މުޖާހިދުންނަކީ ހަމައެކަނި ބަޑިޔާއި ކަނޑި ހިފައިގެން ތިބޭ ބައެއް ނޫނެވެ.
އެބޭފުޅާ ނޭންގޭ މީހަކަށް، އެ ފޮޓޯގެ ހިތުގައި ވާހަކަދައްކާ ބޭފުޅަކީ ޑރ. ޣައްސާން އަބޫ ސެޓާ، ވާހަކަދައްކަމުންދަނީ އަލް މުއާމަލާނީ ހޮސްޕިޓަލުގައި، ހަމަލާ ޝިކާރައަކަށްވެފައުވާ ހަށިތައް ވަށައިގެން (ޔާ ﷲ އެ ފަރާތްތައް ޝުހަދާއިންގެ ގޮތުގައި ޤަބޫލުކުރައްވާންދޭވެ)
ޑރ. ޣައްސާން އަކީ އިނގިރޭސިވިލާތުގެ ރައްވެއްސެއް އަދި ފަލަސްތީނު ޕްރޮފެސަރެކެވެ. އެ ޑޮކްޓަރު ހާއްސަވަނީ ސާރޖަރީތަކަށެވެ. އެ ބޭފުޅާ މެޑިކަލް ތަޢުލީމް ޙާސިލު ކޮށްފައިވަނީ ޔޫކޭގެ މަޝްހޫރު ގްލާސްގޯ ޔުނިވާރސިޓީންނެވެ. އަދި ފަހުންވަނީ ކުޑަކުދިންގެ ނިއުރޯ ސާރޖަރީއިން އިތުރަށް ޝްޕެޝަލައިޒު ވެފައެވެ.
އަލް-އަޤްސާ ފްލަޑްގެ ހަބަރު ލިބުމާއެކު އޭނާ ވަނީ ވަގުތުން ޣައްޒާއަށް އައިސްފައެވެ. ސަބަބަކީ އޭނާއަށް ފުރިހަމައަށް އެނގެއޭ، ޣައްޒާގައިވާ އޭނާގެ އަޚުންނަށް ކުރިމަތިވާނެ އުނދަގޫ ހާލަތެވެ.
އަހަރެން ޤަބޫލު ކުރާ ގޮތުގައި އޭނާ އަނބުރާ ދެން ނުދެވިދާނެކަންވެސް އެނގޭނެއެވެ. އޭނާ ދިޔައީ ތަޢުލީމީ ސެޓިފިކެޓުގެ ބޭނުން ހިފާ އެބޭފުޅާގެ އަޚުންނާއި ކުޑަކުދިންގެ ދާއިރާއަށް އެހީވުމަށެވެ.
އެބޭފުޅާ އަމިއްލަ މަތިވެރި މަޤާމުގައި ހުރެވުނީސްސެވެ. ރައްކާތެރި ދިރިއުޅުމެއް އަނބިދަރީން ކައިރި އުޅެވުނީސްސެވެ. ނަމަވެސް އޭނާ އިޚްތިޔާރު ކުރީ ﷲ ގެ ރުއްސެވުން ހޯދުމަށެވެ. އަދި ހުރިހާ ކަމެއްްގެ މައްޗަށް އާޙިރަތެވެ.
ކޮންމެ ފަހަރަކު ހޮސްޕިޓަލު ހުސްކުރަން އެންގުމުންވެސް، ޘާބިތުކަމާއިއެކު އަނިޔާވެފައިވާ އަޚުންނަށް އެހީވުމަށް މަޑުކުރިއެވެ. ނުވަތަ އެމީހުންނާއިއެކު ދުނިޔެއިންދާން މަޑުކުރިއެވެ.
މި ބޭފުޅާއަކީ ދުނިޔޭގައި ހުރި ސިއްޙީ ދާއިރާގެ ލާމަސީލު މިސާލެކެވެ. ޔާﷲ ޑރ. ޣައްސާން ރައްކާތެރި ކުރައްވާންދޭވެ، އަދި އަޖުރު އިތުރު ކުރައްވާންދޭވެ. އެ އަޚާގެ ނަންގަތުން އިތުރު ކުރައްވާ ރައްކާތެރި ކުރައްވާންދޭވެ އަދި އަޅުގަނޑުމެންގެ ހުރިގާ އަޚުންވެސް މެއެވެ.
-ޑރ. އިޔާދު ޤުނައިބީ حفظه الله - ގެ ލިޔުމެއްްގެ ތަރުޖަމާ
(ޗެނަލް ނޯޓް: މި ފަރާތްތަކަކީ ހުދު ޖެކެޓުލާ، ޑޮކްޓަރު ކަށިގަނޑު ހިފައިގެން ހުއްޓަސް މުޖާހިދުންނެވެ. ސަބަބަކީ އެ ފަރާތްތައް އެ ކުރިޔަށް ދަނީ ، މަސައްކަތް ކުރަނީ ﷲ ގެ މަގުގައެވެ. ﷲ ގެ މަގުގައި ފުރާނަ އަތަށް ލައިގެންނެވެ. މުޖާހިދުންނަކީ ހަމައެކަނި ބަޑިޔާއި ކަނޑި ހިފައިގެން ތިބޭ ބައެއް ނޫނެވެ. މުޖާހިދުން އެކި ސިފަސިފައިގައި ތިބެދާނެއެވެ إن شاء الله )
ތަރުޖަމާ: ދީނިއްޔާތު