ހިތާމަ ނުކުރާ މީހާ، ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ނުވެދާނޭކަމަށް ބިރުވެތިވާންޖެހެއެވެ!
🔸ތާބިޢީއެއްކަމުގައިވާ އިބްރާހިމް އައްތައިމީ (92ހ) ވިދާޅުވިއެވެ:
"ހިތާމަ ނުކުރާ މީހާ، ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ނުވެދާނޭކަމަށް ބިރުވެތިވާންޖެހެއެވެ!
އެހެނީ ސުވަރުގޭގެ އަހުލުވެރިންގެ (ސުވަރުގެއަށް ވަނުމަށްފަހު) ބުނެއެވެ:
(ٱلۡحَمۡدُ لِلَّهِ ٱلَّذِیۤ أَذۡهَبَ عَنَّا ٱلۡحَزَنَۖ) «فاطر ٣٤»
"ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި ﷲ އަށް ޙަމްދުހުއްޓެވެ."
އަދި އެއްވެސް ވަރަކަށް (ދުނިޔޭގައި) ބިރުވެތިކަމުގައި ނުވާ މީހާވެސް، ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ނުވެދާނޭކަމަށް ބިރުވެތިވާންޖެހެއެވެ!
އެހެނީ އެމީހުން ބުނާނެއެވެ:
(إِنَّا كُنَّا قَبۡلُ فِیۤ أَهۡلِنَا مُشۡفِقِینَ.) «الطور ٢٦»
" ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ އަހުލުވެރިންގެ ތެރޭގައި އުޅުނުއިރުވީ ބިރުވެތިވެގެންވާ ބަޔަކު ކަމުގައެވެ."
📖 ޝުޢަބުލް އީމާން ލިލްބައިހަޤީ 📖