top of page
Featured Posts
Writer's picturehaqqubooks

ހިތާމަކުރުންވަނީ ދެވައްތަރަކަށެވެ.

🔘ޙާތިމު އަލްއަޞައްމު ވިދާޅުވިއެވެ:


"ހިތާމަކުރުންވަނީ ދެވައްތަރަކަށެވެ. ތިބާއާ އެއްކޮޅަށް ލިބިގެންވާ ހިތާމަޔަކާއި، ތިބާގެ މައްޗަށް ދެކޮޅަށްވާ ހިތާމައެކެވެ.


ތިބާގެ މައްޗަށްވާ ހިތާމަޔަކީ: ދުނިޔެއިން ތިބާއަށް ގެއްލިދާ ކޮންމެ އެއްޗަކާއި މެދު ތިބާ ކުރާ ހިތާމައެވެ. މިއީ ތިބާއަށް ގެއްލުންހުރި ހިތާމައެކެވެ.


އެކަމަކު އާޚިރަތުން ތިބާއަށް ގެއްލިދާ ކޮންމެ ކަމަކާއިމެދު ތިބާ ކުރާ ހިތާމަޔަކީ ތިބާއާ އެއްކޮޅަށްވާ ހިތާމައެކެވެ.


އޭގެ ތަފްސީރަކީ: ތިބާގެ އަތުގައި ދެދިރުހަމު އޮވެފަ، ދެން ތިބާގެ އަތުން އެދެދިރުހަމު ވެއްޓި ގެއްލިގެން އެކަމުގެ މައްޗަށް ތިބާ ހިތާމަކޮށްފިނަމަ ފަހެ އެއީ ދުނިޔެއަށްޓަކައި ކުރެވޭ ހިތާމައެކެވެ.


އެކަމަކު ތިބާގެ ކިބައިން ފާފައެއް، ނުވަތަ ޣީބައެއް، ނުވަތަ ޙަސަދަވެރިކަމެއް، ނުވަތަ އެފަދަ ކަމެއް ފާޅުވެ އޭގެ މައްޗަށް ތިބާ ދެރަވެ ހިތާމަކުރުމަކީ ތިބާއާއި އެއްކޮޅަށްވާ ފައިދާހުރި ހިތާމައެކެވެ."


-ޙިލްޔަތުލް އައުލިޔާ-

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page