top of page
Featured Posts

އުއްމަތުގެ ކުދިބޮޑު އެންމެން މުއުމިނުންގެ އެންމެވަރުގަދަ ހަތިޔާރު އުފުލާލަން ...

މިއަދުމިވަނީ އިސްލާމީ އުއްމަތުގެ ކުދިބޮޑު އެންމެން މުއުމިނުންގެ އެންމެވަރުގަދަ ހަތިޔާރު އުފުލާލަން ޖެހިފައެވެ. އެއީ މުއުމިނު އަޅާ އޭނާގެ ނިކަމެތިކަން ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟްރަތުގައި ދަންނަވައި ، އެއިލާހަށް އިބްތިހާލުކޮށް ދުޢާއަށް ދެއަތްއުފުލާލުމެވެ. ފަހެ ، ނަބިއްޔާ ﷺ ގެ ލޮބުވެތި ޞަޙާބީން ، ރޭގަނޑުގެ ފަހުބައިގައި  ޤިޔާމުއްލައިލިގައި ، އަހުލުކިތާބީން (ޔަހޫދީންނާއި ، ނަޞާރާއިން ) ގެ މައްޗަށް ކުރެއްވި ދުޢާތަކުގެ ތެރެއިން ދުޢާއެއްގައި ވެއެވެ.


اللَّهُمَّ قَاتِلِ الْكَفَرَةَ الَّذِينَ يَصُدُّونَ عَنْ سَبِيلِكَ وَيُكَذِّبُونَ رُسُلَكَ ، وَلَا يُؤْمِنُونَ بِوَعْدِكَ ، وَخَالِفْ بَيْنَ كَلِمَتِهِمْ ، وَأَلْقِ فِي قُلُوبِهِمُ الرُّعْبَ ، وَأَلْقِ عَلَيْهِمْ رِجْزَكَ وَعَذَابَكَ ، إِلَهَ الْحَقِّ .


ދެން އެއަށްފަހު ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރުމަށްފަހު ކުޅަދާނަ ވީމިންވަރަކަށް މުއުމިނުތަކުންނަށް ދުޢާކުރައްވައެވެ. އަދި އެއަށްފަހު ވިދާޅުވާކަމުގައި ވެއެވެ.


اللَّهُمَّ إِيَّاكَ نَعْبُد ُ، وَلَكَ نُصَلِّي وَنَسْجُدُ ، وَإِلَيْكَ نَسْعَى وَنَحْفِدُ ، وَنَرْجُو رَحْمَتَكَ رَبَّنَا ، وَنَخَافُ عَذَابَكَ الْجِدَّ ، إِنَّ عَذَابَكَ لِمَنْ عَادَيْتَ مُلْحِقٌ .


ދެން އެއަށްފަހު ، ﷲ أكبر (ތަކްބީރު ) ކިޔައި ސަޖިދައަށް ތިރިވެއެވެ.


ނޯޓް : މިދުޢާ ވާރިދުވެގެންއައިސްފައިވަނީ ޞައްޙަ ސަނަދަކުންކަމަށް އިމާމް އަލްބާނީ ރަޙިމާހުﷲ ވިދާޅުވެއެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page