ހަމަކަށަވަރުން ޖަންނަތުގެ ދޮރުކޮޅުތައްވަނީ ކަނޑިތަކުގެ ހިޔަނީގެ ދަށުގައެވެ.
🌿 އަބޫ މޫސާ އަލް އަޝްޢަރީގެ ކިބައިން ރިވާވެގެންވެއެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ : " ހަމަކަށަވަރުން ޖަންނަތުގެ ދޮރުކޮޅުތައްވަނީ ކަނޑިތަކުގެ ހިޔަނީގެ ދަށުގައެވެ." [ ޞަޙީޙް މުސްލިމް ]
އިމާމް ނަވަވީ ޞަޙީޙް މުސްލިމްގެ ޝަރަޙައިގައި މި ޙަދީޘްއާއި ބެހޭގޮތުން ވިދާޅުވެފައި ވެއެވެ. ”ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އޭގެ މާނައަކީ ، ޖިހާދާއި އަދި ހާނގުރާމަ ހިނގަމުންދާ ތަނަށް ޙާޒިރުވުމަކީ ، ޖަންނަތަށްވާ މަގެކެވެ . އަދި އެތަނަށް ވަނުމަށް ވާ ސަބަބެކެވެ.“
ނަމަވެސް އަޅުގަނޑުމެންގެ މުސްލިމް އުންމަތުގެ ޒުވާނުން މި މަގުން ހިނގަންފެށުމުން ދުނިޔޭގެ ޤާނޫނުގައި އެ ޒުވާނުންތައް ކުއްވެރި ކުރެއެވެ. ބޮޑެތި އަދަބުތައް ދީ ހައްޔަރު ކުރެއެވެ. ޓެރަރިސްޓުންގެ ނަމުން ނަންދީ ، މުޖުތަމަޢަށް ބީރައްޓެހި ބައެއްގެ ގޮތުގައި ދައްކައެވެ. އަދި ޢިލްމުވެރިންގެ ރިދާ އެބައެއްގެ ކޮނޑުގައި އަޅައިގެން ތިބި ގިނަމީހުން އެއީ ފިތުނައާއި މަގުފުރެދުން ކަމުގައި ބުނެ މީސްތަކުން ޖަންނަތުގެ ހިޔާ ފޯރާ ހިސާބަށް ދިޔަނުދީ ހުރަސް އަޅައެވެ.
﴿أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ﴾ ﴿مَا لَكُمْ كَيْفَ تَحْكُمُونَ﴾ [سورة القلم 35 , 36]
((ފަހެ، ތިމަންރަސްކަލާނގެ (ކިޔަމަންތެރި) مسلم ން (كافر ވި) ކުށްވެރިން (މުޖުރިމުންނާ) އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟ (35) ތިޔަބައިމީހުންނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟.))