top of page
Featured Posts
@zauja saaliha

ލައިލަތުލްޤަދުރި ވިލޭރޭ..



عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : (( مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) رواه البخاري (1901) ، ومسلم (759)

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ((ލައިލަތުލްޤަދުރި ވިލޭރޭ އީމާންކަމާއި އަޖުރަށް އެދިގެން ރޭއަޅުކަންކޮށްފި މީހާގެ ، އިސްވެދިޔަހާ ފާފައެއް ފުހެވިއްޖެއެވެ.))


📌 އޭ ﷲ ގެ އަޅާއެވެ. ތިބާފަހެ ބުއްދި ނުކުރާނަންހެއްޔެވެ؟ . އެންމެ ރެއެކެވެ. އެރޭގެ އަޅުކަން ތިބާގެ ޢުމުރާ ނުބައްދަލެވެ. 83 އަހަރުގެ އަޅުކަމެވެ. އެރޭ ފެށެނީ އިރު އޮށްސުމުންނެވެ. ނިމެނީ ފަޖުރުވުމުންނެވެ. ތިބާ އަޅުކަމުގައި ހޭދަކޮށްލަންޖެހނީ ގާތްގަނޑަކަށް 8 ވަރަކަށް ގަޑިއިރެވެ. އޭގެ ކޮންމެ ގަޑިއިރެއްގެ އަޅުކަން 10 އަހަރުގެ އަޅުކަމާ އެއްފަދައެވެ.


ފަހެ ފާފަތަކުގައި ލަވަޔާއި މިޔުޒިކާއި ، ޕާޓީކުރުމުގައި އަދި އެނޫންވެސް ފާފަތަކަށް އަރައިގަތުމުގައި ހޭލާހުރުމަށް ، ފޫހިކަމެއްނެތި އުޅުމަށް ތިބާއަށް ކުޅަދާނަވެގެން ވިއެވެ. ނަމަވެސް ﷲ އަށް ކިޔަމަންވުމާއި އަޅުކަމުގައި ހަމަ އެންމެ ރެއެއް ތިބާގެ ޙަޔާތުން ހޭދަކޮށްލަން ތިބާ ނުކުޅެދިގެން ވަނީހެއްޔެވެ؟ އެރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެއްޖެއެވެ. ފަހެ ލައިލަތުލްޤަދުރި ވިލޭރޭގެ އަޅުކަންތައްތަކުން ތިބާގެ ނަފްސު މަޙުރޫމުކުރުމަށްފަހު ދެން ތިބާގެ ޙަޔާތް ބަދުނަސީބުވުމުން އެކަމުގެ ޝަކުވާ ނުކުރާށެވެ. އެހެނީ ތިޔަ ޙަޔާތުގެ ބާއްޖަވެރިކަން ގެއްލުވާލީ ތިޔަ ދެއަތުން އިސްކުޅަ ކަންތައްތަކަކުންނެވެ. އާޚިރަތްދުވަހު އެފަދަމީހާ ނަޖާވާނީ ކޮންފަދައަކުން ތޯއެވެ.؟



telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page