top of page
Featured Posts
Writer's picturehaqqubooks

އަޤްޞާ އަދި ޣައްޒާގެ ގޮވާލުން (ނިދާއުލް އަޤްސާ ވަޣައްޒާ) ގެ ނަމުގައި 100 ވުރެ ގިނަ ދުނިޔޭގެ ބޮޑެތި..

އަޤްޞާ އަދި ޣައްޒާގެ ގޮވާލުން (ނިދާއުލް އަޤްސާ ވަޣައްޒާ) ގެ ނަމުގައި 100 ވުރެ ގިނަ ދުނިޔޭގެ ބޮޑެތި ޢިލްމުވެރިންތަކެއް އެއްވެ ބަޔާނެއް ނެރެފިއެވެ.


މި ބަޔާނުގެ މުހިއްމު ނުކުތާތަކަށް ބަލައިލާއިރު:


މި ބަޔާނަކީ، އިލާހީ ތަކްލީފާއި، ޝަރުޢީ މަސްއޫލިއްޔަތުގެ ވާޖިބު އަދާކުރުމުގެ ގޮތުން އަދި ޙައްޤުބަސް ބުނެ، ދުލުގެ ޖިހާދުއަދާކުރުމުގެ ގޮތުން، ނެރެފައިވާ ބަޔާނެކެވެ.


1 - ޣައްޒާއިން ކުރި ޢަމަލަކީ (ތޫފާނުލް އަޤްޞާ) ޢަދުއްވުންގެ ޢުދުވާނު މައިތިރިކޮށް، މަސްޖިދުލް އަޤްޞާ އަދި ފަލަސްޠިނުގެ ރައްޔިތުންގެ ދިފާޢުގައި ކުރިކަމެކެވެ. އެއީ މުޤައްދަސު ޖިހާދެކެވެ. އަދި އިސްލާމްދީނުގެ ކުރިބޯއްޓެވެ.


2 - އަލްމުވާލާތު (ނަޞްރުދިނުން):

(ޔަހޫދީންނާއި ދެކޮޅަށް ހަނގުރާމަކުރާ) ފަލަސްޠީނުގެ މުޤާވަމާއަށް އަަހަރެމެން ނަޞްރުދޭކަން އިޢުލާންކުރަމެވެ. އެމީހުންވަނީ އަހަރެމެންގެ ތެރެއިންނެވެ. އަދި އަހަރެމެން ވަނީ އެމީހުނާ އެކުއެވެ. އަދި އެމީހުނާ (އެމުޖާހިދުންނާ) ޢަދާވާތްތެރިވާ ބަޔަކާއި އަހަރެމެން ޢަދާވާތްތެރިވަމެވެ. އަދި ހަމަކަށަވަރުން މުސްލިމުންނާއި ދެކޮޅަށް ޔަހޫދީންނާއި ނަޞާރާއިންނަށް އެހީވެ ވާގިދީފިމީހާ، ފަހެ އޭނާ ވަނީ އިސްލާމްދީނުން (ބޭރުވެ) މުރުތައްދު ވެފައެވެ.


3 - ފަލަސްޠީނުގެ ބިމަކީ ވަޤުފް ބިމެކެވެ. އެބިމުން ކައިވަތެއްވެސް ދޫކޮށްލުން (ކާފިރުންނަށް ދިނުން)  ހުއްދަވެގެން ނުވެއެވެ. އަދި މަސްޖިދުލް އަޤްޞާ މިނިވަންކޮށް އެތަން ރައްކާތެރިކުރުމަކީ އިސްލާމްދީނުގެ ޢަޤީދާގެތެރެއިންވާ  ކަމެކެވެ. އަދި ﷲ ގެ ޝަރީޢަތުގެ ތެރެއިންވާ ކަމެކެވެ. އަދި މުޅި ފަލަސްޠީނު ބިމަކީ ޤިޔާމަތާއި ޖެހެންދެން އޮންނާނެ އިސްލާމީ ވަޤުފެކެވެ. އެއިން ބައެއް ކާފަރަކަށް ވިއްކުން ނުވަތަ ދިނުން ނުވަތަ އެއިން ތަނާޒުލުވުން (ދޫކޮށްލުން) އެއްވެސް ޙާލަތެއްގައި ޙަރާމްވެގެންވާ ކަމަށް އުއްމަތްވަނީ އެއްބަސްވެފައެވެ.  އަދި ފަލަސްޠީނުގެ ވަޒަންވެރިއަކު ނުވަތަ ވެރިއަކު (މުސްލިމުންގެ) އެފަދަ ގޮތަކަށް ކަންކޮށްފިނަމަ އެކަންވަނީ އެމީހަކަށް ރައްދުކުރެވިގެންނެވެ. އުއްމަތް އޭނާ ކަންތައް ކުރާގޮތަކަށް ޢަމަލުކުރުން ލާޒިމުވެގެން ނުވެއެވެ.


4 - ޣައްޒާއަށް ނަޞްރުދިނުމަށް ފަރުވާކުޑަ ކުރުމަކީ، ހަނގުރާމައިން ފިލަންދިއުމެކެވެ. (އުއްމަތް) އެމައްޗަށް ޖަމާވެފައިވާ ގޮތަކީ މުސްލިމް ޤައުމަކަށް ޢަދުއްވުންގެ ބަޔަކު އަރައިގެންފިނަމަ ހަނގުރާމަ ވާޖިބުވުމެވެ. އަދި އެތަނެއްގެ އެންމެނަށް ޖިހާދު ފަރްޟު ޢައިނަކަށް ވެއްޖެއެވެ. އަދި އެމީހުނަށް އެކަމުގެ ރައްދު (ޢަދުއްވުންނަށް) ދިނުމަށް ނުކުޅެދިއްޖެނަމަ އެތާނގެ ވަށައިގެންވާ އެންމެނަށް ޖިހާދު ފަރްޟުޢައިނަކަށް ވެއްޖެއެވެ.


5 - އަޅުވެތިކަމާއި ދެކޮޅަށް ކުރާ ޖިހާދަކީ މުސްލިމުންގެ މައްޗަށް ފަރްޟު (ޢައިން)ށްވާ، ދިފާޢުގެ ޖިހާދެވެ.  އަދި ފަލަސްޠީނު އެދި ގޮވަމުންދަނީ، މުސްލިމުންތައް ދިފާޢުގެ ޖިހާދާއިގެން ތެދުވުމަށެވެ. އެހެނީ ޢަދުއްވުންދަނީ، ދީނާއި، ޢިރްޟާއި (ޢިއްފަތާއި ކަރާމާތް) ބިމާއި ނަފްސާއި، ރޫޙު އަދި މުދަލަށް ގެއްލުންދެމުންނެވެ. މިއިން އެންމެ ކަމެއްވުން، ކުޅަދާނާވެގެންވާ ކޮންމެ މީހަކު ޖިހާދަށް ނިކުތުން ވާޖިބުވެއްޖެއެވެ. މިއާއެކު ޣައްޒާގެ އަޚުންނަށް ނަޞްރުދިނުމަށްޓަކައި އެންމެހާ މުސްލިމްތަކުންނަށް ޢާންމުވެގެންވާ ނަފީރަކަށް (ޖިހާދަށް ނިކުތުން) އެކަމަށް ކުޅަދާނަވީ ކޮންމެމީހަކަށް ނިކުތުން ވާޖިބުވެއްޖެއެވެ. އަދި އެއީ ބަރަކާތްތެރިވެގެންވާ މަސްޖިދުލް އަޤްސާ މިނިވަންކުރުމަށް މަސައްކަތްކުރުމުގެ ގޮތުންނެވެ.


6 - ޤައުމުތަކުގެ ހުރަސްކުރާ ތަންތަނާއި ބޯޑަރުތައް ބަންދުކުރުމީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް ވެވޭ ޚިޔާނާތެކެވެ.


7 - ޢަދުއްވުން ޖެހިލުންވެ ހަނގުރާމަ ހުއްޓާލުމުގެ ގޮތުން ހަނގުރާމަ އިތުރު އޭރިއާތަކަށް ފުޅާކުރުންވަނީ، އިތުރަށް ޢުދުވާނު ހިންގުމުގެ ތެރެއިންނެވެ.


8 - އިސްތިޢުމާރީ އަދި މަދަނީ (ސިވިލިއަންސް) އެކެއްގެ ގައިގަ މި  2 ސިފަ ޖަމާނުވާނެއެވެ. ފަލަސްތީނުގެ ބިން ފޭރިގެންހުރި ކޮންމެ އިސްތިޢުމާރީއަކީ އެތާނގެ ގެދޮރުތަކަށް ވެރިވެގެންހުރި ޔަހޫދީންގެ އަނިޔާވެރި ސަރުކާރަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ ހަނގުރާމަވެރި ޢަދާވާތްތެރިއެކެވެ. (ޙަރުބީ ކާފިރެކެވެ.) އެއީ އާދައިގެ ރައްޔިތެއް ނޫނެވެ. އެއީ ކޮންމެ ސިފައެއްގެ ކޮންމެ ކަހަލަ މީހަކަށްވިޔަސްމެއެވެ.


9 - (އެމީހުނާ) ދެކޮޅަށް ޢާންމުވެގެންވާ ނަފީރަކަށް ނިކުތުން އެންމެހާ މުސްލިމުންގެ މައްޗަށް ވާޖިބުވެއްޖެއެވެ. އެމީހަކަށް ކުޅަދާނަވީ ގޮތަކުން ޢަދުއްވުންނާއި ކުރިމަތިލާ ހަނގުރާމަކުރުމަށެވެ. އެމީހަކަށް ވަސީލަތްތައް ލިބިހުރި މިންވަރަކުންނެވެ. ނުވަތަ ޢަދުއްވުންނާއި އެމީހުނަށް އެހީވާ މީހުން (ޤައުމުތަކުގެ) އެމްބަސީތަކާއި ދެކޮޅަށް ނިކުމެ އިޙްތިޖާޖު ކުރުމެވެ.


10 - ޔަހޫދީ ކަޔާނު (އިޒްރޭލުގެ) އެންމެހާ ޕްރޮޑަކްޓެއް އަދި އެމީހުނަށް އެހީވާ މީހުންގެ އެންމެހާ އުފެއްދުންތައް ބޮއިކޮޓްކުރުން ވާޖިބުވެގެން ވެއެވެ. އެމީހުންގެ އަތުން ވިޔަފާރިކުރުން ނުވަތަ މުޢާމަލާތްކުރުން ޙަރާމްވެގެންވަނީ އިޤްތިޞާދީގޮތުން ކުރާ ޖިހާދުގެ ވައްތަރެއްގެ ގޮތުގައެވެ.


11 - ޣައްޒާގެ ޢުދުވާނު ހިނގުމުގެ ކުރީގައި ވެފައިވާ، އެކުވެރިކަމާއި ގުޅުންބަދަހި ކުރުމުގެ އެންމެހާ އެއްބަސްވުންތަކަކީ، އޭގައި އެއްވެސް އިޢުތިބާރެއް ނެތް ޝަރުޢީގޮތުން ބާޠިލު އެއްޗެހިތަކެކެވެ. އަދި މީގެ ތެރޭގައި އިންޓަނޭޝަނަލް މުޢާހަދާތައްވެސް ހިމެނޭހެންނެވެ. އެހެނީ އެންމެ މުސްލިމަކަށް އިޢުތިދާވާ ހިސާބުން އެމީހުން އެވަނީ އެމީހުންގެ ޢަހުދު ނަގާލާފައެވެ.


ސޮއިކޮށްފައިވާ ބައެއް ޢިލްމުވެރިން :


1 - ޢައްލާމާ އައްޝައިޚް މުޙައްމަދު އަލްޙަސަން ވަލަދުއްދަދޫ

2 - ޕްރޮފެސަރ ޖަމާލު ޢަބްދުއްސައްތާރު

3 - މަރްވާން އަބޫ ރާސް

4 - ޕްރޮފެސަރ ނޫރުއްދީން އަލްޚާދިމީ

5 - ޕްރޮފެސަރަ ވަޞްފީ ޢާޝޫރު އަބޫ ޒައިދު (މަޤާސިދުއް ޝަރީޢާ އަދި އުޞޫލުލް ފިޤްހުން) މިޞްރީ

6 - ޑރ.ޢަބްދުﷲ ބިން ޢަބްދުލްމަޖީދު އައްޒިންދާނީ  ޔަމަނީ

7 - ޑރ. މަޙުމޫދު ޢަބްދުލްޢަޒީޒް އަލްޢާނީ (ޢިރާގުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް)

8 - ޑރ. ނައްވާފް އައްތިކްރޫރީ

9 - ޑރ. އަޙުމަދު ބިން ޢަލީ އަލްކިއްތާނީ (ރާބިޠަތު ޢުލަމާއިލް މަޣްރިބްގެ ރައީސް)

10 - އައްޝައިޚް ޖަލާލުއްދީން ބިން ޢުމަރު އަލްޙޮމްޞީ (ލުބުނާނުގެ ހައިއަތު ޢުލަމާއިލް މުސްލިމީންގެ މެމްބަރ )

11 - ޑރ .ރަޙުމަތުﷲ ޒާހިދު އަލްއަފްޣާނީ (އިއްތިޙާދު އަލްޢާލަމީ ޢުލަމާއިލް މުސްލިމީން ގެ މެމްބަރ)


ނޯޓް: ލިސްޓް ދިގުކަމުން މިތާނގައި ގެނެސްދީފައި އެވަނީ ބައެއް ޢިލްމުވެރިންގެ ނަންތަކެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page