަކު އެކަން އަދާކޮށްފި ނަމަ މުޅި އުއްމަތަށް އެކަން ފުދިގެން ދެއެވެ. މި އުއްމަތުގެ ކޮންމެ ފަރުދެއް ޚަޠީބަކަށް ވާކަށް ނުޖެހެއެވެ. އަހަރުމެންނަށް 1.6 ބިލިއަން ޚަޠީބުން ބޭނުމެއް ނުވެއެވެ. އަހަރެމެންގެ ކޮންމެ މީހަކު ބުޚާރީގެ ހުރިހާ ޙަދީޘްތަކުގެ ޝަރަޙައިގެ އެންމެ ފުނަށް ދާކަށް ނުޖެހޭނެވެ. ނޫނީ ޙަދީޘްތަކުގެ ސަނަދުގެ ތަފްޞީލް ދެނެގަންނާކަށް ނުޖެހޭނެވެ. ޙަދީޘްތަކުގައާއި، މުސްތަލަހާތްތަކާއި، ސީރަތާއި، ތަފްސީރާއި، ފަރާއިޟްތަކާއި (ވާރުތަވެރިކަމުގެ ޙުކުމްތައް) އަދި އެހެނިހެން ޢިލްމުތަކުގެ އިހުގެ ތަފްޞީލީ އަދި ޢިލްމުގެ އެންމެ ފުނަށް ހޯދާ ބަޔަކު މި އުއްމަތުގައި ހުންނަން ޖެހޭނެވެ. އަދި އެ ހުރިހާ ޢިލްމަކީވެސް ފަރުޟް ކިފާޔަތެކެވެ.


ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ:


﴿۞ وَمَا كَانَ الْمُؤْمِنُونَ لِيَنفِرُوا كَافَّةً ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَائِفَةٌ لِّيَتَفَقَّهُوا فِي الدِّينِ وَلِيُنذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ ١٢٢﴾


އަދި އެންމެން އެކުގައި ހަނގުރާމައަށް ނުކުތުމެއް، މުއުމިނުންނަކަށް ނެތެވެ. ފަހެ އެބައިމީހުންގެ ތެރެއިން ކޮންމެ ގަބީލާއަކުން ބަޔަކު ހަނގުރާމައަށް ނުކުތްނަމަ ކިހާރަނގަޅުހޭ؟ (އެއީ) އެބައިމީހުން (އެބަހީ: ނުގޮސްތިބި މީހުން) ދީން އުނގެނި ދަސްކުރުމަށެވެ. އަދި އެބައިމީހުންގެ ގައުމުގެ މީހުން (އެބަހީ: ހަނގުރާމައަށް ނުކުތް މީހުން) އެބައިމީހުންގެ ގާތަށް އެނބުރި އަތުވެއްޖެހިނދު، އެބައިމީހުންނަށް އިންޒާރުކުރުމަށްޓަކައެވެ. (އެއީ) އެބައިމީހުން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ.


އިސްލާމީ ޢިލްމާއި އިރުޝާދުތަކާއި ދަރުސްތައް ލިބިގަތުމަށްޓަކައި އެއް ބަޔަކު މަޑުކުރަން ޖެހެއެވެ. އެވެރިން (ހަނގުރާމަ އަށް ނުކުތް މީހުން) އެނބުރި އައުމުން އެވެރިންނަށް އިންޒާރު ދީ (ދީނީ ކަންކަން ބަޔާންކޮށްދީ) ހެދޭނީ އޭރުންނެވެ. މި އުއްމަތުގެ ތެރެއިން ބަޔަކު އަބަދުމެ ދަޢުވަތުގެ އެންމެ ކުރީ ޞަފުގައި ހަރަކާތްތެރިވެ އެކަމާއި ވިދިގެން އަންނަ ހުރިހާ އިމްތިޙާނުތަކާއި ކުރިމަތިލާން ޖެހޭނެވެ. މީސްތަކުން ޝައްކުތައް ގެންނަ ހިނދު، އެބަޔަކު އެއަށް ރައްދު ދޭން ޖެހޭނެވެ. ސަރުކާރުތަކުން ކުފުރު ފަތުރާ ހިނދު، އެކަމާއި ދެކޮޅަށް އެބަޔަކު ތެދުވާންޖެހޭނެވެ. ރާފިޟީންނާއި، ޚަވާރިޖުންނާއި މުރުޖިޢާއިންނަށް ރައްދުދޭން އެބަޔަކު ތެދުވާންޖެހޭނެވެ. ހަމަ އެހެންމެ މީސްތަކުންނާއި ގެން އިމާމުވެ ނަމާދުކުރާނެ މީހަކު ހުންނަން ޖެހޭނެވެ. ޖަރްހު އަދި ތަޢްދީލްގެ ތަފްޞީލީ ޢިލްމު އުނގެނިފައިވާ ބަޔަކު ހުންނަން ޖެހޭނެވެ. މީގެ އިތުރުން ވާރުތަމުދަލުގެ ތަފްޞީލީ ޢިލްމު އުނގެނިފައިވާ ބަޔަކު ވެސް ހުންނަން ޖެހޭނެވެ. ނަމަވެސް މިއީ މީސްތަކުންގެ ތެރެއިން އެންމެންނަށް ކުރުން ކުޅަދާނެ ވެގެންވާ ކަންތަކެއް ނޫނެވެ. އެހެނީ، އެފަދަ ތަފްޞީލީ ޢިލްމެއް އުނގެނުމުގެ ބުރަ މުޅި އުއްމަތަށް ޖެއްސުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.


އައްޝައިޚް އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله) -ތަވްޙީދުގެ ކުލާސްތަކުން-



@Tazkirat_Nufoos

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page