ދާއޮހޮރުވުމާނުލައި، ލޭ އޮހޮރުވުމާނުލައި ނަޞްރަށް އެދި އިންތިޒާރުކުރާ މީހުނަށްވާ ޢިބުރަތެއް
ސަތޭކަ އެތައް ހަނގުރާމައެއްކޮށް އިސްލާމްދީނަށް ނަޞްރުދިނުމުގައި މުޅި ޙަޔާތް ހޭދަކޮށްލާފައިވާ، ﷲ ގެ ކަނޑިކޮޅެއް ކަމުގައިވާ، ޚާލިދުބިން ވަލީދު ރަޟިޔަﷲ ޢަންހު މަރުގެ ތަންމަތީގައި ވިދާޅުވިއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި ޒަޚަމް ނުވާ ހަމަ އެންމެތަންކޮޅެއްވެސް ނުވެއެވެ.
((ފަހެ ފިނޑިންގެ ލޯތަކަށް އަރާމު ނިންޖެއް ލިބުން ނުވެއެވެ.))
އެހެނީ އެބަޔަކީ ހަނގުރާމައިގެ ވަގުތުތަކުގައި ދުނިޔެ އެދި މަރަށްބިރުން ފިލަންދުވާ ބައެކެވެ. ފަހެ މިއަދު އިސްލާމީ އުއްމަތުގެ ޒުވާނުން، ޣައްޒާގެ މުސްލިމުން ނިކަމެތިކޮށްލާތަން ދެކިއްޖެނަމަ ޚާލިދުބިން ވަލީދު ވިދާޅުވާނީ ކީކޭތޯއެވެ. އެބޭކަލުން އެ ގެނެސްދެއްވި މަޖުދު، އަޅުގަނޑުމެން އަނބުރާ ހޯދާނީ ކިހިނެއްތޯއެވެ. އުއްމަތުގެ އަމްޖާދުން، މިއުއްމަތަށް ނަޞްރާއި، ޢިއްޒަތް ގެނެސްދިނީ މުޒާހަރާކޮށް، މަގުމަތީ އަޑުގަދަކޮށްގެނެއް ނޫނެވެ. އެހެނެއްކަމަކު ހަނގުރާމައިގެ މައިދާންތަކަށް ފައިބައި، އަލްވަލާއު ވަލްބަރާއު، މިޝިޢާރު އެންމެފުރިހަމައަށް ފާޅުކޮށްގެންނެވެ. އެބޭކަލުންގެ ކަނޑިތަކުން ކާފިރުންގެ ކަނދުރާތަކުގައި ޖަހައިގެންނެވެ.
(فَٱضۡرِبُوا۟ فَوۡقَ ٱلۡأَعۡنَاقِ وَٱضۡرِبُوا۟ مِنۡهُمۡ كُلَّ بَنَانࣲ)
ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަބައިމީހުން (ކަނޑިން) ޖަހާށެވެ! އަދި އެއުރެންގެ ހުރިހާ އިނގިލިކުރިތަކުގައި (ކަނޑިން) ޖަހާށެވެ!
(އަލްއަންފާލު 12)