ޙަމާސްގެ މުޖާހިދުންނާ ސުވާލު ކުރެވުނެވެ. އަޤްޞާގެ ޠޫފާންގެ ނަމުގައި ހަނގުރާމަ ފެށީ ކީއްވެ؟
ޖަވާބުގައި ބުނެވުނެވެ.
(فَمَنِ ٱعۡتَدَىٰ عَلَیۡكُمۡ فَٱعۡتَدُوا۟ عَلَیۡهِ بِمِثۡلِ مَا ٱعۡتَدَىٰ عَلَیۡكُمۡۚ وَٱتَّقُوا۟ ٱللَّهَ وَٱعۡلَمُوۤا۟ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِینَ)
(Surah Al-Baqarah: 194)
"ފަހެ، ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ ޙަމަލާދިން ބަޔެއްގެ މައްޗަށް އެއުރެން ދެކޮޅުވެރިވެ ޙަމަލާ ދިން ފަދަޔަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ ޙަމަލާ ދޭށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ ތަޤުވާވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ!"
- ޙަމާސްގެ މުޖާހިދުންނާ ސުވާލު ކުރެވުނެވެ.
އަނިޔާވެރި ޔަހޫދީންނާ ކުރިމަތި ލުމުގެ ބާރު ޙަމާސްގެ އެބަހުރިތަ؟
ޖަވާބުގައި ބުނެވުނެވެ.
(قَالَ ٱلَّذِینَ یَظُنُّونَ أَنَّهُم مُّلَـٰقُوا۟ ٱللَّهِ كَم مِّن فِئَةࣲ قَلِیلَةٍ غَلَبَتۡ فِئَةࣰ كَثِیرَةَۢ بِإِذۡنِ ٱللَّهِۗ وَٱللَّهُ مَعَ ٱلصَّـٰبِرِینَ)
(Surah Al-Baqarah: 249)
"ހަމަކަށަވަރުން، اللَّه އާ ބައްދަލުވާނޭކަން ޔަޤީންކުރާމީހުން ބުނޫއެވެ. اللَّه ގެ އިޛުނަޔާއެކު ކިތައް ކިތައް މަދު ޖަމާޢަތުގެ މީހުން، ގިނަ ޖަމާޢަތުގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟ اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ."
- ޙަމާސްގެ މުޖާހިދުންނާ ސުވާލު ކުރެވުނެވެ.
ހަނުތިބި ނަމަ، އެއްޗެއް ނުބުނެ ތިބިނަމަ، އެހާ ގިނަ މީހުން މަރެއް ނުވީސް ނޫންހެއްޔެވެ. އަދި ގޯތި ގެދޮރު ސުންނާފަތިނުވީސް ނޫންހެއްޔެވެ.
ޖަވާބުގައި ބުނެވުނެވެ.
(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِینَ كَفَرُوا۟ وَقَالُوا۟ لِإِخۡوَ ٰنِهِمۡ إِذَا ضَرَبُوا۟ فِی ٱلۡأَرۡضِ أَوۡ كَانُوا۟ غُزࣰّى لَّوۡ كَانُوا۟ عِندَنَا مَا مَاتُوا۟ وَمَا قُتِلُوا۟ لِیَجۡعَلَ ٱللَّهُ ذَ ٰلِكَ حَسۡرَةࣰ فِی قُلُوبِهِمۡۗ وَٱللَّهُ یُحۡیِۦ وَیُمِیتُۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِیرࣱ)
(Surah Āli-ʿImrān: 156)
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފިރުވި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! (އެއީ) އެއުރެންގެ އަޚުން ދަތުރު ފަތުރުކޮށް އުޅުނުހިނދު ނުވަތަ، ހަނގުރާމަވެރިންކަމުގައި ވީހިނދު، ތިމަންމެންގެ ގާތުގައި އެއުރެން ތިބިނަމަ މަރެއްނުވީހޭ، އަދި ޤަތުލެއްވެސް ނުވީހޭ، އެއުރެންގެ އަޚުންނަށް ބުނި މީހުންނެވެ. (އެއުރެން އެ ބަސްބުނީ) اللَّه، އެ ބަސް އެއުރެންގެ ހިތްތަކުގައި ހިތާމަޔެއް ކަމުގައި ލެއްވުމަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، اللَّه އެވެ. އަދި، اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."
- ޙަމާސްގެ މުޖާހިދުންނާ ސުވާލު ކުރެވުނެވެ.
ޢަރަބި އިސްލާމީ ޤައުމުތައް ކޮބައިހެއްޔެވެ؟
ޖަވާބުގައި ބުނެވުނެވެ.
(۞ وَلَوۡ أَرَادُوا۟ ٱلۡخُرُوجَ لَأَعَدُّوا۟ لَهُۥ عُدَّةࣰ وَلَـٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمۡ فَثَبَّطَهُمۡ وَقِیلَ ٱقۡعُدُوا۟ مَعَ ٱلۡقَـٰعِدِینَ)
(Surah At-Tawbah: 46)
"އެއުރެން (ހަނގުރާމައަށް) ނުކުތުމަށް އެދޭނަމަ، އެކަމަށް ހަތިޔާރާއި، ތަކެތި އެއުރެން ތައްޔާރުކުރީހެވެ. އެހެނެއްކަމަކު (ކަލޭގެފާނުގެ އަރިހުގައި) އެއުރެން ނުކުތުމަށް، اللَّه ނުރުއްސަވައިފިއެވެ. ދެން އެއުރެންގެ ހިތްވަރު ދެރަކުރައްވައި، ކަންނެތް ކުރެއްވިއެވެ. އަދި (ހަނގުރާމައަށް ނުގޮސް) އިށީނދެ ތިބޭ މީހުންނާއެކު، ތިޔަބައިމީހުން ތިބޭށޭ އެންގެވިއެވެ"
- ޙަމާސްގެ މުޖާހިދުންނާ ސުވާލު ކުރެވުނެވެ.
ހަނގުރާމައިގައި ޝަހީދުވީ މީހުންނާ ރަށުން ބެރުކޮށްލެވުނު މީހުންނާ ބެހޭ ގޮތުން ބުނާނީ ކީކޭ ހެއްޔެވެ.؟
ޖަވާބުގައި ބުނެވުނެވެ.
(فَٱلَّذِینَ هَاجَرُوا۟ وَأُخۡرِجُوا۟ مِن دِیَـٰرِهِمۡ وَأُوذُوا۟ فِی سَبِیلِی وَقَـٰتَلُوا۟ وَقُتِلُوا۟ لَأُكَفِّرَنَّ عَنۡهُمۡ سَیِّـَٔاتِهِمۡ وَلَأُدۡخِلَنَّهُمۡ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ ثَوَابࣰا مِّنۡ عِندِ ٱللَّهِۚ وَٱللَّهُ عِندَهُۥ حُسۡنُ ٱلثَّوَابِ)
Surah Āli-ʿImrān: 195
"ފަހެ، އެއުރެން ހިޖުރަކޮށް އެއުރެންގެ ގޮވަތިގެދޮރުން ނެރެވި، ތިމަންރަސްކަލާނގެ މަގުގައި އެއުރެންނަށް އުނދަގޫލިބި، ހަނގުރާމަކޮށް، އަދި ޤަތުލުވީ މީހުންގެ ކިބައިން އެއުރެންގެ ކުށްފާފަތައް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. اللَّه ގެ ޙަޟްރަތުން ލިބޭ ޘަވާބެއްގެ ގޮތުގައެވެ. ރިވެތިވެގެންވާ ޘަވާބުވަނީ اللَّه ގެ ޙަޟުރަތުގައެވެ."
- ޙަމާސްގެ މުޖާހިދުންނާ ސުވާލު ކުރެވުނެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ޓަކައި މަސައްކަތް ކުރަމުންދާ މުޖާހިދުން އެ ކުރަނީ ޖިހާދެއް ނޫންކަމާއި އެއީ ކުރެވިގެންވާނެ ކަންކަން ނޫންކަމަށް ބުނާ މީހުންނަށް ބުނާނީ ކީކޭ؟
ޖަވާބުގައި ބުނެވުނެވެ.
(ٱلَّذِینَ قَالُوا۟ لِإِخۡوَ ٰنِهِمۡ وَقَعَدُوا۟ لَوۡ أَطَاعُونَا مَا قُتِلُوا۟ۗ قُلۡ فَٱدۡرَءُوا۟ عَنۡ أَنفُسِكُمُ ٱلۡمَوۡتَ إِن كُنتُمۡ صَـٰدِقِینَ)
(Surah Āli-ʿImrān: 168)
"އެއުރެންނީ ހަނގުރާމަޔަށް ނުނިކުމެތިބެ، އެއުރެންގެ އަޚުންނަށް ބުނި މީހުންނެވެ. ތިމަންމެންނަށް އެއުރެން ކިޔަމަންވީނަމަ، (އެބަހީ: ހަނގުރާމަޔަށް ނުނިކުމެ ތިބިނަމަ) އެއުރެން ޤަތުލެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، މަރު، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުން ދުރުކޮށްބަލާށެވެ!"
-heylaa-