ވަޑާންކުރާ މީހެއްގެ ވާހަކަ
ޅޮހީ
ވަރަށް ހުނަރުވެރި ގެ ހެދުމުގެ މަސައްކަތްކުރާ ވަޑިއެއް މަސައްކަތުގައި ގިނަދުވަސްވެ މުސްކުޅިވުމުގެ ސަބަބުން މަސައްކަތް ދޫކޮށްލަން ނިންމިއެވެ. އަދި ވަޒީފާ ދީފައިވާ ފަރާތުގައި މިކަން ދަންނަވާ ދެން މިޔަށްފަހު ވަޤުތު ހޭދަކުރަން ބޭނުންވަނީ އާއިލާއެކުގައި ކަމުގައި ހާމަކުރިއެވެ.
ވަޒީފާ ދީފައިވާ ފަރާތުން މިފަދަ ހުނަރުވެރި މަސައްކަތްތެރިއެއް ދާތީ ވަރަށް ދެރަވިއެވެ. އަދި އޭނާއަށް ކަމެއް ކޮށްދެންޏާ އަދި އެއްގެ އަޅައިދިނުމަށް އެދުނެވެ. މިކަމާއި އެއްބަސްވުމަށްފަހު ވަޑާން ކުރާ މީހާ މިއީ ދެން ފަހު މަސައްކަތެއްގެ ގޮތުން ކޮށްލާ ކަމެއްގެ ގޮތުން މަސައްކަތް ފަށައިގަންފިއެވެ.
ނަމަވެސް މަސައްކަތްދަނީ ވަރަށް ފަރުވާކުޑަކޮށް އަދި ފަހު މަސައްކަތްކަމުން ވަރަށް އަވަސްކޮށެވެ. އަދި މަސައްކަތުގައި މާ ބޮޑު ޝައުޤުވެރިކަމެއްނެތި މި މަސައްކަތް ކޮށް ނިންމާ ހަދަން ހަވާލު ކުރި ފަރާތާއި ހަވާލުކޮށްފިއެވެ.
މަސައްކަތް ނިމި މަސައްކަތް ހަވާލުކުރަންއުޅުމުން ވަޒީފާ ދިން ފަރާތުން މި ވަޑާންކުރާ މީހާ ގެނައެވެ. އަދި ގެނައުމަށްފަހު ތަޅުދަނޑިތަކާއި އަދި ބައެއް ގޭގެ ކަރުދާސްތައް އެބޭބެ އާއި ހަވާލު ކުރަމުން ވަޒީފާ ދިން ފަރާތުން ބުންޏެވެ. " މީ އަހަރެންގެ ފަރާތުން ތިބާއަށް ދޭ ހަދިޔާއެކެވެ. ތިގެޔަކީ ތިބާގެ ގެޔެވެ. " ވަޑާންކުރާބޭބެއަށް މިއަޑު އިވުމާއެކު ދެލޯ ނިއްކުރިއަށްއެރިއެވެ. އެގެޔަކީ އެބޭބެއަށް ލިބެން އުޅޭ ގެ ކަން އެނގުނު ނަމަ ގޭގެ މަސައްކަތް ނިންމީހީ ވަރަށްވެސް ރަނގަޅަށެވެ. ހަޔާތުގައި އެޅި ހުރިހާ ގެތަކަށްވުރެވެސް ރީތިކޮށް މިގެ ހެދޭތޯ މަސައްކަތް ކުރީމުހެވެ. ނަމަވެސް ދެން ކުރާނެ ކަމެއްނެތެވެ. އަޅުގަނޑުމެންގެ ހާލަތުވެސް ގިނަފަހަރަށް ހުންނަނީ މިފަދައިންނެވެ. ކަންކަމާއި މެދު ހިތާމަކުރަނީ ވަގުތު ފާއިތުވުމުންނެވެ. އެކަމެއް ނިމުނީމައެވެ. ފަހުން ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ. އަޅުގަނޑުމެންގެ ހަޔާތްވެސް ވަނީ މިފަދައިންނެވެ. މަރުވުމަށްފަހު އަލުން ދެވަނަ ފުރުސަތެއް ނުލިބޭނެއެވެ. ﷲ ތަބާރަކަ ވަތައާލާ އަހަރެމެން އެންމެން މި ދުނިޔެއަށް ފޮނުއްވާފައިވަނީ އާޚިރަތުގެ ދާއިމީ ގޯތި ބިނާކުރުމަށްޓަކައި އަމަލު ކުރުމަށެވެ. އާޚިރަތު ގޮވަތި ބިނާކުރާނީ ކިހާ ފެންވަރެއްގައި ކަމާއި ކިހާއި ފުރިހަމައަށްކަން ނިންމާނީ އަޅުގަނޑުމެންނެވެ. އެހެނީ އެގޮވަތި ލިބުންވަނީ އަހަރެމެން ކުރާ ޢަމަލުތަކުގެ މައްޗަށް ބިނާވެގެންނެވެ. ވީމާ ވަޤުތު ފާއިތު ނުވަނިސް ހަޔާތް އިސްލާޙުކޮށް ދިރިއުޅުން ބާއްޖަވެރިކުރުމަށް އަވަހަށް ފެށުން ކިހިނެއްވާނެބާވައެވެ؟
ވާހަކައިގެ މަސްދަރު: އިސްލާމްކޭން ވެބްސައިޓު