ފަހެ އަޅުގަނޑުމެންގެ ހިތްތައް ވަނީ ކޮންފަދައަކުންތޯ ސުވާލު ނުކުރާނަން ހެއްޔެވެ؟
🔘 އިމާމު ޙާކިމް އެކަލޭގެފާނުގެ ޙަދީޘްފޮތް "މުސްތަދްރިކު" ގައި ގެންނަވާފައި ވެއެވެ.
عَنْ أَبِي هُرَيْرَةَ - رَضِيَ اللَّهُ عَنْهُ - ، أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وآلِهِ وَسَلَّمَ - ، قَالَ : " إِنَّ الْمُؤْمِنَ إِذَا أَذْنَبَ ذَنْبًا كَانَتْ نُكْتَةٌ سَوْدَاءُ فِي قَلْبِهِ ، فَإِنْ تَابَ وَنَزَعَ وَاسْتَغْفَرَ سَقُلَ مِنْهَا قَلْبُهُ ، وَإِنْ زَادَ زَادَتْ حَتَّى يَعْلَقَ بِهَا قَلْبُهُ فَذَلِكَ الرَّانُ الَّذِي ذَكَرَ اللَّهُ فِي كِتَابِهِ : (كَلَّا بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ)(المطففين: 14)
(3963) އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. : ހަމަކަށަވަރުން މުއުމިނު އަޅާ ފާފައެއް ކޮށްފިނަމަ ، އޭނާގެ ހިތުގައި ކަޅު ލަފެއް (ތިއްކެއް) ޖެހެއެވެ. ފަހެ އޭނާ ތައުބާވެ ، އެކަމުންދުރުހެލިވެ އިސްތިޣްފާރު ކޮށްފިނަމަ ، އޭނާގެ ހިތް ސާފުވެގެން ދެއެވެ. އަދި އޭނާ ފާފަކުރުން އިތުރުކޮށްފި ކަމުގައިވާނަމަ ކަޅުކަން އިތުރު ވެގެންދެއެވެ. އޭނާގެ ހިތް އެކީގައި ކަޅުވެ ފަށަލަލެވިއްޖައުމަށް ދާންދެނެވެ. ފަހެ އެއީ ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި ޛިކުރު ކުރައްވާފައިވާ "އައް ރާނެވެ" ( ދަބަރު ނުވަތަ ދަމިލައިގެ ކަޅު ފަށަލައެވެ.)
(كَلَّا بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ)
”ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.“ (المطففين:14)
އަދި ވިދާޅުވިއެވެ. "ޙަދީޘްގެ ޞައްޙަކަން އިމާމް މުސްލިމްގެ ޝަރުޠުތަކާއި އެއްވަރެވެ."
📌 ދަންނާށެވެ. ފަހެ އަޅުގަނޑުމެންގެ ހިތްތައް ވަނީ ކޮންފަދައަކުންތޯ ސުވާލު ނުކުރާނަން ހެއްޔެވެ؟ އެހެނީ ރެޔާއި ދުވާލު ގޭތެރެއިންނާއި މަގުމަތިން ، ފިހާރަތަކުންނައި ސައި ހޮޓާ ރެސްޓޯރެންޓްތަކުން އިވެނީ ލަވަޔާއި މިޔުޒިކުގެ ޝައިޠާނީ ގޮވެލިފަތިތަކެވެ. ޓީވީތަކުން ފެންނަނީ ފާޙިޝް ނިވާކަންކުޑަ މަންޒަރުތަކެވެ.ނުވަތަ ހިންދޫންގެ އަޅުކަމުގެ ޝިރުކުގެ ނަޖިސް މަންޒަރުތަކެވެ. ނުވަތަ މަގުމަތީ ހެދުންލައިގެން އޮރިޔާމުން ދުވާ އަންހެނުންތަކެވެ.ލޯކަލް ޓޫރިޒަމުގެ ނަމުގައި އަތްފޯރާފަށަށް ޝަހުވަތާއި ، ފާޙިޝްކަން ގެނެސްދީގެނެވެ. އެބައިމީހުން ޝައިޠާނާއަށް ލެނބިގެންވާ ޙާލު އެބައިމީހުންގެ ޒީނަތްތެރިކަން ފާޅުކޮށް އެހެންމީހުންވެސް ލަންބުވަމުންނެވެ.
ވީއިރު އަޅުގަނޑުމެންގެ ހިތްތައް ކަޅުވެގެންވާނެ ވަރު ތަޞައްވަރުކޮށްލާށެވެ. ފަހެ އަދިވެސް މި ހިތްތައް ތައުބާވެ ﷲ އަށް ރުޖޫޢަވާކަށް ނުވޭތޯއެވެ.