ރިޔާޟުގެ މުޙައްމަދު ބިން ސުޢޫދު ޔުނިވަރސިޓީގެ ޢަޤީދާ ފެކަލްޓީގައި ކިޔަވައިދޭ ލެކްޗަރާއެއް
ޢަލީ ބިން ޢަބްދުލް ޢަޒީޒް އައްޝިބުލް (ރިޔާޟުގެ މުޙައްމަދު ބިން ސުޢޫދު ޔުނިވަރސިޓީގެ ޢަޤީދާ ފެކަލްޓީގައި ކިޔަވައިދޭ ލެކްޗަރާއެއް )
އެސްއެސް މަދްޚަލީ ފިކުރާއި ޖާމިއްޔާ ފިކުރަކީ މިއަދު އުއްމަތަށް ޖެހިފައިވާ ބޮޑު މުޞީބާތެކެވެ. ވެރިންނަށް ސަނާކިޔަމުންގޮސް، ނަޞާރާއިންގެ ރާހިބުން ވެރިން އިލާހެއްގެ ދަރަޖައަށް ނަގާވަރަށް މިއަދު މިބައިމީހުން ވެރިން މަތިވެރި ކުރެއެވެ.
މި ޝެއިޚް ޣައްޒާގައި ހިނގަމުންދާ ޤަތުލްޢާންމާއި ގުޅުވައި، ރައްޔިތުންނަށް ބުނަމުންދަނީ ކަލޭ ކަލޭގެ ވެރިމީހާއާއި އެކީގައި ވާށެވެ. އަދި އޭނާގެމައްޗަށް ބަސްނުކިޔާށެވެ. އެމީހުނަށް ކަލެއަށްވުރެ ބޮޑަށް ހިނގަމުންމިދާ ކަންތައް އެނގޭނެއެވެ. އޭގެ ޙާލަތްތަކާ އޭގެން ނިކުންނަ ނަތީޖާތަކާއި އޭގެ ސަބަބުތައް މާބޮޑަށް އެނގޭނެއެވެ. އެ ވެރިންގެ މައްޗަށް ބަސްކިޔާކަމުގައިވާނަމަ ފުރުޞަތު ގެއްލިދާނެއެވެ.
ނިކަންވިސްނާލާށެވެ. މިދައްކަނީ ކޮން ފުރުޞަތެއް ގެއްލޭނެ ވާހަކަ ހެއްޔެވެ؟ ޣައްޒާ ޙިޞާރުކޮށް ފެންކަނޑާލައިގެން އޮތް ފުރުޞަތު ޔަހޫދީންނަށް ގެއްލޭނެ ވާހަކަ ހެއްްޔެވެ؟ ޢަރަބި ވެރިން ޣައްޒާގެ ވަށައިގެން އޮވެ ޙިޞާރުކުރުން ނޫންކަމެއް އެބަ ކުރޭހެއްޔެވެ؟