top of page
Featured Posts

ބައްޕާއެވެ! އެއީ ސުވަރުގެއެވެ...

ރަސޫލާ صلى الله عليه وسلم ބަދުރު ހަނގުރާމައަށް ނިކުންނަވަން ޤަޞްދު ކުރެއްވިހިނދު، ސަޢުދު ބްނު ޚައިޘަމާއާއި އެކަލޭގެފާނުގެ ބައްޕާފުޅާއި ދެބޭކަލުން ހަނގުރާމައަށް ނިކުންނަވަން ބޭނުންފުޅުވިއެވެ.


ދެން ރަސޫލާ صلى الله عليه وسلم އަށް އެކަންތައް އެންގެވުމުން، އެތަނުން ކޮންމެވެސް އެކަކު ނިކުތުމަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ.ދެން އެދެބޭކަލުން ގުރުއަތު ލައިގެން ސަޢުދުއާއި ދިމާވިއެވެ.


އެހިނދު ބައްޕާފުޅު ވިދާޅުވިއެވެ: 'އޭ ދަރިފުޅާއެވެ! އަހަރެންނަށް މިފަހަރު އިސްކަންދީ ފުރުޞަތު ދޭށެވެ.'


ސަޢުދު ވިދާޅުވިއެވެ: 'އޭ ބައްޕާއެވެ! ހަމަކަށަވަރުން އެއީ ސުވަރުގެއެވެ. އެނޫންކަމެއްނަމަ ޔަޤީނުންވެސް ބައްޕައަށް އިސްކަންދިނީމުހެވެ.'


ދެން ސަޢުދު، ނަބިއްޔާ صلى الله عليه وسلم އާއި އެކުގައި ބަދުރު ހަނގުރާމައަށް ނިކުންނަވާ އެހަނގުރާމައިގައި ޤަތުލުވިއެވެ.


ޖެހިގެން އައި އަހަރު ސަޢުދުގެ ބައްޕާފުޅު ޚައިޘަމާ އުޙުދު ހަނގުރާމައަށް ނިކުންނަވާ ޤަތުލުވިއެވެ. "


-ސުނަން ސަޢީދު ބްނު މަންޞޫރު: 2558-

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page