މައްކާ އާއި މަދީނާއަށް ފަހުގައި އެންމެ މާތްވެގެންވާ ބިމަކީ ޝާމުގެ ބިމެވެ.
މައްކާ އާއި މަދީނާއަށް ފަހުގައި އެންމެ މާތްވެގެންވާ ބިމަކީ ޝާމުގެ ބިމެވެ. އަދި ވަޙީގެ ޒަރީއާއިން އެތަނުގެ މާތްކަމާއި ބެހޭގޮތުން މުތަވާތިރުކޮށް އައިސްފައިވެއެވެ. އަދި ޝާމުގެ ބިންތަކުގެ ތެރެއިން އެންމެ މާތް ވެގެންވަނީ ފަލަސްޠީނެވެ.
ވުމާއެކު، މި ތިން ބިން އިސްލާހުގެ މަތީގައި ދެމިހުރެގެން މެނުވީ އިސްލާމީ ދައުލަތް އިސްލާހުކަން މަތީ ޤާއިމްނުވާ ހުއްޓެވެ.
ޞައްޙަ ސަނަދަކުން އައް-ސުނަންގައި ޤުއްރާގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ.
"ޝާމުގެ އަހުލުވެރިން (އެބަހީ: އެބައިމީހުންގެ ދީން) ފަސާދަވެއްޖެނަމަ ތިޔަބައިމީހުންގެ ކިބައިގައި ހެވެއް ނުވެއެވެ."
މިޙަދީޡް އިން ދޭހަކޮށްދޭ ކަމަކީ ޝާމުގެ އަހުލުވެރިންގެ ކަންކަން ފަސާދަވެއްޖެނަމަ، އެއީ އުންމަތުގެ ކަންކަން އިސްލާހުކަން މަތީ ދެމިގެން ނުވާކަމުގެ އަލާމާތެއް ކަމުގައެވެ.
- އައްޝައިޚް ޢަބްދުލްއަޒީޒް އައް-ޠަރީފީ (فك الله أسره)