މުސްލިމުންނަށް ޖިޒްޔަ ދައްކައިގެން މުސްލިމުންގެ ބާރުގެ ދަށުގައި، ތިބޭ ޔަހޫދީންނާއި ނަޞާރާއިންގެ ....
🔳 އަބޫ ދާވޫދު، އިމާމް އަޙްމަދުއާއި ސުވާލު ކުރެއްވިއެވެ:
"ޛިއްމީއަކަށް (އެބަހީ: މުސްލިމުންނަށް ޖިޒްޔަ ދައްކައިގެން މުސްލިމުންގެ ބާރުގެ ދަށުގައި، ތިބޭ ޔަހޫދީންނާއި ނަޞާރާއިންގެ މީހަކަށް) މީހަކު: 'ތިބާގެ ހެނދުނު ކިހިނެއްހެއްޔެވެ؟ ނުވަތަ ތިބާގެ ޙާލު ކިހިނެއް ހެއްޔެވެ؟ ނުވަތަ ތިބާ ކިހިނެއް ހެއްޔެވެ؟' ނުވަތަ މިފަދަ ޢިބާރާތަކުން އިސްނަގާ ވާހަކަ ދެއްކުމަށް ކަލޭގެފާނު ނުރުއްސަވަންތޯއެވެ؟ '
ވިދާޅުވިއެވެ : 'އާނއެކެވެ! އެކަމަށް ނުރުހެމެވެ. އަދި އަހަރެންގެ ގާތުގައި މިފަދައިން ބުނުން، ސަލާމް ކުރުމަށްވުރެވެސް ބޮޑުވެގެންވެއެވެ!"
އަދިވެސް އިމާމް އަޙްމަދު ވިދާޅުވިއެވެ:
"ތިބާއަށް އެއިން މީހަކާއި މަގުމަތިން ބައްދަލުވިޔަސް އޭނާއަށް މަގު ތަނަވަސްކޮށް ނުދޭހުށިކަމެވެ! "
އަދިވެސް ވިދާޅުވިއެވެ:
"ޛިއްމީއަކާއި އަތާއަތް ޖޯޑުކުރުމަކީ އަހަރެންނަށް ރަނގަޅުކަމެއް ނޫނެވެ. އޭނާއާއި އަތާ އަތްޖޯޑުކުރުން އެކަށީގެން ނުވެއެވެ."
-އަޙްކާމު އަހްލުލް މިލަލި ވައްރިއްދާ-
އިސްޙާޤު ބްނު ރާހަވައިހި ވިދާޅުވިއެވެ:
"އެހެނީ (އިސްލާމް) ދީނުގެ އަހުލުވެރިން ފިޔަވައި އެހެން ބަޔަކާއި އަތާ އަތްޖޯޑުކުރުމަކީ ކަމޭހިތާއި މާތްކުރުންވާ ކަމެކެވެ.
އަދި އަހަރުމެންނަށް އަމުރުވެވިގެންވަނީ އެމީހުން ނިކަމެތި ކޮށްލުމަށެވެ.
ތިބާއަށް ޙާޖަތެއް ޖެހިގެންވާނަމަ ނުވަތަ އޭނާއަށް އިސްލާމްކަމަށް ދަޢުވަތު ދިނުންފަދަ އާޚިރަތުގެ ކަމެއްގައި މެނުވީ ތިބާ އިސްނަގާ އޭނާއާއި ސަލާމްކޮށް އަތާއަތް ޖޯޑުކުރުމެއް ނުވެއެވެ."
-މަސާއިލުލް ކައުސަޖު-