top of page
Featured Posts

އަހަރެން އެއްފަހަރަކު ބަޣުދާދަށް ގޮސް ހުއްޓާ، ލޯ ޢަވަރު މުސްކުޅިޔަކު ފެނުނެވެ.

އިސްމާޢީލު ބްނު ޢަބްދުއްރަޙްމާނު ވިދާޅުވިއެވެ:


"އަހަރެން އެއްފަހަރަކު ބަޣުދާދަށް ގޮސް ހުއްޓާ، ލޯ ޢަވަރު މުސްކުޅިޔަކު ފެނުނެވެ.


ދެން އެތާހުރި މީހަކު ބުނެފިއެވެ:

'މީނާގެ ވާހަކަ ތިބާއަށް ނޭނގޭހެއްޔެވެ؟'


އަހަރެން ބުނެފީމެވެ: 'ނޭނގެއެވެ.'


އޭނާ ބުނެފިއެވެ: 'މި މުސްކުޅި ބެއްޔާ އެއްފަހަރަކު ނަބީކަމަށް ދަޢުވާކުރިއެވެ. ދެން ޚަލީފާ މައުމޫނުގެ ގާތަށް އޭނާ ގެނެވުނެވެ.


އަދި މައުމޫނު ސުވާލުކުރިއެވެ: 'ކަލެއަކީ ކާކު ހެއްޔެވެ؟'


އޭނާ ޖަވާބު ދިނެވެ: 'ނަބިއްޔެކެވެ.'


ދެން މައުމޫނުގެ ކައިރީގައި މީހުންނަށް ބުނެފިއެވެ: 'ނިކަން މީނާއާ ވާހަކަ ދައްކަބަލާށެވެ.'


ދެން އެތަނުން މީހަކު ބުނެފިއެވެ: 'އެއްވެސް ނަބިއްޔަކު މުޢުޖިޒާތެއް ދެއްވިގެން މެނުވީ ނުވެއެވެ. ކަލޭގެ މުޢުޖިޒާތަކީ ކޮބައިހެއްޔެވެ؟'


އޭނާ ބުނެފިއެވެ: 'އަހަރެންނަށް ލިބިފައިވާ މުޢުޖިޒާތަކީ: މީގެ 20 އަހަރުން ފަށައިގެން ބަލިވެ ނީންނަ ހުރިހާ އަންހެންނުން އަހަރެންގެ ގާތަށް ގެންނާށެވެ. ވަޤުތުން ވަޤުތަށް އަހަރެން އެއަންހެނުން ބަނޑުބޮޑު ކޮށްލާނަމެވެ!'


އެހިނދު މައުމޫނު ބުނެފިއެވެ: 'އަސްތާ, މިއީ ވަޙްޝީކަން ބޮލަށް އަރައިފަ ހުރި ނަބިއްޔެއްތާއެވެ! '


📖 އައްނަވާދިރު ވައްނުތަފު 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page