ﷲ ތަޢާލާގެ އޯގާވަންތަކަމާއި ރަޙުމަތުގެ ބޮޑުކަމާއެވެ.
އެއިލާހު އަހަރެމެންނަށް ވަނީ މައިންބަފައިންނަށް އިޙުސާންތެރިވެ ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައެވެ. ނަމަވެސް އެވަރުން އަދި ނުފުދެއެވެ. މި ޖާހިލު އިންސާނާއަށް އިޙުސާންތެރިވާނެ ގޮތުގެ ޢިލްމު ބޭނުންވެއެވެ. އެހެންކަމުން އެގޮތްތައް ވަނީ މިމާތް ޤުރުއާނުގައި ބާވައިލެއްވިގެންނެވެ.
ފަހެ ތިބާ ، ތިބާގެ މައިންބަފައިންނަށް ހެޔޮދުޢާއެއް ކުރުމަށް ބުރަބޮޑުވެގެން ވަނީހެއްޔެވެ؟ އެހެނަސް ތިބާ ކުޑައިރު ރޮއެލާ ކޮންމެ ފަހަރަކު އުރާލައި ، ބަނޑުހައިވާއިރަށް ކާންދީ ތިބާގެ އުފަލަށްޓަކައި އެދެމީހުންގެ ނިދި ނަގާލައި ހޭލާ ހުރުމަކަށް ބުރައަކަށް ނުވިއެވެ.
ފަހެ ތިބާގެ ކިބައިގައި އިޙްސާންތެރިކަމެއް ވޭ ހެއްޔެވެ؟ އެހެނީ އަހަރުމެންގެ ދުޢާއިން އެ މައިންބަފައިން ސުވަރުގޭގައި އެތައް ދަރަޖައަކަށް އުފުލިގެން ދެއެވެ.
އަބޫހުރައިރާ ރަޟިޔަﷲ ޢަންހު މާތްނަބިއްޔާ ގެ ކިބައިން ރިވާކުރައްވާ ގެންނަވާފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. ” ހަމަކަށަވަރުން އަޅާއަށް ، އޭނާގެ ދަރަޖަ ޖަންނަތުގައި އުފުލިގެން ދެއެވެ. ފަހެ އޭނާ ބުނެއެވެ . : އަހަންނަށް މިކަން ލިބުނީ ކިހިނަކުންތޯއެވެ. އެހިނދު އޭނާއަަށް ބުނެވޭނެއެވެ. : ތިބާގެ ދަރި ، ތިބާގެ ފާފަ ފުއްސެވުމަށް އެދި ކުރި އިސްތިޣުފާރުންނެވެ.“ (އިބްނު މާޖާ 214/ 3)
ވީއިރު ދުނިޔޭގައި އެމައިންގެ ބަނޑުގައި އަދި އުރުގައި އަހަރެމެން އުފުލިފަދައިން އާޚިރަތުގައި ، ތަނަވަސް ޖަންނަތުގެ މަތިވެރި ދަރަޖަތަކަށް ، އެ މައިންބަފައިން އަހަރެމެންގެ ދުޢާއިން އުފުލާނުލާންވީ ކީއްވެހެއްޔެވެ؟