top of page
Featured Posts

ހަރުދަނާ ޢަޤީދާއެއްގެ ބިންގާ އަޅައިދޭށެވެ



ހެޔޮލަފާ ދަރިންތަކަކަށް ވުމަށް އެދޭނަމަ ދީނުގެ ތަރަހައިގެ ތެރޭގައި އެދަރިން ތަރުބިއްޔަތު ކުރާށެވެ.

📌 ސަލަފުއްޞާލިހުންގެ ޒަމާނުގެ އަޅުވެރި ޒުހުދުވެރި ޢާލިމެއް ކަމަށްވާ އިބްރާހިމް ބިން އަދުހަމް މާރުކޭޓަށް ވަޑައިގެން ތީނި (Fig) ވިއްކާ ޒުވާނެއްކައިރިން ވަޑައިގެންނެވިއެވެ. އަދި ތީނި ވިއްކުމަށް އެޒުވާނާ ކައިރިން އެދުނެވެ. އެ ޒުވާނާ މި ޢިލްމުވެރިޔާއަށް ތީނި ވިއްކުމަށް އިންކާރުކުރުމުން އެނބުރި ވަޑައިގަތެވެ.


އެހިނދު އެތަނުން މީހަކު އައިސް އެޒުވާނާއަށް ބުންޏެވެ. އޭނާއަށް ތީނި ވިއްކާށެވެ. އެއީ އިބްރާހީމް ބިން އަދުހަމެވެ.


އެހިނދު އެ ޒުވާނާ އެޢިލްމުވެރިޔާގެ އަރިހަށް އައިސް ބުންޏެވެ. އޭ ބޭބޭއެވެ. ތިބާ ބޭނުންވަރަކަށް މީގެން ތީނި ނަގާށެވެ. އެހިނދު އިބްރާހިމް ބިން އަދުހަމް ދެއްވި ޖަވާބަކީ ޢިލްމިވެރިންނަށާއި ، މުސްލިމް ޅަދަރިންނަށް ޢިބުރަތުން ފުރިގެންވާ ބަސްކޮޅެކެވެ. ވިދާޅުވިއެވެ.

” އަހަރެމެން ދީން ދީފައި ، ތީނިއެއް ނުގަންނަމެވެ. “ ______________________________________

⭕️ ލޮބުވެތި މައިންބަފައިންނޭވެ. ޔަހޫދީންނާއި ، ނަޞާރާއިން ، އަދި މުލްޙިދުން (އޭތީސްޓުން) މަދު ފައިސާކޮޅަކަށް ގަނެލާ ބަޔަކަށް އަޅުގަނޑު މެންގެ ދަރީން ވިޔަނުދޭށެވެ. އެދަރީންނަށް ހަރުދަނާ ޢަޤީދާއެއް ތިޔަ އަތްތަކުން އަޅައިދޭށެވެ.



telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page