ސޫރިޔާގެ ބާނިޔާސް ސަރަހައްދުގެ "އަލް ބައިޟާ" ކިޔާ އަވަށުގައި ޝިޔަޢީންގެ ނުޞެއިރިން ހިންގި ޖަރީމާތަކު
ސޫރިޔާގެ ބާނިޔާސް ސަރަހައްދުގެ "އަލް ބައިޟާ" ކިޔާ އަވަށުގައި ޝިޔަޢީންގެ ނުޞެއިރިން ހިންގި ޖަރީމާތަކުގެ ތެރެއިން
ބައެއް ބޭފުޅުން މިފަދަ ފޮޓޯތައް ޝެއަރ ކުރާތީ ހިތްހަމަނުޖެހެއެވެ. އަދި މި ތަސްވީރުތަކަށް ބަލަން އުނދަގޫވެއެވެ.
ނަމަވެސް އެފަދަ މީހުންގެ ގޭގެ ސިޓިންގ ރޫމް ހުންނާނީ ގިނަފަހަރު ފުޓްބޯޅައާއި އެނޫންވެސް ކުޅިވަރާއި ، ބުދައް އަޅުކަން ކުރާ ހިންދޫ ޑްރާމާ ސިލްސިލާ ތަކުން ނުވަތަ ހޮލީވުޑް ފިލްމުތަކުން ގުގުމާލަ ގުގުމާލައެވެ. އެ ނަޖިސްތަކެތި ފެނި އުނދަގޫވެ ކަންބޮޑުވެގެން އުޅޭހެއްޔެވެ؟
ފަހެ އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ އިސްލާމީ އުއްމަތް ކިހާވަރަކަށް ނިކަމެތިވާތަން ބެލުމަށްތޯ އެވެ
މި އަނިޔާތަކަކީ ޓެރަރިޒަމް އެއްވެސް ނޫނެެވެ. އަދި ހައްދުފަހަނަ އެޅުމެއްވެސ ްނޫނެވެ. އެހެނީ އަނިޔާލިބުނީ މުސްލިިމުންގެ ދަރީންނަށް ވީތީއެވެ.
މިއަދު އުއްމަތުގެ ޙާލުގެ ދުލުން ގޮވަމުންދެއެވެ
وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَل لَّنَا مِن لَّدُنكَ وَلِيًّا وَاجْعَل لَّنَا مِن لَّدُنكَ نَصِيرًا (سورة النساء 75)
_____________
َمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَل لَّنَا مِن لَّدُنكَ وَلِيًّا وَاجْعَل لَّنَا مِن لَّدُنكَ نَصِيرًا (سورة النساء 75)
އަދި، اللَّه ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި (އެބަހީ ، ކާފިރުންގެ އަނިޔާތަކުން މުސްލިމުން މިންޖުކުރުމުގެ މަގުގައި) ، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނަކީ، (މިފަދައިން) دعاء ކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން نصر ވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! (75)
📌 ފަހެ މިއާޔަތުގައި ﷲ ތަޢާލާ މުޚާތަބު ކުރައްވަނީ މުސްލިމުންނާއެވެ. އަދި ބަސް ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. "ތިޔަބައި މީހުން"
އެބަހީ ކަލޭމެން (މުސްލިމުން) ﷲ ގެ މަގުގައި ހަނގުރާމަ ނުކުރަނީ ކީއްވެ ހެއްޔެވެ؟ ސުވާލު ކުރައްވަނީއެވެ. ކޮންމެ މުސްލިމް ފިރިހެނަކަށް ހުށައެޅިގެންދާ ސުވާލެކެވެ. ފަހެ މިއަދު ތިބާއަށް ޢުޛުރުގެ ގޮތުގައި ބަހަނާ ދެއްކިދާނެއެވެ. ނަމަވެސް ތިބާ ﷲ ގެ ޙަޟްރަތުގައި ، އެއިލާހުގެ ކުރިފުޅުމަތީ ކޮޅަށް ހުންނަދުވަހު ތަރުޖާމާނަކާ ނުލައި އެއިލާހު ތިބާއާއި މިސުވާލު ކުރައްވައިފިނަމަ ދޭނީ ކޮންޖަވާބެއްހެއްޔެވެ؟
ނޯޓް : މިއާޔަތުގައި ﷲ ތަޢާލާ އިޚްތިޔާރު ކުރައްވާފައިވަނީ "ޖިހާދު" މި ލަފްޒެއް ނޫނެވެ. "ޖިހާދު" އަކީ ވަރަށް ފުޅާ މާނައެއްގައި ބޭނުންކުރެވޭ ލަފްޒެކެވެ. އެހެނެއްކަމަކު ހަނގުރާމަ ކުރުމެވެ. އެއީ އެއްބަޔަކު ހަތިޔާރު ހިފައިގެން ނިކުމެ އަނެއްބަޔަކު ޤަތުލު ކުރުމެވެ. އެހެންކަމުން "ހަނގުރާމަ" މި ލަފްޒު ބޭނުންކުރައްވާފައި ވުމުން ތަފާތު މާާނަތަކުގައި ދީން އޮޅުވާލައި މީސްތަކުން މަގުފުރައްދަމުން ދުވާ މީހުނަށް މިއާޔަތާމެދު ބުނެވޭނެ އެއްޗެއް ނެތެވެ. އެހެނީ މިއާޔަތުގައި ﷲ ތަޢާލާ ސާފު ޞަރީޙަ ޢިބާރާތުން ބަޔާންކުރައްވާފައި ވުމުންނެވެ.