ޝައިޚް ސުލައިމާން އަލް ޢަލްވާންގެ ތަޢާރަފް
Updated: Nov 17, 2023
ނަންފުޅާއި ޢާއިލާ
އެބޭފުޅާއީ ސުލައިމާނު ބްނު ނާޞިރު ބްނު ޢަބްދު الله އަލްޢަލްވާން އެވެ. (ޢުލްވާން މިފަދައިންވެސް ކިޔެއެވެ.) ޝެއިޚު އުފަންވެވަޑައިގަތީ ހިޖުރައިން 1389 ވަނަ އަހަރުގައި ޤަޞީމްގެ ބުރައިދާގައެވެ. އެއީ އިމާމު މުޙައްމަދު ބްނު އިބްރާހީމް އާލުއްޝެއިޚު އަވަހާރަވީ އަހަރެވެ. އެކަލޭގެފާނުގެ ބޮޑަށް ތިން ބޭބެއިން، އަދި ކުޑައަށް ފަސް ފިރިހެން ކޮއްކޮއިން ތިބެއެވެ. ޝެއިޚު ކައިވެނި ބައްލަވައިގަތީ ހިޖުރައިން 1410 ވަނަ އަހަރުގައެވެ. އަދި ތިން ފިރިހެން ބޭކަލުން ލިބިވަޑައިގެންނެވިއެވެ. އެންމެ ދޮށީ ދަރިކަލުންނަކީ ޢަބްދުالله އެވެ. އެބޭފުޅާގެ ޢުމުރަކީ 19 އަހަރެވެ.
ތަޢުލީމީ ޙަޔާތް، އޭގެ ފެށުމާއި މިންނަތް
🔸 ތަޢުލީމް ޙާޞިލްކުރައްވަން ފެއްޓެވީ ހިޖުރައިން 1404 ވަނަ އަހަރުގައެވެ. އެއީ ޢުމުރުން ގާތްގަނޑަކަށް ފަނަރަ އަހަރުގައެވެ. މެދުފުރައިގެ ސްކޫލް (ސަޢުދީގައި މިއީ ގުރޭޑު ނުވައަކާއި ހަމަޔަށް) ނިންމަވައި ހައި ސްކޫލަށް ވަޑައިގެންނެވިއެވެ.
🔸 އެތާގައި 15 ދުވަސް ފުރިހަމަ ނުކުރައްވައެވެ. އަދި ނިޒާމީ ތަޢުލީމު ދޫކޮށްލެއްވިއެވެ. އަދި ޝަރުޢީ ޢިލްމު އެކަނި ހޯއްދެވުމަށް ހުސްވެވަޑައިގެންނެވިއެވެ. ޢިލްމުވެރިންގެ ފައިންޕުޅުންނާއި، ފޮތްތައް މުޠާލިޢާ ކުރެއްވުމުންނެވެ. އަދި ހިތުދަސް ކުރެއްވުމާއި ތަފާތު ޢިލްމީ މަޥްޟޫޢު ތަކުގެ ފޮތްތައް ކިޔަވައިވިދާޅުވުމަށް ގަޔާވެލެއްވިއެވެ. އަދި ޢިލްމު ހޯއްދެވުމަށް ފެއްޓެވީއްސުރެ މިކަމުގައި ވަގުތު ހޭދަކުރައްވައެވެ.
🔸 ގިނަދުވަސްތައް ހޭދަކުރައްވަނީ ހިފުޡު ކުރެއްވުމާއި ކިޔަވައިވިދާޅުވުމާއި ފޮތް ކިޔުއްވުމުގައެވެ. ޝައިޚު ފުރަތަމަ ފެއްޓެވީ ޤުރުއާން ހިތުދަސް ކުރެއްވުމުންނެވެ. އަދި އެކަން ފުރިހަމަ ކުރެއްވީ ހިޖުރައިން 1407 ވަނަ އަހަރުގައެވެ. ދެން ޝައިޚުލް އިސްލާމް މުޙައްމަދު ބުނު ޢަބްދުލް ވައްހާބު ގެ ކިތާބުއް ތައުޙީދް ހިތުދަސް ކުރެއްވިއެވެ. އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ޢަޤީދަތުލް ވާސިޠިއްޔާ އާއި އަލްފަތާވާ އަލްޙުމަވިއްޔާ ހިތުދަސް ކުރެއްވިއެވެ. އަދި އަލްބައިޤޫނިއްޔާ ވެސް އެވެ. ޢިލްމު ޙާޞިލްކުރައްވަން ފެއްޓެވި އިރު މިތަކެތި ވަނީ ހިތުދަސް ކުރައްވާފައެވެ. އަދި އޭރު އިބްނު ތައިމިއްޔާ އާއި އިބްނުލް ޤައްޔިމްގެ ފޮތްތަކާއި، އިބްނު ހިޝާމުގެ ސީރަތާއި އިބްނު ކަޘީރުގެ އަލްބިދާޔާ ވައްނިހާޔާ އާއި އިބްނު ރަޖަބުގެ ލިޔުއްވުންތަކާއި ނަޖުދީގެ ދަޢުވަތުގެ އިމާމުންގެ ފޮތްތައް ކިޔުއްވާ ވިދާޅުވަމުން ގެންދެވިއެވެ.
🔸 ޢިލްމްވެރިންގެ ޖަމާޢަތެއް ފުށުން އެބޭކަލުން ޚާއްޞަވެވަޑައިގެން ހުންނެވި ފޮތްތަކަށް ބައްލަވައި ވަޑައިގަންނަވައެވެ. އެއްބޭކަލަކަށްފަހު އަނެއްބޭކަލެއް ގާތަށް ޙިފުޡު ކުރައްވާ ތަކެތި ކިޔައިދެއްވުމުގައެވެ. އަދި ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ފިލާވަޅު އުނގެންނެވުމުގައި ވެލެއްވިއެވެ. އަދި ދުވާލަކަށް ޢިލްމުވެރިން ތެރެއިން ކޮންމެވެސް 4 ޢިލްމުވެރިޔެއް ގާތަށް ވަޑައިގަންނަވައެވެ. އެއީ ފަތިސް ފަހުންނާއި، މެންދުރު ފަހުންނާއި، މަޣްރިބު ފަހުންނާއި ޢިޝާ ނަމާދަށް ފަހުއެވެ.
🔸 އަދި ޝަރުޢީ ޢިލްމުގެ އެންމެހާ ފަންނެއްގައިވާ މަތަންތައް (އަސާސީ ފޮތްތައް) ހިތުދަސް ކުރެއްވުމުގައި ސަމާލުވެލެއްވިއެވެ. އަދި އެއިން އެއްވެސް މަތަނެއް އޭގެ ޝަރަޙަ ކިޔުއްވައި މާނަ ފަހުމް ކުރެއްވުމަށް ފަހުގައި މެނުވީ ހިތުދަސް ނުކުރައްވައެވެ. އަދި ފިޤުހުގައި އެނޫން މަޛުހަބުތައް ދެނެގަތުމަށް ހުށިޔާރުވެލެއްވިއެވެ. އެއީ ހަތަރު މަޛުހަބުގެ ފިޤުހު ހިތުދަސްކުރައްވަން ފެއްޓެވުމާއި ހަމައަށެވެ. މީގެ މައްޗަށް އިތުރު ކުރެއްވީ އިބްނު ޙަޒަމް އާއި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަދި އެކަލޭގެފާނުގެ ދަރިވަރު އިބްނުލް ޤައްޔިމްގެ އިޖުތިހާދުތަކާއި އިޚްތިޔާރުތަކެވެ. އަދި އެދުވަސް ވަރު ޝައިޚު ދުވާލަކު އުނގެނުމުގައި ހޭދަކުރައްވަނީ ކިހާ ވަޤުތެއްތޯ އާއި މެދު ސުވާލުވެވުމުން ވިދާޅުވިއެވެ: ކިޔެވުމުގައި ދުވާލަކަށް 15 ގަޑި އިރަށްވުރެ ގިނަ ނުވާ ވަރަކަށް ވަޤުތު ހޭދަކުރަމެވެ. އެއީ ޙިފުޡު ކުރުމާއި ބަލައިހޯދުމާއި މުޠާލިޢާ ކުރުމުގައެވެ.
🔸 ޢަޤީދާ އާއި ޙަދީޘް އާއި ފިޤުހާއި ނަޙޫ (ޢަރަބި ބަހުގެ ޤަވާޢިދު)ގެ ފޮތްތަކުގެ އިތުރުން، ދުނިޔޭގެ ޢާލަމީ ޙާލަތްތަކާއި މުސްލިމުންނަށް ޖެހިފައިވާ މުސީބާތްތަކާއި، ފިކުރީ ފަސާދައާއި އަސްކަރީ އަނދަވަޅުތައް ދެނެގަތުމަށްޓަކައި އެއްވެސް ވަރަކަށް ފިކުރީ ފޮތްތައް އެދުވަސްވަރު ކީތޯ ސުވާލުވެވުމުން ވިދާޅުވިއެވެ. ފުރަތަމަ ދުވަސް ވަރު މިފަދަ ފޮތްތައް ކީމެވެ. އެންމެ ފުރަތަމަ ކީ ފޮތްތަކުގެ ތެރޭގައި، މުޙައްމަދު ޤުޠުބުގެ 'وَاقِعُنَا الْمُعَاصِرُ' އާއި މުޙައްމަދުއް ޞައްވާފު ގެ 'المُخَطّطَاتُ الإسْتِعُمَارِيَّة لِمُكَافَحَةِ الإسْلَامِ' ހިމެނެއެވެ. އަދި މިހާރު މިފަދަ ފޮތްތައް ގިނަގުނަކޮށް ކިޔަމެވެ. މިފޮޅުވަތްތައް ލިޔުމާއި ހަމަޔަށް 200 އަށް ވުރެ ގިނަ ނޫން ވަރަކަށް ފޮތް ވާނީ ކިޔާފައެވެ.
އަދި ހަމަ އެފަދައިން ރާފިޟިއްޔާ އާއި ޒައިދިއްޔާ އާއި މުޢުތަޒިލާ އަދި އެނޫން މަޤުފުރެދިފައިވާ ބައިގަނޑުތަކުގެ އުސޫލުތަކާއި ބެހޭ މުހިއްމު ފޮތްތައްވެސް ކީމެވެ.
🔸 އަދަބިއްޔާތުގެ އެއްވެސް ފޮތެއްގެ ވާހަކަ ޛިކުރު ނުކުރެއްވުމުން، އެފަދަ ތަކެތި ނުކިޔައްވަމުތޯ ސުވާލުވެވުމުން ވިދާޅުވިއެވެ: އޭގެ މާނައީ އެއިން ފޮތްތައް ނުކިޔަމެކޭ ނޫނެވެ. الْجَاحِظُ (ބަހުގެ ޢިލްމުވެރިޔެއް)ގެ އެންމެހާ ލިޔުމެއް ކީމެވެ. އަދި އަލްމުބައްރިދުގެ الْكَامِلُ ވެސް އެވެ. އަދި އިބްނު ޤުތައިބާގެ ލިޔުންތަކާއި خَزَانَةُ الأَدَبِ އާއި شُرُوحُ الْمُعَلّقَاتِ السَّبْعِ އާއި މަޝްހޫރު ޅެންފޮތްތަކުގެ ތެރެއިން ބަޔެއްވާނީ ކިޔާފައެވެ. ފަހުގެ ބޭފުޅުން ތެރެއިން ވެސް އެތައް ބޭކަލެއްގެ ފޮތްތަކެއް ވާނީ ބަލައިފައެވެ. އަދި مُصْطَفَى الرَّافِعِي ގެ ލިޔުންތަކާއި، عَبَّاسُ مَحْمُود العَقَّاد ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތަކާއި، مَحُمُود مُحَمّد شَاكِر ގެ ލިޔުންތަކާއި، سَيِّد قطب އެނޫން މިޒަމާނުގެ ބޮޑެތި އަދީބުންގެ ފޮތްތައް ވާނީ ކިޔާފައެވެ.
🔸 ފޮތްތައް ކިޔާއިރު އޭގެން ހޯދޭ ފާޢިދާތައް ނުކުތާ ކުރައްވައި ލިޔުއްވަނީ ކިހިނެއްތޯއާއިމެދު ސުވާލުވެވުމުން ވިދާޅުވިއެވެ: "ފުރަތަމަ ކޮޅުގައި، ކިޔާ ކޮންމެ ފޮތަކަށް ޚާއްޞަ ގަނޑުތަކެއް ބާއްވަމެވެ. އޭގައި އެފޮތުގައިވާ މުހިއްމު މައްސަލަތަކާއި، ފާއިދާ ތަކާއި އޮޅުންތައް އަދި އެނޫން ތަކެތި ޚުލާޞާކޮށް ނޯޓުކުރަމެވެ. މިހާރު، އެހެން ކަންތައް ނުކުރަމެވެ. އަދިކިއެއްތަ، އެފޮތަކުން ހޯދޭ (މުހިއްމު) ފައިދާ ތައް ޚުލާޞާކޮށް ނޯޓުކުރަނީ އެފޮތެއްގެ ފުރަތަމަ ގަނޑުގައެވެ. އެހެންކަމުން އެނުކުތާއެއް ލިޔުމަށް ފަހު އެއާއި ދިމާލުގައި އޭގެ ޞަފްހާ ނަންބަރު ޖަހަމެވެ. އެއީ ޙާއްޖަތެއް ޖެހޭ ހިނދު އެއަށް ރުޖޫޢަވެވޭނޭ ފަދައިންނެވެ".
ޝައިޚް ސުލައިމާ އަލް ޢަލްވާންގެ ތަޢާރަފް
އެދުރުން
🔸އަލްޤަޞީމް ގައި އެތަކެއް ޢިލްމުވެރިންނެއް ގާތުން ޝައިޚު އުނގެނި ވަޑައިގެންނެވިއެވެ. އޭގެތެރެއިން ބަޔެއް ބޭކަލުންނީ (އަދި އުނގެނިވަޑައިގެންނެވި ފޮތްތަކަކީ)
🔸فَضِيلَةُ الشَّيْخ ޞާލިޙު ބްނު އިބްރާހީމް އަލްބުލައިހީ. އެކަލޭގެފާނު އަރިހުގައި : ކިތާބުއް ތަޥްޙީދި އާއި ޢުމްދަތުކް އަޙްކާމް ޙިފުޠު ކުރެއްވިއެވެ. އަދި السَّلْسَبِيلُ (އޭގެ ފުރަތަމަ މުޖައްލަދު) ކިޔައިދެއްވިއެވެ. އަދި ބުލޫޣުލް މަރާމި ކައިވެނީގެ ފޮތާއި ހަމަޔަށެވެ.
🔸فَضِيلَةُ الشَّيْخ المُحَدِّث ޢަބްދު ﷲ އައްދުވައިޝް، އެކަލޭގެފާނު އަރިހުގައި : ކިތާބުއް ތަޥްޙީދި އެއްކޮށް ހިތުދަސްކޮށް ކިޔައިދެއްވިއެވެ. އަދި ޢަޤީދަތުލް ވާޞިތިއްޔާ އާއި އަލްފަތުވާ އަލްޙުމަވިއްޔާ އާއި الآجْرُومِيَّة ވެސް އެވެ.
🔸فَضِيلَةُ الشَّيْخ ޢަބްދު ﷲ މުޙައްމަދުލް ޙުސައިން އަބަލް ޚައިލް. އެކަލޭގެފާނު އަރިހުގައި : نُخْبَةُ الْفِكْرِހިތުދަސްކޮށް ކިޔައިދެއްވިއެވެ. އަދި އަލްބައިޤޫނިއްޔާ އާއި އަލްފަތުވާ އަލްޙުމަވިއްޔާ އާއި ބުލޫޣުލް މަރާމް ވެސް އެވެ. އަދި شَرْحُ الطَّحَاوِيَّةِ އާއި އިބްނުލް އަޘީރު ގެ جَامِعُ الْأُصُولِ އާއި ޞަޙީޙުލް ބުޚާރީ އާއި ސުނަން އަބީ ދާވޫދު އަދި އެނޫން ފޮތްތައް (އުނގެނި ބަލައިގެން) ކިޔައިދެއްވިއެވެ.
🔸فَضِيلَةُ الشَّيْخ މުޙައްމަދު ބްނު ސުލައިމާން އަލްޢިއްލީޠު، އެކަލޭގެފާނު އަރިހުގައި : الْأُصُولُ الثَّلَاثَةُ ހިތުދަސްކޮށް ކިޔައިދެއްވިއެވެ. އަދި زَادُ الْمُسْتَقْنِعِ އިން ބަޔަކާއި ޙާފިޡް އަލްޙަކަމީ ގެ سُلَّمُ الْوُصُولِ އަދި މުޙައްމަދު ބުނު ޢަބްދުލް ވައްހާބު ގެ فَضْلُ الْإِسْلَامِ ވެސް އެވެ. އަދި އިބްނު ރަޖަބް ގެ جَامِعُ الْعُلُومِ وَالْحِكَمِ އާއި އިބްނުލް ޤައްޔިމް ގެ زَادُ الْمَعَادِ އާއި އެނޫން ފޮތްތައް (އުނގެނި ބަލައިގެން) ކިޔައިދެއްވިއެވެ.
🔸فَضِيلَةُ الشَّيْخ މުޙައްމަދު ބުނު ފަހްދުއް ރުޝޫދީ، އެކަލޭގެފާނު އަރިހުގައި : އިބްނުލް ޖުވައިނީ ގެ އަލްވަރަޤާތު ހިތުދަސްކޮށް ކިޔައިދެއްވިއެވެ. އަދި އިބްނު ޙަޖަރުގެ ބުލޫޣުލް މަރާމް ވެސް އެވެ. އަދި (އިބްނު ތައިމިއްޔާގެ ކާފާފުޅު) مَجْدُ الدِّينِ أَبِي الْبَرَكَاتِ ابْنِ تَيْمِيَّةَ ގެ الْمُنْتَقَى مِنْ أَخْبَارِ الْمُصْطَفَى ވެސް އެވެ. އަދި މުޙައްމަދު ބުނު ޢަބްދުލް ވައްހާބު ގެ مَسَائِلُ الْجَاهِلِيَّةِ ވެސް އެވެ. އަދި އިބްނު ތައިމިއްޔާ ގެ الْكَلِمُ الطَّيِّبُ ވެސް އެވެ. އަދި ޝައިޚް އިބްނު ބާޒުގެ الْفَوَائِدُ الْجَلِيَّةُ فِي الْمَبَاحِثِ الْفَرْضِيَّةِ ވެސް އެވެ. އަދި މިނޫން އެތަކެއް އެއްޗެއް (އުނގެނި ހިތުން) ކިޔައިދެއްވިއެވެ.
🔸فَضِيلَةُ الشَّيْخ އަޙްމަދު ބުނު ނާޞިރަލް ޢަލްވާން، އެކަލޭގެފާނު އަރިހުގައި: ا الْآجُرُوَمِيَّةُ ހިތުދަސްކޮށް ކިޔައިދެއްވިއެވެ. އަދި އިބްނު މާލިކް ގެ أَلْفِيَّة އިން ގިނަމިންވަރެކެވެ. އަދި ހަމައެފަދައިން ނަޙޫއިން އިން مَلْحَةُ الْإِعْرَابِ ވެސް ހިތުދަސް ކުރެއްވިއެވެ.
🔸އަދި ހަމަ އެފަދައިން ބުރައިދާ ގެ ޢިލްމީ ދަރިވަރުން ކުރެ މަޖްމޫޢު އަކަށް ޝައިޚް ފިލާވަޅު ކިޔައިދެއްވެވިއެވެ. މިއީ އުންގަންނަވާން ފެއްޓެވުމުގައެވެ. އަދި އެބޭކަލުންނަށް آدَابُ الْمَشْيِ إِلَى الصَّلَاةِ ބައިން ބަޔަށް ހިތުން ކިޔައި ދެއްވިއެވެ. އަދި ކަޝްފުއް ޝުބުހާތު އާއި އުޞޫލުއް ޘަލާޘާ ވެސް އެވެ.
🔸އަދި ނަބަވިއްޔަ މަދީނާ އަށް ހިޖުރައިން 1413 ޢިލްމުހޯދެއްވުމަށް ޒިޔާރަތް ކުރެއްވެވިއެވެ.
🔸 އެތަނުން فَضِيلَةُ الشَّيْخِ ޙައްމާދުލް އަންޞާރީ އާއި ބައްދަލުވެ ވަޑައިގެންނެވިއެވެ. އެއީ އެބޭފުޅާގެ ގެޔަށް ވަޑައިގެންނެވި ޒިޔާރަތެއް ގެ ތެރެއިންނެވެ. އަދި ފަހުގެ ބައެއް މަސާއިލު (الْمَسَائِلُ الْحَدِيثِيَّةُ) އާއި މެދު ބަޙުޘް ކުރެވުނެވެ.
ފަހެ ދެން ޝައިޚަށް (ޢިލްމީ މަޞްދަރުތަކަކަށް) ޢިޖާޒާ ދެއްވިއެވެ. ވީމާ ،
(ހ) އުއްމަހާތުއް ސިއްތަ (ކުތުބުއް ސިއްތަ އެބަހީ: صَحِيحُ الْبُخَارِيِّ - صَحِيحُ مُسْلِمٍ - سُنَنُ أَبِي دَاوُدَ - سُنَنُ التِّرْمِذِيِّ - سُنَنُ النَّسَائِيّ - سُنَنُ ابْنِ مَاجَهْ) އާއި
(ށ) މުސްނަދް އިމާމު އަޙްމަދު އާއި
(ނ) މާލިކުގެ މުވައްޠައު އާއި
(ރ) އިބްނު ޚުޒައިމާ އާއި
(ބ) އިބްނު ޙިއްބާން ގެ ޞަޙީޙު އާއި
(ޅ) ޢަބްދުލް ރައްޒާޤު އަދި
(ކ) އިބްނު ޢަބީ ޝައިބާ ގެ މުޞައްނަފް އަށް އިޖާޒާ ދެއްވެވިއެވެ.
🔸އަދި ހަމައެފަދައިން އިބްނު ޖަރީރް އާއި އިބްނު ކަޘީރް ގެ ތަފްސީރަށް އިޖާޒާ ދެއްވެވިއެވެ.
🔸އަދި ނަޙްވި އިން އިބްނު މާލިކް ގެ އަލްފިއްޔާ އަށް އިޖާޒާ ދެއްވެވިއެވެ.
🔸އަދި މިނޫންވެސް ބައެއް ފިޤުހީ އަދި އެނޫން ލިޔުންތަކަކަށެވެ.
🔸އަދި الْمُسَلْسَلُ بِالْأَوَّلِيَّةِ ގެ ޙަދީޘް ޝައިޙު (ޙައްމާދު ގެ) އަރިހުން އަޑު އެއްސެވިއެވެ. (الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ..) އަދި އެއީ ރަސޫލު ﷲ އާއި ހަމައަށް އޭގެ ސަނަދުވާ ގޮތަށް އަޑު އެއްސެވި އެންމެ ފުރަތަމަ ޙަދީޘެވެ. އެއީ ހިޖުރައިގެ ތާރީޚުން 1413/8/18 ގައެވެ.
🔸އަދި ޝައިޚު މައްކާއަށް އެތަކެއް ފަހަރު މަތިން ޒިޔާރަތް ކުރެއްވިއެވެ. އެއީ ޢުމްރާ އަށާއި އެތަނުގެ ޢިލްމުވެރިން ގާތު ކިޔަވައިވިދާޅުވުމަށެވެ.
🔸އަދި އެތަނުގައި فَضِيلَةُ الشَّيْخ މުޙައްމަދުލް އަންޞާރީ އަރިހުން އުޞޫލުލް ފިޤުހް، ކިޔަވައިވިދާޅުވިއެވެ.
🔸އަދި އެތަނުގައި، فَضِيلَةُ الشَّيْخ އިބްނު ޞާލިޙް އަލްމާލީ އަރިހުން ކިޔަވައިވިދާޅުވިއެވެ. އަދި الْمَسَالِكُ އަށް އިޖާޒާ ދެއްވިއެވެ. އަދި އިބްނު މާލިކު ގެ އަލްފިޔާގެ މައްޗަށްވާ އިބްނު ޢުޤައިލު ގެ ޝަރަޙައަށް އިޖާޒާ ދެއްވިއެވެ.
🔸އަދި އެތަނުގައި فَضِيلَةُ الشَّيْخ ޢަބްދުލް ވަކީލް ބުނު ޢަބްދުލް ޙައްޤު އަލްހާޝިމީ އާއި ބައްދަލުވެވަޑައިގަތެވެ. އަދި އިޖާޒާ އަށް އެދިލައްވައި، ޤުރުއާނުގެ ބައެއް ސޫރަތްތައް އަޑުއެއްސެވިއެވެ. އެހެންކަމުން (އަހަރެމެން ދިވެހިން ޢާންމުގޮތެއްގައި މިކިޔަވާ) ޢާޞިމް ގެ އަރިހުންވާ حِفْص ރިވާޔަތަށް ޢިޖާޒާ ދެއްވިއެވެ. އަދި އެޝައިޚު އަރިހުގައި ޙިފާޡާތް ކުރެވިފައިވާ ބައެއް ރިވާޔަތްތައް (ސަނަދުން) އަޑުއިއްވައިދެއްވުމަށް — ވަކިން ޚާއްޞަކޮށް ޞަޙީޙުލް ބުޚާރީއިން — އެދިލެއްވިއެވެ. އެހެންކަމުން الْأُمَّهَاتُ السِّتُّ އަށް ޢިޖާޒާ ދެއްވިއެވެ. އަދި އަލްމުޥައްތައު އަށްވެސް އެވެ. އަދި ތަފްސީރު އިބްނު ޖަރީރް އާއި އިބްނު ކަޘީރު އާއި އެނޫން ފޮތްތަކަށްވެސް އެވެ. އެއީވެސް ހިޖުރައިގެ ތާރީޚުން 1413 ވަނަ އަހަރުގައެވެ.
🔸އަދި الشَيخُ صَالِحُ بن أحْمَدُ بن مُحَمَّدُ بن إِدْرِيس ޤުރުއާންއާ އަދި އުއްމަހާތު ސިއްތަ (އެންމެ ބޮޑު ހަ ޙަދީޘްފޮތަށާއި) އަދިވެސް އެނޫން ފޮތްތަކަށް އިޖާޒާ ދެއްވިއެވެ. (އިޖާޒާ އަކީ މުއައްލިފާއި ގުޅިފައިވާ ފޮތުގެ ސަނަދު ރިވާކުރަން ހުއްދަ ދޭ ދިނުމެވެ.)
🔸ހިފުޡާއި ފަހުމުގެ ވަރުގަދަކަމަށް ޝައިޚު މަޝްހޫރުވެގެންވެއެވެ. އެގޮތުން ޙަދީޘްތައް އޭގެ ސަނަދާއި ރާވީންގެ ޙާލަތާއި ޙުކުމްކުރެއްވުމުގައި ޝެއިޚުވަނީ ހިތުދަސްކުރައްވާ އިތުޤާންކުރައްވާފައެވެ. އަދި ޝައިޚުގެ ދަރިވަރުންގެ އަރިހުން އެނގޭން އޮތްފަދައިން ޝައިޚް ވަނީ ސަޙީޙް ސިއްތާ (ހަ ޙަދީޘް ފޮތް) އެއްކޮށް ހިތުދަސްކުރައްވާފައެވެ. އަދި އެކަމާއި މެދު ސުވާލުވެވުމުން، އެއްބަސްވެވަޑައިގެން، ކޮންމެ ތިންމަހަކުން މުރާޖަޢާ ކުރައްވާކަމަށް ވިދާޅުވިއެވެ.
-ގަލަންދާނު-