top of page
Featured Posts

ފަހެ ޢިލްމު ހޯދުމާއި، ޢިލްމު އުނގަންނައިދިނުމަކީ ﷲ ގެ މަގުގައި ނިކުތުމުގެ ތެރޭގައިވާ އެންމެ މަތިވެރި

🔹އިބްނުލް ޤައްޔިމު ވިދާޅުވިއެވެ:


"ފަހެ ޢިލްމު ހޯދުމާއި، ޢިލްމު އުނގަންނައިދިނުމަކީ ﷲ ގެ މަގުގައި ނިކުތުމުގެ ތެރޭގައިވާ އެންމެ މަތިވެރި އެއްކަންތަކެވެ.


ކަޢުބު އަލްއަޙްބާރު ވިދާޅުވިއެވެ:

" ޢިލްމު އުނގެނޭމީހާ، ހެނދުނާ ހަވީރު ﷲ ގެ މަގުގައި ނިކުންނަ މީހާފަދައެވެ."


ބައެއް ޞަޙާބީން ވިދާޅުވިކަމަށް އައިސްފައިވެއެވެ:

"ޢިލްމު އުނގެނޭ މީހާ އެޙާލުގައި ހުއްޓާ އޭނާގެ ގާތަށް މަރު އަތުވެއްޖެނަމަ، ފަހެ އޭނާ މަރުވާހުށީ ޝަހީދެއްގެ ގޮތުގައިއެވެ."


ސުފްޔާނު ބްނު ޢުޔައިނާ ވިދާޅުވިއެވެ:

"ޢިލްމު އުނގެނި ހޯދާމީހާ ފަހެ ﷲ އަށް ބައިޢަތު ހިފައިފިއެވެ."


އަބުއް ދަރްދާއު ވިދާޅުވިއެވެ:

"ޢިލްމު ހޯދުމަށްޓަކައި ހެނދުނާއި ހަވީރު ނިކުތުމަކީ ޖިހާދެއް ނޫންކަމުގައި ދެކިއްޖެ މީހާ، ފަހެ އޭނާގެ ބުއްދި އުނިވެ ވިސްނުން ކޮށިވެއްޖެއެވެ!"


📖 މިފްތާޙު ދާރުއް ސަޢާދާ 📖


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page