ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ޙަބަޝާގެ މީހަކު ކަޢުބަތުﷲ ގެފުޅު ހަލާކުކޮށްލުން
ޑރ.މުޙައްމަދު އަރީފީ
ޑރ.މުޙައްމަދު އަރީފީ މަތީގައިވާ ޞުރުހީގެ ދަށުން ދުނިޔޭގެ ނިމުން މިނަން ކިޔާ ފޮތުގައި ލިޔުއްވާފައިވެއެވެ.
ޤިޔާމަތްވުމުގެ އެއް ޢަލާމާތަކީ މާތްވެގެންވާ މުސްލިމުންގެ ޤިބުލަކަމަށްވާ ކަޢުބަތުﷲ ގެފުޅު ހަލާކުކޮށްލުމެވެ. އެކަންކުރާނީ ހަބަޝާއަށް(މިހާރުގެ އިތިއޯޕިއާ) ނިސްބަތްވާ ކަޅު ޛުއް ސުވައިޤަތައިނި(ހިކިދެފައި ލިބިގެންވާ) މިނަމުން ނަންދެވިފައިވާ މީހެކެވެ. އޭނާއަށް މިނަމުން ނަންދެވިފައިވަނީ އޭނާގެ ދެފައި ކުޑަވެފައި ހިކިކަމުންނެވެ. އޭނާ ކަޢުބާގެ ހިލަޔަކުން ހިލަޔަކުން ނައްޓުވައި އެތަން ރޫޅާލާނެއެވެ. އަދި އެތަނުގެ އުރަކޮޅު ފަޅާލައި އެތަނުގެ ހަޒާނާތައް ނަގާނެއެވެ.
ޢަބްދުﷲ ބުން ޢަމްރު ބިން ޢާސް ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
" ޙަބަޝާ މީހުންނާއި (ގޯނާނުކޮށް)އެކަނި ދޫކޮށްލާށެވެ. އެބައިމީހުން ދޫކޮށްލުމުން އެއްވެސް މީހަކު ކަޢުބާގެ ޙަޒާނާ ކޮނެގެން ނުނަގާނެއެވެ. ޙަބަޝާގެ ޛުއް ސުވައިޤަތައިނި ފިޔަވައެވެ." އެހެން ރިވާޔަތެއްގައި ވެއެވެ.
" ކަޢުބާ ހަލާކުކޮށްލާނީ ޙަބަޝާ (މިހާރުގެ އިތިއޯޕިއާ)ގެ ޛުއް ސުވައިޤަތައިނިއެވެ."
ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.
" ތިމަންކަލޭގެފާނަށް މިހާރު އޭނާ ފެންނަފަދައެވެ. (ނުވަތަ އޭނާއާއި އެކުގައި ހުރި ފަދައެވެ). ދެފައި ދުރު ކަޅުމީހެއް ހިލަޔަކުން ހިލަޔަކުން ނައްޓުވަމުންދަނީއެވެ. –(އިޝާރާތްކުރެއްވީ ކަޢުބާއަށެވެ)" ޢަބްދުﷲ ބިން ޢަމްރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިކަމަށް ރިވާކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ކަޢުބާ ހަލާކުކޮށްލާނީ ޙަބަޝާ (މިހާރުގެ އިތިއޯޕިއާ)ގެ ޛުއް ސުވައިޤަތައިނިއެވެ. އަދި އޭނާ ކަޢުބާގެ ހަޒާނާތައް ނަގައި އޭގެ އުރަކޮޅު އިރައިލާހުއްޓެވެ. ތިމަންކަލޭގެފާނަށް އޭނާ ފެންނަ ފަދައެވެ. ކުޑަކޮށް ތަލަވެފައިވާ ކޮރުކަމެއްހުރި މިމީހާ ފަކީރާއާއި ކޯރާޑިން(ކައްޓި ކޯރާޑި) ތަޅަމުންދަނީއެވެ."
ނުނިމޭ