ވީޑިއޯ/ހަނުތިބޭށެވެ. އަދި ކަންފަތްދީ އަހަރެންނަށް އަޑުއަހާށޭ މަގޭ އުއްމަތެވެ.
صمتا أصيخي واسمعي يا أمتي
ހަނުތިބޭށެވެ. އަދި ކަންފަތްދީ އަހަރެންނަށް އަޑުއަހާށޭ މަގޭ އުއްމަތެވެ.
ما عدت أصبر أن يموت بياني
މިވާހަކަތައް މަރާލެވުމަކަށް ދެނެއް އަހަރެންނަށް ކެތެއްނުވާނެއެވެ.
شعري يراودني لأقذف جمرة
ެއަހަރެންގެ ޅެން އެއިން އަނގުރުގަނޑެއް އުކާން އެދެއެެވެ.
مما حوى صدري من النيران
އަހަރެންގެ މޭތެރޭ ހަރުލާފައިހުރި އަލިފާނުންނެވެ.
ما عاد يحويني سكوتي والبكا
އަހަރެންގެ ހަނުހުރުމާއި ކަރުނައެއް ދެނެއް ނުއޮބިއެޅޭނެއެވެ.
أنا لست مجبولا على الخذلان
އަހަރެން ޠަބީޢަތް ކުރެވިފައިވީ ނިކަމެތިވުމަކަށް ނޫނެވެ.
أنا في يميني الشمس تشرق عزة
އަހަރެންގެ ކަނާތުގައި ޢިއްޒަތާއިއެކު އިރުއަރައެވެ.
وأنا الثريا همة وتفاني
އަހަރެންނީ ހިންމަތާއި މިންނަތުގައި ޘުރައްޔާގެ އުސްތަރިތައްފަދައެވެ.
أنا مسلم والمجد يقطر كالندى
އަހަރެންނީ މުސްލިމެކެވެ. އޮއިބާރު ފެން ފަދައިން ކާމިޔާބީ އޭގައި ދައުރުވެއެވެ.
والعز كل العز في إيماني
އަދި ޢިއްޒަތްތެރިކަމުގެ އެންމެހާ ޢިއްޒަތެއްވަނީ މަގޭ އީމާނުގައެވެ.
أنا للحياة رواؤها ودواؤها
މުސްލިމަކީ ދިރިހުރުމުގެ ފެންއާރެވެ. އަދި އޭގެ ޝިފާއެވެ.
وأنا الشهاب إذا بدى ستراني
އަދި ފަރުދާ އުފުލިދާހިނދު، ގިނިހިލައެކެވެ.
يا أمتي انتزعوا صباحك عنوة
އޭ އަހަރެންގެ އުއްމަތޭ ތިބާގެ އަމާން ފަތިސް ނިގުޅައިގަނެއްޖެއެވެ.
فمتى يعود الصبح للشطآن
އެދުވާލު އަނބުރައި މިގޮނޑުދޮށަށް ބީހޭނީ ކޮންއިރަކުބާއެވެ؟
يا أمتي آن الأوان لصحوة
އޭ އަހަރެންގެ އުއްމަތޭ، ނިދިން ހޭލުމުގެ ވަގުތު މިއޮށް އައީއެވެ.
فاستبشري بالفجر في بركاني
އަހަރެންގެ އަނގުރު ފަރުބަދައިން އަލިވިލޭ ފަތިހަށް ހެޔޮޚަބަރު ހުއްޓެވެ.
يا أمتي انتزعي لواء حضارة
އޭ އަހަރެންގެ އުއްމަތޭ، ޙަޟާރަތުގެ ދިދަޔަށް ވާދަޖަހާށެވެ.
فالكون في صخب بلا ربان
އެހެނީ ވެރިޔެއްނެތި ދުނިޔެއޮތީ ހަލޮބޮލީގައެވެ.
ما عاد يعرف للرشاد طريقة
ތެދުމަގު އޮތީ ގެއްލިފައެވެ.
أنت المؤمل .أنت لي عنواني
އުއްމީދަކީ ތިޔައީއެވެ. މަގޭ މިގޮވާލުން ވަނީ ތިބާއަށެވެ.
حارت عقول الناس بين مذاهب
މީސްތަކުން އެކިރައުޔުގައި ބުއްދި ޚަރާބުކޮށްފޫއެވެ.
لا تهتدي بالنور من قرآني
އެއުރެން ޤުރުއާނުގެ ނޫރަކުން ހިދާޔަތެއް ނުމެ ހޯދަތެވެ.
تجري وراء الغرب في لهث وهل
ހުޅަނގު ރުއްސުމުގައި ހާންތިވެ ސިހިސިހި ވެއެވެ.
سيحقق الغرب الغريق كياني
އިސާހިތަކު އެހުޅަގުން މަގޭ ލަގޮނޑިއަށް ވެރިވެދާނެއެވެ.
تجري وفي العينين ألف تساؤل
ލޯތައްމަތީ އެތައްހާސް ސުވާލުތަކެއް ވެރިވެއެވެ.
عز الجواب . فذاك ما أبكاني
ޖާވާބު ތިލައެވެ. ކަރުނައެޅެނީ އެހެންވެތާއެވެ.
عبثت بنا أيدي اليهود وحفنة
ޔަހޫދީންނާއި، އަހަރެމެންގެ މަދުއަތްތަކެއްގެ ކުޅިގަނޑެވެ.
ممن يبيع الدين للشيطان
ޝައިޠާނަށް ދީން ވިއްކާލި ޚާއިނުތަކެވެ.
في كل يوم تستباح مدينة
ކޮންމެދުވަހަކީ ތިބާގެ އަވަށެއްގެ ލޫޓުވާލެވުމެކެވެ.
أين الذين تهزهم أحزاني
ހިތާމައިން ގުނޑުންއަރާ މީހުންގެ ޢަމަލު ކޮބައިހެއްޔެވެ؟
أين الذين تشدقوا بعروبة
ޢަރަބިވަންތަކަމަށް ބޮޑާވިމީހުންވެސް ކޮބައިހެއްޔެވެ؟
وجنين تصفع وجه كل جبان
ކޮންމެ ފިނޑިއެއްގެ މޫނުގައި ޖިނީން (ޝަހަރަކީ) އެތިފަހަރެކެވެ.
أين الحقوق وقد أبيدت أمة
އުއްމަތެއް ޤަތުލުވާހިނދު ޙައްޤުތައް ފަހެ ކޮބައިހެވެ؟
وأنا الملام إذا صرخت: كفاني
ކުށްވެރި މިވީތާ ހަޅޭއްލަވާހިނދު އަހަރެން: ދެން ފުދިއްޖެޔޭ!
سل مدعي حفظ الحقوق لهرة
ޢަޅެ ބުޅަލެއްގެ ޙައްޤަށް ވަކާލާތު އެކުރާ މީހުންނާ ސުވާލުކޮށްބަލާށެވެ.
هل هرة أولى من الإنسان
ބުޅަލެއް، އިންސާނަކަށްވުރެ އަގުމާތްވަނީހެވެ؟
كل الحقوق مصانة في عرفهم
އެވެރިންގެ ޢުރުފުގައި ކޮންމެ ކަމެއްވެސް ޙައްޤަކެވެ.
إلا حقوقك أمة القرآن
އެހެނަސް ތިބާގެ ޙައްޤުފިޔަވައެވެ. އޭ ޤުރުއާނުގެ އުއްމަތާއެވެ.
أني وإن يكن البكاء نقيصة
ކަރުނައެޅުމަކީ އަހަރެންނަށް ޢައިބަކަށް ވިޔަކަސް..
أبكي لحالك سائر الأزمان
ޒަމާންތަކަށްވާ ތިބާގެ ޙަލާކުތަކަށް، ކަރުނައެޅީމެވެ.
وأظل أنسج بالقصيدة بيرقا
އަދި މިދިދަ އަހަރެންގެ ޅެންވެރިކަމު ހިޔަލުގައި ވިހުރުވަމެވެ.
حتى يرفرف إن بدت أكفاني
އެއީ އެއުފުލި އެފުދިއްޖެއުމާއި ހަމައަށެވެ.
ގަލަންދާނު