top of page
Featured Posts
Writer's picturehaqqubooks

ދޫކޮށްލެވޭ އަސީރުންގެ ތެރޭގައި ހިމެނޭ ބައެއް އުޚްތުން

އަސީރުންގެ ތެރޭގައި ދޫކޮށްލެވޭ އިސްރާ ޖާބިސް.


މި އުޚްތާ ހައްޔަރު ކުރެވުނީ 2015 ވަަނަ އަހަރު އިޒްރާއިލް ޗެކްޕޮއިންޓެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ހަޤީޤަތަކީ އިސްރާ ޖާބިސުގެ ކާރަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ކާރު ގޮވީއެވެ.


މި ޙާދިސާގެ ސަބަބުން އިސްރާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މޫނު ފިހި, އަތުގެ އިނގިލިތައް ގެއްލި ނުކުޅެދޭ ހާލަށް އައިސްފައެވެ. ކަނާތުން ފެންނަ ފޮޓޯގައި ތި ފެންނަނީ އިސްރާ އެ ޙަދިސާގެ ކުރިޔާއި މިހާރެވެ


މިއަދު އިސްރާ ދޫކޮށްލާއިރު، އިސްރާ ވަނީ ޔަހޫދީންގެ އެތަށް އަނިޔާއެއް ޖަލުގައި ތަހަންމަލު ކޮށްފައެވެ. އަދި މި އަސީރުން ބަދަލުކުރުމުގެ ކަންކަމުގައި ޖަލުތެރޭގައި ޝައުގުވެރިކަން އެންމެ ފާޅުކުރީވެސް އިސްރާއެވެ


އެތައްް އަނިޔާތަކެއް ތަހަންމަލުނކުރުމަށް ފަހު އިސްރާ ދޫކޮށްލާތީ އުފާކުރަމެވެ


الحمد لله


ޒައިނިސްޓު ޖަލުން ދޫކޮށްލާ މަރާ ބާކިރު.


މަރާ ބާކިރު ހައްޔަރު ކުރެވުނީ އުމުރުން 15 އަހަރުގައެވެ.


މިއަދު މަރާ ބާކިރުގެ އުމުރަކީ 23 އަހަރެވެ. 8 އަހަރު ދުވަހު ޖަލުގައި ހޭދަކޮށްފައިވެއެވެ.


އަދި ފާއިތުވެދިޔަ 40 ދުވަސް ވަންދެން މި އުޚްތާ ވަނީ އެކަހެރިކޮށް solitary confinement ގައި ބާއްވާފައެވެ.


މަރާ އަކީ މިވަގުތު ޖަލުގެ އެކަހެރިކޮށްފައިވާ އަންހެން ޤައިދީންގެ މަންދޫބެވެ


މަރާ އަބަދުވެސް އުއްމީދު ކުރަމުން ދިޔައީ ގިނަ އަސީރުން ބަދަލުކުރުމުގެ މަރުހަލާއެއްގެ ތެރޭގައި ދޫކޮށްލުމެވެ. ސަބަބަކީ އެކަނި ދޫކޮށްލައިފި ނަމަ، ލޮބުވެތި އެހެން އުޚްތުންނާއި ވަކިން މިނިވަންކަން ލިބިދާނެދީއެވެ.


އުޚްތުންދެކެ ވާ ލޯތްބާއި ކުލުނެއްްގެ ސަބަބުންނެވެ.

سبحان الله


ޅަ ފުރާ އަންހެން ކުއްޖަކަށް ވީ ހިނދު ހައްޔަރު ކުރެވުނު މި އުޚްތާއަށް މިނިވަންކަން ލިބޭތި އުފާކުރަމެވެ.


الحمد لله يارب العالمين


ދޫކޮށްލެވޭ އަސީރުންގެ ތެރޭގައި ހިމެނޭ ހަނާން ބަރްގޫޓީ.


ހަނާން ބަރްގޫޓީއާއި އޭނާގެ ތިން ފިރިހެންދަރިން ހައްޔަރު ކުރެވުނީ އޮކްޓޯބަރު 7 އަކަށް ފަހުއެވެ. ހަނާންގެ މާމަ ދަރިން މިވަގުތު ތިބީ ހަނާން މިނިވަންވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.


ހަނާން ބަރުގޫޓީ އަކީ މިވަގުތު އިޒްރާއީލް ޖަލުގައި އެންމެ ގިނަ ދުވަހަށް ބަންދުކޮށްފައިވާ އަޚް ނާއިލް ބަރުގޫޓީގެ އަންހެން ކޮއްކޮއެވެ.

މި އުޚްތާގެ ބޭބެ މިވަގުތު ގުނަމުންދަނީ ޒައިނިސްޓު ޖަލުގައި ހޭދަ ކުރާ 43 ވަނަ އަހަރެވެ. ޖެހިޖެހިގެން އެ އަޚާވަނީ 33 އަހަރު ޖަލުގައި ހޭދަކޮށްފައެވެ. 33 އަހަރަށް ފަހު މިނިވަންވުމަށް ފަހު އަލުން ހައްޔަރު ކޮށް މިހާރު 43 ވެފައިވެއެވެ.

سبحان الله


މި އުޚްތާގެ އާއިލާއަށް އެތައް ގޮތަކުން ޔަހޫދީންގެ ތުރާ ކުރިމަތިވެފައިވެއެވެ.


حسبي الله ونعم الوكيل


ދުޢާއަކީ މި އުޚްތާގެ އަޚް 66 އަހަރުގެ ނާއިލް ވެސް ވީ އެންމެ އަވަހަށް މިނިވަންވުމެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page