top of page
Featured Posts

އިންސާނާ އީމާންކަމެއްނެތި ޢިލްމުވެރިއެއްކަމުގައިވާނަމަ އޭނާގެ ގައިގައި އިބްލީސްގެ ޞިފަ އެބަހުރިއެވެ.

 އެހެނީ އިބްލީހަކީ ﷲ ތަޢާލާގެ މަޚްލޫޤުންގެ ތެރެއިން އެންމެ ބޮޑަށް ﷲ ދަނެގެންވާ އެކަކެވެ.


އެހެނީ އޭނާއަށް ﷲ ޢައްޒަ ވަޖައްލަ އެނގެއެވެ. އަދި ވަޙީ އިއްވެވުނުތާގައި ޙާޒިރުވެހުއްޓެވެ.


އަދި އާދަމްގެފާނު ބިމަށް ބޭއްލެވީއްސުރެ ވޭތުވެދިޔަ ޒަމާންތަކުގައި ވަޑައިގެންނެވިހާ ނަބިއްޔުން ދެކި އަޑުއެހިއެވެ.


އަދި އިބްލީސް ފައްސާލައްވާ، ސުވަރުގެއިން ނެރުއްވާ، ބިމަށް ބޭއްލުއްވީ ﷲ ތަޢާލާއެވެ. އަދި އެއަށްފަހު ނަބިއްޔުން ގެންނެވިހާ އާޔަތްތަކާއި މުޢުޖިޒާތްތައް އޭނާއަށް ފެނުނެވެ.


އަދި އުއްމަތްތައް މަގުފުރެދިގެންދިޔަ ގޮތްތަކާއި، ނުބައިކަންކަންވީ ގޮތް އޭނާ ތަޖްރިބާކުރިއެވެ.


 އަދި ކިއެއްތަ، އެތަކެއް ޢިލްމުވެރިން ނުވަތަ ގިނަ ޢިލްމުވެރިންނަށް އެނގޭވަރަށްވުރެވެސް ބޮޑަށް އޭނާއަށް ޙައްޤު އެނގެއެވެ. އެހެނީ އެއްވެސް މެދުވެރިއެއްނެތި އޭނާވަނީ ހަމަލޮލުން ޙައްޤު ދެކި ތަޖްރިބާކޮށްފައެވެ.


ދެން މިހުރިހާ ކަމަކާއިއެކު އޭނާ މަގުފުރެދުމުން އޭނާވީ އެންމެ މަގުފުރެދުން ބޮޑު މަޚްލޫޤުކަމުގައިއެވެ.


އެހެންކަމުން ﷲ ޢައްޒަ ވަޖައްލަ ތަޢުރީފުގެ ބަސް ވަޙީކުރައްވާފައިވާ ޢިލްމުވެރިންނަކީ އީމާންކަމުގެ މަތީގައި ތިބި ޢިލްމުވެރިންނެވެ."


-ޝެއިޚު ޠަރީފީ-

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page