top of page
Featured Posts
Writer's picturehaqqubooks

ނަބިއްޔާ ﷺ ވެސް އުންމީދު ކުރެއްވެވިއެވެ. އަހަރުމެން؟


އަބޫ ހުރައިރާ ރަޟިޔަ ﷲ އަންހު ކިބައިން ރިވާ ވެގެން ވެއެވެ. މާތް ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ.


" ﷲ ގެ މަގުގައި ޖިހާދު ކުރުމަށް ނުކުމެއްޖެ މީހާގެ ޒިންމާ މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާ އުފުއްލަވައެވެ. އެހެނީ އޭނާ ﷲގެ މަގުގައި ޖިހާދުވުން ނޫން އެހެން މަޤުޞަދެއްގައި ނުކުމެފައެއް ނުވެއެވެ. އަދި އޭނާ ނުކުމެފައި ވަނީ ތިމަން ﷲ އަށް އީމާން ވެގެންވާ ޙާލުގައެވެ. އެހެންކަމުން ތިމަން ﷲ އޭނާއަށް ސުވަރުގެ ވައްދަވާނެކަނުގެ ޔަޤީންކަން އޭނާއަށް ދެއްވަމެވެ. ނުވަތަ އޭނާގެ މަންޒިލަށް ދަރުމަ ނުވަތަ ޣަނީމާ މުދަލައިގެން އެނބުރި ފޮނުއްވާނެ ކަމުގެ ޔަޤީންކަން އޭނާއަށް ދެއްވަމެވެ.


މުޙައްމަދުގެފާނުގެ ނަފްސު އެ އިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދީ ހުވާ ކުރައްވަމެވެ.


ﷲ ގެ މަގުގައި އޭނާއަށް އެއްވެސް ޒަޚަމެއް ލިބިއްޖެ ނަމަ ޤިޔާމަތް ދުވަހުން އޭނާ އަންނަ ހުށީ ޒަޚަމްވީ ދުވަހު ހުރި ޙާލަތުގައެވެ. އޭނާގެ ކުލަ ލޭކުލަ ފަދައެވެ. އަދި އޭގެ މީރުވަސް ގޮމަކަސްތޫރީގެ ވަސް ފަދައެވެ.


މުޙައްމަދުގެފާނުގެ ނަފްސު އެ އިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދީ ހުވާ ކުރައްވަމެވެ.


މުސްލިމުންގެ މައްޗަށް ތަކްލީފަކަށް ނުވި ނަމަ ތިމަން ރަސޫލާ ﷲ ގެ މަގުގައި ޖިހާދު ކުރުމަށް ނުކުންނަ ކޮންމެ ލަޝްކަރަކާއި އެކު ނިކުތީމުއެވެ. ނަމަވެސް ތިމަން ކަލޭގެފާނަކަށް އެންމެހާ މުސްލިމުންނަށް ދަތުރު ހަމަޖައްސައިދޭ ވަރުގެ ކުޅަދާނަކަމެއް ލިބިގެންނެއް ނުވެއެވެ. ތިމަން ރަސޫލާ އެމީހުން ދޫކޮށްލާފައި ޖިހާދަށް ނުކުމެއްޖެ ނަމަ އެކަން ވާނީ އެމީހުންނަށް ޓަކައި ބޮޑުވެގެންވާ އުނދަގުލަކަށެވެ.


މުޙައްމަދުގެފާނުގެ ނަފްސު އެ އިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދީ ހުވާ ކުރައްވަމެވެ.

ތިމަން ރަސޫލާ، ﷲ ގެ މަގުގައި ޖިހާދުކޮށް ޤަތުލުވެ ދިރުއްވެވި އަދި އަނެއް ފަހަރު ޤަތުލުވެ ދިރުއްވެވި އަދި އަނެއް ފަހަރު ޤަތުލުވެ އެގޮތުގެ މަތީގައި ޤަތުލުވެވިގެން ހުރުން ތިމަންކަލެގެފާނަށް ލޮބުވެތިކަން ބޮޑުވެގެން ވެއެވެ.


رواه مسلم ، رياض الصالحين 123/1294

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page