ނަޖިސް މޫނުގެ ވެރިޔާ
📌 ނަޖިސް މޫނުގެ ވެރިޔާ ، ޞަލީބީ ޙަރުބީ ކާފަރުންގެ ލަޝްކަރެއްގެ ރައީސް އަދި ކުފުރުގެ ބޮޑު ބޮލެއްކަމުގައިވާ ، ފްރާންސުގެ ރައީސް އިމަނުއެލް މެކަރޮން
މިއީ އެބުނާ ބަސްބުނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިންތިހާއަށް އޮތް ޔޫރަޕްގެ ފްރާންސެވެ. ކޮންމެ ދީނެއްގެ މީހަކަށްވެސް ރައްކާތެރިކަމާއެކު އުޅެވޭނެކަމަށް ބުނާ ، ފްރާންސެވެ . ހަމަހަމަކަން ޤާއިމްކުރުމުގެ ނަމޫނާ ކަމަށްބުނާ ޔޫރަޕެވެ. އަދި އެބައިމީހުންގެ ތަރައްޤީއެވެ.
ނަމަވެސް މިކާފަރުންގެ ގާތުގައި ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ އިސްލާމްދިނަށް ހަޖޫ ޖަހައި ފުރައްސާރަ ކުރުމަށެވެ. އަދި މިނިވަންކަން ވެސް އޮތީ މުސްލިމުން ފިޔަވައި ކޮންމެ ބަޔަކަށެވެ. ނަމަވެސް އެބައިމީހުންގެ އެ ކުފުރު ރީތިވެ ދޮންމީހުން އުޅޭގޮތަށް އުޅެފިނަމަ ސަލާމަތްވެވިދާނެ ކަމަށް މިއަދު މިރާއްޖޭގައިވެސް ބަޔަކު ގަބޫލު ކުރެއެވެ. ފަހެ އަހަރެމެންގެ ލޮބުވެތި ނަބިއްޔާއަށް ފުރައްސާރަ ކުރުމަށްފަހު ފްރާންސަށް އަމާންވާނެކަމަށް ހީކުރަނީ ހެއްޔެވެ؟ އަހަރެމެންގެ ކާބަފައިންނީ މުޙައްމަދުﷺ ގެ ދިފާޢުގައި އެބޭކަލުންގެ މޭ އައްޑަނައަކަށް ދިއްކޮށްލި މީހުނެވެ.
_______________________________________________________________
92 حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى ، وَابْنُ بَشَّارٍ ، قَالَا : حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ ، حَدَّثَنَا شُعْبَةُ ، قَالَ : سَمِعْتُ قَتَادَةَ ، يُحَدِّثُ عَنْ أَنَسِ بْنِ مَالِكٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنَّاسِ أَجْمَعِينَ
📌 މުޙައްމަދު ބިން އަލްމުޘައްނާ އާއި އިބްނު އަލްބައްޝާރާއި ދެބޭކަލުން ވިދާޅުވިއެވެ : ތިމަންމެނަށް މުޙައްމަދު ބިން ޖަޢުފަރު ކިޔައިދެއްވިއެވެ. (ވިދާޅުވިއެވެ.) ޝުޢުބާ ކިޔައިދެއްވިއެވެ. ވިދާޅުވިއެވެ : ޤަތާދާ ، އަނަސްބިން މާލިކުގެ ކިބައިން ރިވާކުރައްވާ ވިދާޅުވާތީ ތިމަން އަޑުއެހީމެވެ. ވިދާޅުވިއެވެ : ﷲ ގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ :
[[ތިޔަބައިމީހުންގެ ގާތުގައި ތިމަންކަލޭގެފާނު ، އެމީހެއްގެ ދަރިއާއި ، ބަފަޔާއި (މައިންބަފައިން)، އެންމެހައި މީސްތަކުންނަށް ވުރެ ބޮޑަށް ލޯބިވެއްޖައުމަށް ދާންދެން ، ތިޔަބައިމީހުން ކުރެ އެކަކުވެސް އީމާންވި ކަމުގައި ނުވެއެވެ.]]
[ޞަޙީޙް މުސްލިމް ، ކިތާބުލް އީމާން / 92 ޙަދީޘް]
އަލްއިމާމް ޤާޟީ ޢިޔާޟު މިޙަދީޘުން ދަލީލު ނަންގަވައި ވިދާޅުވަނީ : ﷲ ގެ ރަސޫލާ ﷺ އީ އެންމެ ލޮބުވެތި ފަރާތްކަމުގައި ހެދުމަކީ އެއީ އީމާންކަން ޞައްޙަވުމުގެ ޝަރުޠެކެވެ. ( އެބަހީ އެކަން އެގޮތައް ނުކުރާ މީހާގެ ޝަރުޠު ފުރިހަމަ ވެގެން ނުވެއެވެ. ޝަރުޠަކީ އެއްޗެއް ފުރިހަމަ ވުމަށްޓަކައި އެޔަށް ތައްޔާރުވުމުގެ ގޮތުން އޭގެ ބޭރުން ފުރިހަމަ ކުރަންޖެހޭ ކަމެކެވެ. އަދި "ޝަރުޠު" ނުލައި އައިސްފިނަމަ ދެން ހުރި ބައިތަކާއިގެން ކުރިޔަށް ނުދެވޭނެ އެއްޗެކެވެ. އޭގެ މިސާލަކީ ނަމާދުގައި ނަމަ ، ތަހާރަތެވެ.( ވުޟޫ / ތަޔައްމަމް).
އެހެންކަމުން ލޮބުވެތި މުސްލިމުންނޭވެ .ﷲ ގެ ރަސޫލާ ﷺ ގެ ދިފާޢުގައި ތެދުވާށެވެ. ތިޔަހިތްތަކުގައި އެކަލޭގެފާނަށް ވާ ލޯބި މުޅިދުނިޔެއަށް ދައްކާލާށެވެ. އެކަލޭގެފާނަށް އެ ފުރައްސާރަކުރާ ޞަލީބީންނާއި އެބައިމީހުންގެ ޕަޕެޓުން ރުޅިއައސްގެންގޮސް ހަލާކުވުމަށެވެ. އަދި އެބައިމީހުން އަހަރެމެންގެ ދީނާއި އަހަރެމެން ދުރުކުރަން އެ ކުރަމުންދާ މަސައްކަތުގައި އެބައިމީހުން މާޔޫސްވުމަށެވެ.
އޭ ލޮބުވެތި މުސްލިމް ޒުވާނުންނޭވެ. ތިޔަ ޒުވާނުންގެ ދޫތަކުން އެ ނަބިއްޔާއަށް ވާލޯބި ބަޔާންކުރާށެވެ.އަދި އެނަބިއްޔާގެ ޢަދުއްވުން ބިރުގަންނަވާށެވެ. ފަހަރުގައި ތިބާ ﷲ ގެ ރަސޫލާ ﷺ ގެ ޙައުޟުކޮޅުން ފެންލިބި އެމާތް ނަބިއްޔާއާއި ގާތުގައި ޖަންނަތުގައި ލެއްވިގެންދާ ސަބަބަކަށް އެކަން ވެދާނެއެވެ.