އަހަރެންނަށް ޚަބީޞްކޮޅެއް ހަދާދީބަލާށެވެ.
އެއްދުވަހަކު އައްރަބީޢު ބްނު ޚުޘައިމު އެކަލޭގެފާނުގެ އަހުލުންނަށް ވިދާޅުވިއެވެ:
'އަހަރެންނަށް ޚަބީޞްކޮޅެއް (ކަދުރާއި ގިތެޔޮ އެއްކޮށްގެން ހެދޭ ފޮނިކާއެއްޗެއް) ހަދާދީބަލާށެވެ.'
ދެން އެތަކެތި ތައްޔާރުކޮށް ރަބީޢުއަށް އެރުވުނެވެ. ދެން އެކަލޭގެފާނު، ބުއްދިގޯސް ތަންދޮރު ނޭނގޭ މީހަކު ގޮވައިގެން ވަޑައިގަތެވެ.
އަދި އޭނާއަށް އަތުން ލައްވައިގެން ކާންދެއްވިއެވެ. ކަމުންދިޔައިރު އޭނާގެ އަނގައިން ސޮނި ފައިބަމުންދިޔައެވެ.
ދެން އޭނާ ކައިނިމިގެން ނިކުތުމުން ރަބީޢުގެ އަނބިކަނބަލުން ދަންނަވައިފިއެވެ:
'ތިބާ އަހަރުމެންނަށް އެހާ މަސައްކަތް ޖައްސައިގެން، އެވަރުން ހަލްވާ ތައްޔާރު ކުރީމާ، ތިބާ ތިޔަ ކާންދިނީ މިފަދަ މީހަކަށެވެ.
ކެވުނު ކަމެއްވެސް ކެވުނު އެއްޗެއްވެސް މީނާއަކަށް ވަކިކުރަން ނޭނގޭނެއެވެ.'
އެހިނދު އައްރަބީޢު ވިދާޅުވިއެވެ:
'އެކަމަކު ﷲ ދެނެވޮޑިގެންވެއެވެ.'
-މުޞައްނަފު އިބްނު އަބީ ޝައިބާ-