top of page
Featured Posts
Writer's picturehaqqubooks

އޭ އިސްލާމްކަމުގެ މަތީގައި އުފަންވެ ވިހިތިރީސް ސާޅީސް އަހަރު ގުނަމުންދާ ޒުވާނާއެވެ!

އޭ އިސްލާމްކަމުގެ މަތީގައި އުފަންވެ ވިހިތިރީސް ސާޅީސް އަހަރު ގުނަމުންދާ ޒުވާނާއެވެ!


ﷲ އަށް ބިރުވެތިވާންވީ ވަޤުތު އަދިވެސް ނުޖެހޭހެއްޔެވެ؟؟


ކުރިމަތީގައި އޮތް ދިގު ދަތުރަށް ފޮށިތަންމަތި ބަންނަން އަދިވެސް ނޫޅެމުހެެއްޔެވެ!؟


ވަށައިގެން ކޮންމެ ދުވަހަކުހެން މަރުގެ ދަންތުރަ ފަހަރަކު މީހަކު ޖަހައިގަނެގެން ގެންދާތަން ތިބާގެ ކުރިމަތީގައި ނުފެނޭހެއްޔެވެ؟!


ކުޅިސަމާގައި ރެޔާއި ދުވާލު ދުއްވާލާ،

ޣާފިލުކަމުގެ މަތީގައި ހިތުގައި އެއްވެސް ފިކުރެއް ބިރުވެރިކަމެއްނެތި ނިތްތަޅާލާ،

ދުނިޔެ ހޯދަން ހޭބޯނަރާ އުޅުމަށް އަތްމަހާލާ،

ދުވަސްތައް މިހެން ދާއިރު ފަހެ ތިބާގެ ވެރި ރައްބު ކުށްވެރިކުރައްވާ އެއްޗެހިކިޔުއްވާ ވަޙީކުރެއްވި ބަސްފުޅު ތިބާ އަޑުނާހަމުހެއްޔެވެ؟

(۞ أَلَمۡ یَأۡنِ لِلَّذِینَ ءَامَنُوۤا۟ أَن تَخۡشَعَ قُلُوبُهُمۡ لِذِكۡرِ ٱللَّهِ وَمَا نَزَلَ مِنَ ٱلۡحَقِّ وَلَا یَكُونُوا۟ كَٱلَّذِینَ أُوتُوا۟ ٱلۡكِتَـٰبَ مِن قَبۡلُ فَطَالَ عَلَیۡهِمُ ٱلۡأَمَدُ فَقَسَتۡ قُلُوبُهُمۡۖ وَكَثِیرࣱ مِّنۡهُمۡ فَـٰسِقُونَ)

سورة الحديد 16


މާނައީ: "ﷲ ގެ ޛިކުރަށާއި، ބާވައިލެއްވުނު ޙައްޤަށް އެއުރެންގެ ހިތްތައް ބިރުވެތިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، އީމާންވި މީހުންނަށް އަދިވެސް ވަޤުތު ނުޖެހެނީހެއްޔެވެ؟!


ފަހެ، އެއުރެންނަށް ޒަމާން ދިގުލައިގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ ފާސިޤުންނެވެ."


އިބްނު މަސްޢޫދު ވިދާޅުވިއެވެ:

"އަހަރުމެން އިސްލާމްވުމާއި ﷲ ތަޢާލާ މިއާޔަތުން އަހަރުމެންނަށް އެއްޗެހި ކިޔުއްވާ ބަސްވަޙީ ކުރެެއްވުމާއި ދެމެދު ހަތަރު އަހަރު މެނުވީ ނުވެއެވެ." (صحيح مسلم)


ރިވާކުރެވޭ ގޮތުގައި ޞަޙާބީ ބޭކަލުން މައްކާގައިވީ ފަޤީރުކަމާައި ދަތި އުނދަގޫ ކަމުގައިއެވެ. ދެން އެބޭކަލުން މަދީނާއަށް ހިޖުރަކުރެއްވިހިނދު ތަނަވަސްކަމާއި ފާގަތިކަން ލިބި ސަމާސާކުރުމާއި ހީއުޅުން ގިނަވެ، އަޅުކަމުގައި މަޑުޖެހި، ހިތްތައް ހަރުވާން ފެއްޓިއެވެ. ދެން ﷲ ތަޢާލާ މިއާޔަތް ބާވައިލައްވާ އެކަން ކުށްވެރިކުރައްވާ ވަޢުޡު ނަޞޭޙަތް ދެއްވިއެވެ.

(تفسير القرطبي)


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page