ޢިލްމުވެރިއެއްގެ ރޭގަނޑެއް
މުޙައްމަދު ބްނު ޔޫސުފު ވިދާޅުވިއެވެ:
"އަހަރެން އެއް ރެޔަކު އިމާމް ބުޚާރީގެ ގެކޮޅުގައި ހުރީމެވެ. ދެން އަހަރެންނަށް ފެނުނީ އެކަލޭގެފާނު ރޭގަނޑު އިރު އިރުކޮޅުން ތެދުވެވަޑައިގެން ބައްތި ދިއްލަވާ، ހަނދުމަފުޅުވާ އެއްޗެއް އަވަހަށް ނޯޓު ކުރައްވާތަނެވެ.
އަހަރެން ގުނާލިއިރު އެގޮތަށް 18 ފަހަރު އެރޭ އެކަނިވެސް އެކަލޭގެފާނު ކަންތައް ކުރެއްވިއެވެ."
-ތާރީޚުލް އިސްލާމް ލިއްޛަހަބީ-
އިމާމް ޝާފިޢީގެ އެކުވެރިޔާ އަލްޙުމައިދީ ކިޔާދެއްވިއެވެ:
"އަހަރެން އެއްފަހަރަކު ޝާފިޢީއާއި އެކުގައި މިޞްރަށް ދިޔައީމެވެ. ދެން އަހަރުމެން ތިބި ގޭގައި ޝާފިޢީ ހުންނަވަނީ މަތީ ފަންގިފިލާގައިއެވެ. އަހަރުމެން ތިރީގައިއެވެ.
ދެން އެއްރެޔަކު އަހަރެން ގެއިން ބޭރަށް ނިކުތްއިރު މަތީ ބުރިން އަލިކަން ފެނުނެވެ. ދެން އަހަރެން ގޮސް މައްޗަށް އެރިއިރު ފެނުނީ ކަރުދާސްގަނޑަކާއި ދެލިފުޅިއެކެވެ.
އެހިނދު އަހަރެން ބުނެފީމެވެ: "އޭ އަބޫ ޢަބްދުﷲ އެވެ. ކޮންކަމެއްތޯއެވެ؟"
ޝާފިޢީ ވިދާޅުވިއެވެ:
'އަހަރެން ޙަދީޘެއްގެ މާނައާއިމެދު ނުވަތަ މައްސަލައަކާއިމެދު ވިސްނާ ފިކުރުކުރީއެވެ. ދެން އަހަރެންގެ ހިތަށް އެރި އެއްޗެއް ހަނދާން ނެތިދާނެތީވެ، އަވަހަށް ބައްތި ދިއްލަން އަންގައިގެން އެލިިޔެލީއެވެ.'"
-އާދާބުއް ޝާފިޢީ-