Search
އޭ ލޯބިވެރިޔާއެވެ. ތެދުވާށެވެ.
- haqqubooks
- Nov 18, 2023
- 1 min read

ޙަބީބު ބްނު މުޙައްމަދު އަލްފާރިސީގެ އަނބިކަނބަލުން ރޭގަނޑު ދަންވުމުން ޙަބީބަށް ގޮވާ ހޭލައްވާފަ ވިދާޅުވެއެވެ:
"އޭ ޙަބީބެވެ! ތެދުވާށެވެ!
ރޭގަނޑު މިއޮތް ނިމިގެންދަނީއެވެ.
ދާން އޮތް މަގު ވަރަށްވެސް ދުރެވެ!
އަދި އަހަރުމެންގެ ދަތުރު ތައްޔާރީގެ ކޮއްތު ނުހަނު މަދެވެ.
އަދި ޞާލިޙުންގެ ޤާފިލާތައް އަހަރުމެން ދޫކޮށް ކުރިއަރާ ހިނގައްޖެއެވެ.
އަހަރުމެންގެ މިތިބީ ފަހަތުގައި މަޑުޖެހިފައެވެ."
📖 ލަޠާއިފުލް މަޢާރިފު📖