ދިވެހިޖޯކުތަކުގެ ތެރެއިން ދިވެހިންގެ ހާލަތު
ޅޮހީ
1.ދިވެހިންގެ ހާލަތު
ދިވެއްސަކު ކޮންމެސް ތަނެއްގައި އޮތް ކޮންމެސް ބަސްދީގަތުމަކަށް ޙާޒިރުވިއެވެ. އޭނާއާއި ސުވާލުކުރަން ފެށިއެވެ. ސ. ދިވެހިރާއްޖޭގައި އޮންނަނީ ކިތައް ޕާރޓީ؟ ޖ: 13 ޕާރޓީ ސ. ރާއްޖޭގައި އޮތް އެންމެބޮޑު ޕާރޓީއަކީ ކޮބާ؟ ޖ: އެމްޑީޕީ ސ. ޑީއާރުޕީގެ ކުލައަކީ ކޮބާ؟
ޖ: ކަނޑުނޫކުލަ ސ. ޑީއާރުޕީގެ ޒަޢީމަކީ ކޮބާ؟ ޖ: އަލްއުސްތާޒު މައުމޫނު ޢަބްދުލްގައްޔޫމް ސ. ދިވެހިރާއްޖޭގެ ޤާނޫނޫ އަސާސީގައި އޮންނަނީ ކިތައް މާއްދާ؟ އަދި 20 ވަނަ މާއްދާގައި އޮންނާނީ ކީކޭ؟
މި ސުވާލަށްވެސް އޭނާ ރަނގަޅު ޖަވާބު ދިނުމުން ސުވާލުކުރަން އިންމީހާ އިނީ ހައިރާންވެފައެވެ. އޭނާ ބުންޏެވެ. ދިވެހިން ހާދަމޮޅެވެ. މިހެން ހިތައް އަރާފައި އެހެން ދާއިރާއަކުން ސުވާލުކޮށްލިއެވެ.
ސ. މުސްލިމުން ކުރަންޖެހެނީ ކިތައް ނަމާދު؟ ޖަވާބުދޭން އިންމީހާ ބޯކަހާލާފައި ބުންޏެވެ. "ތައުލީމުއްދިޔާނާ ބަލާލާފައި އެނގޭނީ" 2. ށ.އަތޮޅުގައި އަލަށް އުފެއްދި ރަށެއް އައްޑުއަތޮޅު މީހަކު ށ.މަރޮއްޓަށް އަރުވައިލައިފިއެވެ. ދުވަސްވަރަކީ ފޯނު ނެތް ދުވަސްވަރުކަމުން މުޢާމަލާތްކޮށް އުޅުނީ ސިޓީ ބިޓީންނެވެ. ދެން ކޮންމެއަކަސް މި އަރުވާލި މީހާ އޭނާގެ މަންމަ އަށް ސިޓީލިޔަން ފެށިތަނާ އެޑްރެސް ލިޔުނު ހިސާބުން ހުއްޓުން އަރައިފިއެވެ. ގޭގެ އެޑްރެސް ޖަހާފައި ދެން ޖަހަން މިޖެހެނީ މަރޮށީގެ ނަމެވެ.
ރަށްޖަހަން ޖެހުނު ހިސާބުން މިމީހާގެ ހިތަށް އެރިއެވެ. ގައިކޮޅައިވާ ގައިދުރެވެ. މަގޭ މަންމައަށް ފޮނުވާ ސިޓީގައި ރޯ އައުގުރާނަ ލިޔާކަށް ތިމަންނާއަކަށް ވާ ލާހިކެއް ނޫނެވެ.
މިވީގޮތަކީ އައްޑުއަތޮޅު މީހުން ރޮށި މިކިޔަނީ އެހެން އެއްޗަކަށެވެ. އާންމު ދިވެހި ބަހުރުވައިގައި ރޮށި މިކިޔާ އެއްޗަށް އެމީހުންގެ ބަހުރުވައިގައި ކިޔަނީ ފޮޅިއެވެ. ރޮށި މި ލަފުޒު ބޭނުންކުރަނީ ގޯސްލަފުޒެއްގެ ގޮތުގައެވެ. ނުވަތަ އައުގުރާނައެއްގެ ގޮތުގައެވެ.
މީނާ ކޮންމެއަކަސް ވަރަށް ވިސްނައިފިއެވެ. ވަރަށް ވިސްނާފައި ސިޓީގެ އެޑްރެސް ފަހަތުގައި ރަށުގެ ނަންލިޔެލައިފިއެވެ.
ލިޔެފައި އޮތީ ކޯއްޗެއްކަން އެނގިލައްވާތޯއެވެ. ރޮށި އައްޑޫބަހުރުވައަށް ތަރުޖަމާކޮށްލާފައި" ށ.މަފޮޅި" ޖަހައިގެން ސިޓީ ލިޔެ ނިންމައިލީއެވެ.