top of page
Featured Posts
@zauja saaliha

ފަހެ ތިބާ އެދޭނަމަ  ވަލުޖަނަވާރެއްފަދައިން ވާށެވެ. ނުވަތަ ތިބާގެ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި


⁦♻️⁩ ސަލަފުންގެ ބައެއްބޭކަލުން ވިދާޅުވާކަމުގައި ވެއެވެ.


”ﷲ ތަޢާލާ މަލާއިކަތުންގެ ކިބައިގައި ޝަހުވަތަކާއި ނުލައި ބުއްދި ލެއްވިއެވެ. އަދި ޖަނަވާރުން ޚަލްޤު ކުރައްވައި އެތަކެތީގައި ބުއްދިއާއި ނުލައި ޝަހުވަތު ލެއްވިއެވެ. އަދި އާދަމުގެ ދަރި (އިންސާނާ) ޚަލްޤުކުރައްވައި ، އޭނާގެ ކިބައިގައި ބުއްދިއާއި ، ޝަހުވަތާއި ދެބައި ލެއްވިއެވެ. ފަހެ ، އެމީހެއްގެ ޝަހުވަތުގެ މައްޗަށް ބުއްދި އިސްކޮށްފި މީހާ މަލާއިކަތުންނާއި އެއްފަދަ ވެއްޖެއެވެ. އަދި އެމީހެއްގެ ބުއްދީގެ މައްޗަށް ޝަހުވަތު އިސްކޮށްފިމީހާ ވަލުޖަނަވާރާއި އެއްފަދަ ވެއްޖެއެވެ."


﴿أَمۡ تَحۡسَبُ أَنَّ أَكۡثَرَهُمۡ یَسۡمَعُونَ أَوۡ یَعۡقِلُونَۚ إِنۡ هُمۡ إِلَّا كَٱلۡأَنۡعَـٰمِ بَلۡ هُمۡ أَضَلُّ سَبِیلًا﴾ ( سورة الفرقان 44)

”ނުވަތަ އޭގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށްވުރެވެސް އެއުރެން މަގުފުރެދުން ބޮޑެވެ.“


ފަހެ ތިބާ ވަނީ މިތަނުން ކޮންބައެއްގެ ތެރޭގައިތޯ ، އަމިއްލަނަފްސާއި ސުވާލުކޮށްލާށެވެ. އަދި ތިބާގެ ޙާލަތު ޙިސާބުކޮށްލާށެވެ. ތިބާގެ ވަށައިގެން އެތައް ގެއަކަށް މަލަކުލްމައުތު ވަޑައިގެން އެ ގޭގެ މީހުންގެ ފުރާނަތައް ނަންގަވަމުން ދެއެވެ. ތިބާއަށް ވާ އިންޒާރެއް ކަމުގައެވެ. ތައްޔާރު ވުމަށް އެދޭމީހާއަށް ވާ މުހުލަތެއްގެ ގޮތުގައެވެ. ފަހެ ތިބާ ދުނިޔޭގެ ގޯތިން ނިކުމެ އާޚިރަތުގެ ގޯއްޗަށް ވަނުމުގެ ވަގުތު ގާތްވަމުން ދެއެވެ. އާޚިރަތުގެ ގޯތިން ތިބާއަށް ފުރަތަމަ ހުޅުވިގެންދާ ދޮރަކީ ބިންގަނޑުން ތިބާއަށް ހުޅުވޭ ކަށްވަޅުގެ ދޮރެވެ. އެތާނގެ އަދިރިކަމާއި އެކަނިވެރިކަމެވެ . ނާމާންކަމާއި ބިރުވެރިކަމެވެ.

ފަހެ ތިބާ އެދޭނަމަ ވަލުޖަނަވާރެއްފަދައިން ވާށެވެ. ނުވަތަ ތިބާގެ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި ނަފްސު އިޞްލާޙުކުރާށެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page