ރާޒުވާ ކުޅެންތިބި ބަޔަކުގެ ކައިރިން ލާފައި ދިޔަ މީހެކެވެ. ދެން އޭނާ އެމީހުންނަށް އެކަންތައް........
🔸 އިމާމް އަޙްމަދުއާއި ސުވާލު ކުރެވުނެވެ:
'ރާޒުވާ ކުޅެންތިބި ބަޔަކުގެ ކައިރިން ލާފައި ދިޔަ މީހެކެވެ. ދެން އޭނާ އެމީހުންނަށް އެކަންތައް މަނާކުރުމުންވެސް އެމީހުން ނުހުއްޓިއެވެ. ދެން އޭނާ ރާޒުވާ ކުޅިބައި ނަގާ ހޫރާލައިފިއެވެ.'
ވިދާޅުވިއެވެ: 'އޭނާ އެހެދީ ރަނގަޅަށެވެ. އޭނާގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ.'
ދެންނެވުނެވެ: 'ހަމައެގޮތަށް އޭނާ މިޔުޒިކު އާލާތެއް ނުވަތަ ބެރެއް ހަލާކުކޮށްލިޔަސް މައްސަލައެއް ނެތްތޯއެވެ؟'
ވިދާޅުވިއެވެ: ' އާނއެކެވެ.'
-މަސާއިލް އަބީ ދާވޫދު-
🔸 އިމާމް އިސްޙާޤު ބްނު ރާހަވައިހި އާއި ސުވާލު ކުރެވުނެވެ:
ޑައިސް ނުވަތަ ރާޒުވާ ކުޅެންތިބި ބަޔަކުގެ ކައިރިން ލާފައި ދާ މީހާ، އެމީހުންނާ ސަލާމްކުރުން ކިހިނެއްތޯއެވެ؟'
ވިދާޅުވިއެވެ: 'މިމީހުންނަކީ ސަލާމްކުރުން ޙައްޤު ބައެއް ނޫނެވެ. ނޫނެކެވެ. އެކަމަކު އެމީހުން ކުރަން އެތިބި ކަންތައް ބަޔާންކޮށްދޭން އޭނާ ޤަޞްދުކުރާނަމަ، އެމީހުންނާ ސަލާމްކޮށް ދެން އަމުރުކޮށް ނަހީކުރާހުށިކަމެވެ. އެފަދައިން އޭނާ ޤަޞްދު ނުކުރާނަމަ ފަހެ ސަލާމް ނުކުރާހުށިކަމެވެ.
-މަސާއިލުލް ކައުސަޖު-
🔸 ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
"އަބޫ ޙަނީފާއާއި އިމާމް އަޙްމަދުއާއި އެހެނިހެން ބޭކަލުން ވިދާޅުވާ ގޮތުގައި: ރާޒުވާ ކުޅެން އިންނަ މީހަކަށް ސަލާމް ނުކުރާހުށިކަމެވެ. އެއީ އޭނާ އުރެދުންތެރިކަން ފާޅުކޮށްގެންވާތީއެވެ."
-މަޖްމޫޢުލް ފަތާވާ-