top of page
Featured Posts
Writer's picturehaqqubooks

ޣައްޒާގެ މުސްލިމުންނަށް 1/2 ލ. ގެ ކުޑަ ފެންފުޅިއެއްގެ މިންވަރު ފޯރުކޮށްނުދޭވޭ ޢަރަބި ޤައުމުތަކުން...

ޣައްޒާގެ މުސްލިމުންނަށް 1/2 ލ. ގެ ކުޑަ ފެންފުޅިއެއްގެ މިންވަރު ފޯރުކޮށްނުދޭވޭ ޢަރަބި ޤައުމުތަކުން މިލިޓަރީއަށް ކުރާ ބޮޑު ޚަރަދު.


އެމެރިކާގެ ވެބްސައިޓެއްކަމަށްވާ "ގްލޯބަލް ފަޔަރ ޕަވަރ" ބުނާގޮތުން، އަހަރަކަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ސައުދީ އިންނެވެ.


◾ ސައުދީ ޢަރަބިއްޔާ 46 ބ. (ބިލިއަން) ޑޮލަރ

◾ އެމިރޭޓްސް 25.5 ބ.ޑޮލަރ

◾ އަލްޖަޒާއިރު 22 ބ.ޑޮލަރ

◾ އޮމާން 8.3 ބ.ޑޮލަރ

◾ ކުވައިތު 8.1 ބ.ޑޮލަރ

◾ ޢިރާޤު 6.8 ބ.ޑޮލަރ

◾ ޤަތަރު 5.8 ބ.ޑޮލަރ

◾ މޮރޮކޯ 5.4 ބ.ޑޮލަރ

◾ މިޞްރު 10 ބ.ޑޮލަރ

◾ ލީބިޔާ، އުރުދުން، ސީރިޔާ، ބަޙްރައިން 4 ބ.ޑޮލަރ

◾ ޓިޔުނީޝިއާ 1.1 ބ.ޑޮލަރ

◾ ސޫދާން 287 މިލިއަން ޑޮލަރ

◾ އެރްތިރިޔާ 100 މިލިއަން ޑޮލަރ

◾ ސޯމާލިއާ 63 މިލިއަން ޑޮލަރ


މި ވެބްސައިޓް ބުނާގޮތުން، ގާތްގަނޑަކަށް 130 ބިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް މިޤައުމުތަކުން އެބަހޭދަކުރެއެވެ. އެހެންކަމަށް ވާނަމަ، 1973 ން ފެށިގެން ފާއިތުވި 50 އަހަރުގައި އެވަނީ 6.5 ޓްރިލިއަން (6500 ބިލިއަން) ޑޮލަރު ހޭދަކޮށްފައެވެ.


ނަމަވެސް މިބައިމީހުން މިހުރިހާ ޚަރަދެއް ކޮށްފައި، ކޮންމެ އަހަރަކު ރައްޔިތުން ސްޓޭޑިއަމަށް އެއްކޮށް ދައްކާ ޗަރުކޭހުގެ އަގު 0.5 އެމް.އެލް ގެ ފެންފުޅިއެއްވަރުވެސް ނުވިއެވެ. މިއީ އެބުނާ ވަރުގަދަ ލަޝްކަރުތަކޯލައެވެ. ފަތަޙަކުރަނީ ޢާންމު ރައްޔިތުންގެ ގޯތިގެދޮރާއި ވިޔަފާރިތަކެވެ.ޣަނީމާއަކީ ނުޙައްގުން ކައިއުޅޭ ރައްޔިތުންގެ މުދަލަވެ. ގަދަބަދަވިކަން ދައްކަނީ އޭރަކު އޮތް ވެރިކަމަކާއި ދެކޮޅުވާ މީހުނާއި، އިސްލާމްދީނުގެ އުސޫލުތަކަށް ތަބާވާ މީހުނަށެވެ. އެބައެއްގެ އަތުގައި ހަތިޔާރެއް ހެވިކަމުގެ ހުނަރެއް ނެތްބަޔަކަށެވެ.


މިއީ މިއަދު ޤަބޫލުކުރަން ބޭނުންނުވިނަމަވެސް ކަންހިނގާ ގޮތެވެ. ބުއްދިއެއް ވޭހެއްޔެވެ؟ އެމީހެއްގެ އިސްލާމްކަމާއި، މާތް ނަބިއްޔާ ﷺ ގެ އުއްމަތާއި މެދު ވިސްނާ ފިކުރުކުރާ މީހަކު އެބަހުރި ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެމީހެއްގެ ނަފްސާއި އަނބިދަރިން ދިފާޢުކުރުމީ އެންމެ ކުޑަމިނުން އެމީހެއްގެ ވާޖިބެކެވެ. މިވާޖިބަށް މިއަދު އިހުމާލުވެއްޖެ މީހާ މާދަމާ ގިސްލާ ރޯންޖެހޭނެކަން ދަންނާށެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page