top of page
Featured Posts
@zauja saaliha

އޭ އުޚްތާއެވެ. ޙިޖާބުގެ ފޭރާމުން ތިބާ ޒީނަތްތެރި ނުވާނަން ހެއްޔެވެ.



⭕️ އަބޫހުރައިރާ ރަޟިޔަﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ.

((ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެބާވަތެއްގެ މީހުންވެއެވެ. ތިމަންކަލޭގެފާނު އެ ދެބައިމީހުން ނުދެކެމެވެ.އެއްބަޔަކީ ، އެބައެއްގެ އަތުގައި ގެރީގެ ނިގުލާއި އެއްފަދަ ޗާބޫކުތަކެއްވާ ބައެކެވެ. އޭގެން އެބައިމީހުން މީސްތަކުންގައިގައި ތަޅައެވެ. އަނެއްބަޔަކީ ހެދުންލައިގެން އޮރިޔާމުން އުޅޭ ބައެކެވެ. އެކަނބަލުންނަށް އެހެންމީހުން ލަންބުވައި އަދި އެކަނބަލުން ލެނބިގެން ވެއެވެ. އެކަނބަލުންގެ ބޯ ޖަމަލުގެ ގޮންގަނޑު ފަދައެވެ. އެކަނބަލުން ޖަންނަތަކަށް ނުވަންނާނެތެވެ. އަދި އެކަނބަލުންނަށް އެތާނގެ ވަސްވެސް ނުފޯރާނެތެވެ. ހަމަކަށަވަރުން އެތާނގެ (ޖަންނަތުގެ) ވަސް އެވެނި މިވެނި ހިސާބަކަށް ހުރެއެވެ.)) [ޞަޙީޙް މުސްލިމް ، 2128]


1 - ފުރަތަމަ ބައިގެ މީހުނީ ފުލުހުންނާއި ސިފައިންނެވެ . އެބައިމީހުންގެ އަތުގައި ޗާބޫކުތަކާއި މުގުރުބުރިތައް ވެއެވެ . އަދި އެތަކެތިން މީސްތަކުންގެ ގައިގައި ތަޅައި އަނިޔާކުރެއެވެ.


2 - ވަނައީ އަންހެނުންގެ ތެރެއިން ހެދުންލައިގެން އޮރިޔާމާ އުޅޭ މީހުނެވެ.


ފަހެ ތިބާގެ މައްޗަށް ތިބާގެ ރައްބު އާޚިރަތުގައި ނިޔާކަނޑައެޅުމުގެ ކުރީގައި ، ތިބާ ތިބާގެ ނަފްސު ދުނިޔޭގައި ޙިސާބު ކޮށްލާށެވެ. އަދި ތިޔަ ނަފްސުވަނީ ކޮންބައެއްގެ ތެރޭގައިތޯ ބަލާށެވެ.

ތިބާ ލައި އުޅޭ ފޭރާމުގެ ތުނިކަމުން ހަށިގަނޑު ފާޅުވާނަމަ ، ތިބާއަކީ ހެދުންލައިގެން އޮރިޔާމާ އުޅޭ މީހެކެވެ. އަދި ތިބާގެ ފޭރާމުގެ ބާރު ކަމުން ވަނާތައް ފާޅުވާނަމަ ، ތިބާއަކީ ހެދުންލައިގެން އޮރިޔާމާ އުޅޭ މީހެކެވެ. ތިބާގެ ހަށިގަނޑުން ބައެއް ނިވާކޮށް އަނެއްބައި ކަޝްފުކޮށްފައި ބަހައްޓާނަމަ ތިބާއަކީ ހެދުންލައިގެން އޮރިޔާމާ އުޅޭ މީހެކެވެ. ތިބާ ލައިއުޅޭ ހެދުން ކުރުވުމުގެ ސަބަބުން ބައެއްފަހަރަށް ނިވާވެ އަނެއްބައި ފަހަރަށް ކަޝްފުވާނަމަ ތިބާއަކީ ހެދުންލައިގެން އޮރިޔާމާ އުޅޭ މީހެކެވެ. އަދި އެމީހެއްގެ ބޮލުހުޅި މައްޗަށްއުފުލައި ޖަމަލު ގޮންގަނޑުފަދައިން ނަގައިފި މީހާ އަދި އޭނާގެ ބޮލުގައިވާ ބުރުގާއިން ނުވަތަ އެހެންވެސް އެއްޗަކުން އެފަދައިން ހަދާފައިވާ މީހާވެސް އެވަނީ އެ ވަޢީދު އައިސްފައިވާމީހުންގެ ސިފައިން ސިފަ ޖެހިފައެވެ. އަދި އެހެންގޮތަކުންވެސް އަންހެނާ އޭނާއަށް މީސްތަކުން ލަންބުވާނަމަ އެފަދަ އަންހެނާއީ މި ޙަދީޘްގައި ޛިކްރުކުރެވިފައިވާ މީހުންގެ ތެރެއަށް ވަންނާނެ މީހެކެވެ. އެހެނީ ހެނދުންލައިގެން އޮރިޔާމާ އުޅޭ އަންހެނާގެ ސިފައެއްކަމުގައި އޭނާއަށް މީސްތަކުން ލެނބުން ހިމެނެއެވެ.

ހެދުންލުމުގެ މަޤުޞަދަކީ މީސްތަކުންގެ ލޯތަކަށް ހަށިގަނޑު ނިވާކޮށް ފަރުދާކުރުމެވެ. އެއީ ފިރިހެންތަކުން ޒިނޭއާއި ފާޙިޝްކަންތައްތަކުން ދުރުކުރުމަށެވެ. އަދި ޝައިޠާނާގެ ޕްލޭން ފެއިލް ކޮށްލުމަށެވެ. އަދި ﷲ ގެ ރުއްސެވުން ލިބިގަތުމަށެވެ.


ފަހެ އިންސާނީ މުޅި ދަރިފަސްކޮޅުގެ ބައްޕަ އާދަމް ޢަލައިހިއްސަލާމް އަދި މަންމަ ޙައްވާ ޢަލައިހަށްސަލާމް ޖަންނަތުން ބޭރުކުރެވުނީ ކީއްވެތޯ އެވެ؟ އެއީ އާދަމްގެފާނާއި ޙައްވާގެފާނަށް އަމުރުވެވިގެންވީ ގަހަކާއި ކައިރި ނުވުމަށެވެ.އަދި އޭގެން ފަރީއްކުޅުވުމުން ދުރުހެލިވުމަށެވެ. އެއީ އެކަމުގެ ސަބަބުން އެބޭކަލުންގެ އައުރަ ޖަންނަތުގައި ކަޝްފުވެގެން ނުދިއުމަށެވެ. ނަމަވެސް ޝައިޠާނާ އެބޭކަލުން ހެއްލުންތެރި ކުރުވީއެވެ.

{فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ} [سورة طه 121] ”ފަހެ، އެ ދެކަނބަލުން އެ ގަހުން ފަރިއްކުޅުއްވިއެވެ. ދެން އެ ދެކަނބަލުންގެ عورة، އެ ދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން عورة ނިވާކުރައްވަން ފެއްޓެވިއެވެ.“


އެހެންކަމުން އެބޭކަލުންގެ އައުރަ ކަޝްފުވުން ވެގެންދިޔައީ އެބޭކަލުން ޖަންނަތުގައި ތިއްބައި އެތަނުން ބޭރުކުރެވުނު ސަބަބެއް ކަމުގައެވެ. ވީއިރު ދުނިޔޭގައި އައުރަ ކަޝްފުކޮށްގެން އުޅޭމީހުން އަދި އެޖަންނަތަށް ވަންނާނީ ކޮންފަދައަކުންތޯ އެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page