ޝެއިޚް އަލް-ޢަލްވާން އަދި ޤާޟީ
އަލް-ސައޫދުގެ ޤާޟީ ކޯޓުގައި، ޢައްލާމާ އަލް-މުހައްދިޘް ޝެއިޚް ސުލައިމާން އަލް-ޢަލްވާން އާއި ސުވާލުކުރިއެވެ: ތިބާ އަލް-ޒަރްޤާވީ އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނިން ހެއްޔެވެ؟
ޝެއިޚް އަލް-ޢަލްވާން ރައްދުދެއްވިއެވެ: އާއެކެވެ.
ޤާޟީ ބުންޏެވެ: ކިހާވަރެއް ހެއްޔެވެ؟
އަލް-ޢަލްވާން ވިދާޅުވިއެވެ: 3 މިލިޔަން ރިޔާލެވެ. އޭގެ ތެރޭގައި އަހަރެންގެ ހުރިހާ ފައިސާއެކެވެ. އަދި އަހަރެންގެ ހަރު މުދާވެސް އޭގައި ހިމެނެއެވެ. އަދި ބާކީ ހަމަ ކޮށްދިނީ އަހްލުލް ޖިހާދުގެ (ޖަމާޢަތް) އެހީގައެވެ.
(ޝެއިޚް އަލް-ޢަލްވާން، މުޖާހިދުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެކަލޭގެފާނުގެ މިލްކުގައިވީ ހުރިހާ އެއްޗެއް ވިއްކަވާލެއްވި ކަމަށް އެނގިފައިވެއެެވެ.)
ޤާޟީ ހައިރާންވިއެވެ. އަދި ބުންޏެވެ: އޭގެ ޢަދަބަކީ ކިހާވަރެއް ކަން ތިބާއަށް އެނގޭ ހެއްޔެވެ؟
ޝެއިޚް އަލް-ޢަލްވާން ވިދާޅުވިއެވެ: ޖިހާދުގެ އަހުލުވެރިންނަށް އެހީތެރިވުމުގައި އިސްލާމީ ޝަރީޢަތުގައި އެއްވެސް ޢަދަބެއް ނުވެއެވެ. މިހާރުގެ ޙާލަތަށް ބަލާނަމަ، (ވަޟުޢީ ޤާނޫނުގެ) ޙުކުމް ހެދުމުގެ ބާރު ކަލޭގެ އަތުގައި ވެއެވެ.
ޤާޟީ ރުޅިގަދަވެ ހުރެ ބުންޏެވެ: ޤާނޫނު ތިރިކުރުމަށް ތިބާއަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރުމެންނަކީ ޝަރީޢަތުގެ ޙުކުމް ކުރާ ކޯޓެކެވެ.
ޝެއިޚް އަލް-ޢަލްވާން ވިދާޅުވިއެވެ: އެހެންވިއްޔާ، ތިބާގެ ޙުކުމްގެ ބާޠިލުކަމާއި މެދު އަހަރެންގެ ރައްދު އަޑު އަހާށެވެ.
އަދި ޝަރީޢަތުގައި އެމީހުންގެ (ޖުޑިޝަރީ ސިސްޓަމް) ވަނީ ބާޠިލްގެ މަތީގައިކަމުގެ 72 ދަލީލެއް ޝެއިޚް ގެންނެވިއެވެ.
އަދި ވިދާޅުވިއެވެ: ކަލޭގެ ވަޟުޢީ ޤާނޫނުގެ ޙުކުމަށް އަހަރެން ގޮން ޖަހާލައިފީމެވެ.
މަޞްދަރު
@Tazkirat_Nufoos