top of page
Featured Posts

ޣައްޒާގެ ޤަތުލް ޢާންމުއަަށް 40 ދުވަސް ވަނީއެވެ.

ކޮންމެ ދުވަހެއް ، ކޮންމެ ގަޑިއެއް، ކޮންމެ މިނެޓެއް އެއީ ޣައްޒާއިން މުސްލިމަކު ޝަހީދުވާ ނުވަތަ، ޒަޚަމްވާ ވަގުތެކެވެ. ނުވަތަ ޝަހީދުވެފައިވާ ހަށިތައް ވަޅުލުމަށް ނުވަތަ ޒަޚަމްވެފައިވާ ހަށިތަކަށް ފަރުވާއެއް ދެވޭތޯ ހޭދަވާ ވަގުތެކެވެ. މިއީ އަދި، ކަރަންޓާއި ފެން އަދި ބޭސްފަދަ އަސާސީ ޚިދުމަތުންވެސް މަޙްރޫމްވެގެން ވާ ޙާލުގައެވެ.


އޭ އުއްމަތުގެ ޒުވާނުންނޭވެ. ނިކަންބުނެދީބަލާށެވެ. ތިޔަ ޒުވާނުންގެ ކިބައިގައިވާ ޣާފިލްކަމާއި ފިނޑިކަން ފިލާދިއުމަށް ޣައްޒާގެ މުސްލިމުން ވޭން ތަޙައްމަލު ކުރަންވީ ކިހާ މިންވަރަކަށްތޯއެވެ. ތިޔަ ހިތްތަކަށް އަސަރުކުރުމަށް އެ މުސްލިމުންނަށް ލިބެންޖެހެނީ ކިހާވަރެއްގެ އަނިޔާއެއްތޯއެވެ. ނުވަތަ ތިޔަ ހިތްތަކަކީ އެ ހިތްތަކަކުން ޙައްޤުފެނުމެއް ނުވާ އަދި ޙައްޤު އިވުމެއްނުވާ ހިތްތަކެއްތޯއެވެ. އެހެނީ ޙަޤީޤީ ދިރުމެއްވާ ހިތަކަށް އޭގެ އިޙްސާސްތައް ވާނެއެވެ.


(أَفَلَمۡ یَسِیرُوا۟ فِی ٱلۡأَرۡضِ فَتَكُونَ لَهُمۡ قُلُوبࣱ یَعۡقِلُونَ بِهَاۤ أَوۡ ءَاذَانࣱ یَسۡمَعُونَ بِهَاۖ فَإِنَّهَا لَا تَعۡمَى ٱلۡأَبۡصَـٰرُ وَلَـٰكِن تَعۡمَى ٱلۡقُلُوبُ ٱلَّتِی فِی ٱلصُّدُورِ )


ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށްވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ.


(ސޫރަތުލްޙައްޖުގެ 46)


ފަހެ މިއާޔަތާއިމެދު ވިސްނާލާށެވެ. މިތާނގައި ބިންމަތީ ދަތުރުފަތުރުކުރުމަޤްޞަދަކީ ކޮބައިތޯއެވެ؟ އެއީ އެޚަބަރުތައް އެމީހަކަށް ފޯރުމެވެ . އިޙްސާސްވުމެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page