top of page
Featured Posts
Aruoxam

އިބުނު ޤައްޔިމު ރަޙިމަހުﷲ



أبو عبد الله عبد الرحيم بن محمد المدني


އިބުނު ޤައްޔިމު ރަޙިމަހުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރީ ސަނަތުން 691 ވަނަ އަހަރު ދިމިސްޤުގައެވެ. އެކަލޭގެފާނަކީ ދީނީ ޢިލްމުގެ އިތުރުން ބޭސްވެރިކަމާއި އެސްޓުރޮނޮމީ އާއި އަދި ނަފުސާނީ ޢިލްމުގައިވެސް ކުޅަދާނަ ބޭފުޅެކެވެ. އަދި އެކަލޭގެފާނު ޝައިޙުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ގެ އަރިހުގައި ، އިބުނު ތައިމިއްޔާ އަވަހާރަވަންދެން އެކަލޭގެފާނާއިއެކު 16 އަހަރުވަންދެން ކިޔަވާ ވިދާޅުވެފައިވެއެވެ. އިބުނު ކަޘީރު ރަހިމަހުﷲ ތަޢާލާ މިކަން ސިފަކުރައްވަމުން ބަޔާންކުރައްވަނީ އިބުނު ޤައްޔިމަކީ އެދުވަސްވަރު ވަރަށް ގިނަ އިލްމުތަކެއްގެ ކުރިބޯށިކަމަށެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 751 ގައި އުމުރުފުޅުން 60 އަހަރުގައެވެ


އިބުނު ޤައްޔިމު ރަޙިމަޙުﷲ އަކީ ލިބިފައިވާ ޢިލްމަށް ޢަމަލުކުރެއްވުމުގައިވެސް ނަމޫނާއެކެވެ. ރޭގަނޑެ ދަމު ނަމާދު ގިނައިން ދިގުކޮށްކުރައްވާ ކީރިތި ޤުރުއާން ކިޔެވުމުގައި ގިނަ ވަގުތުތައް ހޭދަކުރައްވައެވެ. އަދި ﷲ ތަބާރަކަ ވަތަޢާލާ ގެ މަތިން ގިނަގިނައިން ހަނދާންކުރައްވާ ޒިކުރުކުރައްވައެވެ. އެކަލޭގެފާނަކީ ﷲތަބާރަކަ ވަތަޢާލާއަށް ބިރުވެތިވުމުގައިވެސް ނަމޫނާއެކެވެ. އަދި އެތައް ފަހަރަކު ހައްޖަށް ވަޑައިގެން މައްކާގެ ޙަރަމުގައި މަޑުކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ މަޝްހޫރު ފިޤުހީ ސިޔަރަތު ފޮތްކަމަށްވާ ޒާދުލްމަޢާދަކީ ޙައްޖަށް ވަޑައިގެން މަގުމަތީގައި ދަތުރުކުރު ކޮށްލުމަށްޓަކައި ލިޔުއްވާފައިވާ ފޮތެކެވެ. މިއީ މިއަދު ދީން ކިޔަވާ ކުދިންނަށް މުހިންމެ ރެފަރެންސު ފޮތަކަށްވެފައިވާ ފޮތެކެވެ. މިކަމުންވެސް އިބުނު ގައްޔިމު ރަހިމަހުﷲ ގެ އިލްމުވެރިކަން ދަލީލުކޮށްދެއެވެ. ލިޔުއްވާފައިވާ ބައެއް ފޮތްތައް 1. ޒާދުލް މަޢާދު ( އާޙިރަތުގެ މޭވާ) 2. ފަވާއިދު 3. އަލްމަނާރުލް މުނީފް 4. އަލްފުރުސިއްޔާ 5. އަލްތިއްބުއް ނަބަވިއްޔާ 6. އައް ދާއު ވައް ދަވާއު ( ބައްޔާއި ފަރުވާ) 7. މުއައްވިޒަތައިނިގެ ތަފުސީރު ( ފަލަޤި ސޫރަތާއި ނާސި ސޫރަތުގެ ތަފުސީރު) އަދިވެސް އެތައް އެތައ ފޮތްތަކެއް ލިޔުއްވާފައިވެއެވެ. ކުރެހުން: ސިރޫ


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page