top of page
Featured Posts

އިބްނުލް ޤައްޔިމުގެ ތަރުބަވީ ބަސްފުޅުތައް-7

"އެހެން މީހުންގެ އަތުން އެއްޗެހި ހޯދާ ނެގުމުގެ ޢާދައިން ބެލެނިވެރިޔާ ކުއްޖާ ވީހާވެސް ދުރުކޮށް އެއްކިބާކުރަން ޖެހެއެވެ.


އެހެނީ މީހުންގެ އަތުން އެއްޗެހި ހޯދުމުގެ ޢާދަ އަށަގަނެފިނަމަ އެކުއްޖާގެ ޠަބީޢަތެއްކަމުގައި އެކަންތައްވެދެއެވެ. އަދި އެއިރުން އެކުއްޖާ ބޮޑުވާހުށީ މީހުންގެ އަތުން އެއްޗެހި ހޯދުމުގެ މައްޗަށެވެ. އެއްޗެހި ދިނުމުގެ މައްޗަކަށް ނޫނެވެ.


ކުއްޖާ އެއްޗެހި ދީ، ހޭދަކުރުމުގެ މައްޗަށް ހާނުވާހުއްޓެވެ. އަދި ބެލެނިވެރިޔާ މީހަކަށް އެއްޗެއް ދޭން ބޭނުންވެއްޖެނަމަ، އެކުއްޖާގެ އަތަށް ދީގެން އެމީހަކަށް އެކުއްޖާ އަތުން ދޭހުށިކަމެވެ. އެއީ އެއްޗެހި ދިނުމުގެ ފޮނިކަން އެކުއްޖާއަށް އިޙްސާސްވުމަށެވެ.


އަދި ޤަތުލުކޮށްލާ ވިހަޔަކުން ދުރުކުރާ ވަރަށްވުރެ ބޮޑަށް އެކުއްޖާ ދޮގުހެދުމާއި ޚިޔާނާތްތެރިވުމުން ދުރުކުރާހުށިކަމެވެ.


އެހެނީ ދޮގުހެދުމާއި ޚިޔާނަތްތެރިވުމުގެ މަގު އެކުއްޖާއަށް ފަސޭހަކުރެވިއްޖެނަމަ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެކުއްޖާއަށް ފަސާދަކޮށްލާ، އަދި ހުރިހާ ހެވަކުން މަޙްރޫމްކޮށްފިއެވެ."


📖ތުޙްފަތުލް މައުދޫދު 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page