top of page
Featured Posts
Writer's picturehaqqubooks

ޣަައްޒާގެ ނަޞްރާއިމެދު ތިބާ ޝައްކު ނުކުރާށެވެ.

{ وَمَا جَعَلَهُ ٱللَّهُ إِلَّا بُشۡرَىٰ لَكُمۡ وَلِتَطۡمَىِٕنَّ قُلُوبُكُم بِهِۦۗ }


އަދި، ތިޔަބައިމީހުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر އެއް ކަމުގައްޔާއި، އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށްޓަކައި މެނުވީ، اللَّه އެކަންތަކެއް ނުލައްވަތެވެ.


[ސޫރަތު އާލް ޢިމްރާން : 126]


🔘  މޫސާގެފާނުގެ ޢަސާކޮޅު ވެގެންދިޔައީ 3 ކަމެއްގެ ސަބަބަކަށެވެ.


- ފިރުޢައުނުގެ ސިޙުރުވެރިން އިސްލާމްވުން


- ހިލަފަރުބަދައިގެ ތެރެއިން ފެންއާރު ނެރުއްވުން (ބަނޫއިސްރާއިލުން ފެނައްޖެހުނު ހިނދު)


- ކަނޑު ދެފަޅިވެ ހިކިފަސްމަގެއް ބަނޫއިސްރާއީލުންނަށް ދައްކަވައި ، ފިރުއައުނުގެ ކިބައިން މިންޖުކުރެއްވުން .


🔘 ޔޫސުފްގެ ފާނުގެ ޤަމީސްކޮޅު ވެގެން ދިޔައީ 3 ކަމެއްގެ ސަބަބެއްކަމުގައެވެ.


- ޔޫސުފްގެ ފާނުގެ އަޚުން ޔަޢުގޫބުފާނަށް ހެދި ދޮގު ހާމަވުން


- މިޞްރުގެ ޢަޒީޒުގެ އަންހެނުންގެ ކިބައިން ޔޫސުފްގެފާނު މިންޖުވުން .


- ޔަޢުޤޫބުގެފާނުގެ ލޮލުގެ ފެނުން އަނބުރާ ރައްދުކޮށްދެއްވުން


سبحان الله ، އެއިލާހު ތިބާއަށް ނަޞްރުދެެއްވުމަށް ކަނޑައަޅުއްވައިފިނަމަ ތިބާއަށް އެންމެ އާދައިގެ އެއްޗެހިންވެސް ނަޞްރުދެއްވައެވެ. ފަހެ ތިބާ ބަރޯސާވާންވީ އެއިލާހަށެވެ. ސަބަބުތަކަށް ނޫނެވެ.

[ ޝެއިޚް އަބޫޚާލިދް އައްޝާދީ  ޙަފިޡަހުﷲ ]


އޭލޮބުވެތި އިސްލާމީ އުއްމަތެވެ . ޣަައްޒާގެ ނަޞްރާއިމެދު ތިބާ ޝައްކު ނުކުރާށެވެ. އަދި މާޔޫސްނުވާށެވެ . އަދި ޣައްޒާއާއި މަސްޖިދުލް އަޤްޞާއަށް ނަސްރުދިނުމުގައި ކުރިއަށްދާށެވެ. ހަމަކަށަވަރުން އިސްލާމީ އުއްމަތުގެ ނަޞްރު ވަރަށްގާތްވެއްޖެއެވެ. ﷲ ތަޢާލާ އެއިލާހުގެ އައުލިޔާއިން ހީވެސް ނުކުރާގޮތްގޮތުން މިންޖުކުރައްވައި ނަޞްރުދެއްވައެވެ. އަދި އެއިލާހުގެ ދީނުގެ ޢަދުއްވުން ހީވެސްނުކުރާ ގޮތްގޮތުން ހަލާކުކުރައްވައި ނެތިކުރައްވައެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page