ޝަހުވަތުގެ އަހުލުވެރިން
🔰 ޝެއިޚް ޢަބްދުލް ޢަޒީޒް އަލްޠަރީފީ (فك الله اسره) ވިދާޅުވިއެވެ.
ޝަހުވަތުގެ އަހުލުވެރިން (ފިލްމީ ތަރިން ، މޮޑެލްކުރާ މީހުން ނުވަތަ އެފަދަ އެންހެންވެސް މީހުން) ، ހިންދެމި ނުލާނެއެވެ. އެހެންމީސްތަކުން އެބައިމީހުނާއި އެއްފަދަ ވެއްޖައުމަށް ދާންދެނެވެ. އެހެނީ ، އެބައިމީހުނަށް ނުރުހުމުގެ ނަޒަރަކުން މީސްތަކުން ބަލައި ، އެބައިމީހުނާއި މެދު (އެބަހީ ޒިނޭއާއި ފާޙިޝް ކަންތައް ތަކާއިމެދު) ނަފުރަތު ކުރާކަށް އެބައިމީހުނެއް ބޭނުމެއްނުވާނެއެވެ.
(وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَن تَمِيلُوا مَيْلًا عَظِيمًا) سورة النساء 27
” އަމިއްލަ އެދުންތަކަށް تبع ވާ މީހުން އެދެނީ (حق ގެ މަގު ފިޔަވައި باطل ގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ. “
📌 އޭ މުސްލިމް އަޚުންނާއި އުޚްތުންނޭވެ. ތިޔަބައިމީހުންގެ ދަރީންނަށް އެތަކެތި ޒީނަތްތެރިވެ ، ރިވެތި އެއްޗެއްކަމުގައި ބަލަިގަތުމުގެ ކުރިން އެދަރީންނަށް އެތަކެތީގެ ހުރި ނުބައިކަމާއި މުޑުދާރުކަން ކިޔައިދޭށެވެ. އޯގާތެރިކަމާއެކު ނަޞޭޙަތްތެރިވާށެވެ. އަދި އެދަރިން އެފަދަ ކަންކަމުން ދުރުކުރަން އެދޭނަމަ ، ތިޔަބައިމީހުންވެސް އެ ކަންކަމުން ދުރުހެލިވާށެވެ. ﷲ سبحانه وتعالى ތިޔަބައިމީހުނަށް ރުހިވޮޑިގެންވުމަށެވެ. އަދި ތިޔަބައިމީހުންގެ ދިރިއުޅުން އުފާވެރިވެ ބާއްޖަވެރިވުމަށެވެ.