މާޒީގެ ޢިބުރަތް ، މާދަމާގެ މުސްތަޤްބަލު
ލޮބިވެތި މައިންބަފައިންނޭވެ. ތިޔަބޭފުޅުން ގެ ޒުވާން އުމުރުގައި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކޮށް ހާނުވާށެވެ. އެއީ ތިޔަބޭފުޅުން ގައިބާރު ދެރަވެ މުސްކުޅިވާދުވަހު ، ތިޔަބޭފުޅުން ހިތްހަމަޖެހުމާއި ބާއްޖަވެރި ޙަޔާތެއް އެދަރީންނާއި އެކު ވޭތުކުރުމަށެވެ.
ޗައިނާގެ ޤަދީމީ ޒަމާނުގައި އެތާނގެ ރަސްގެފާނު ޗައިނާގެ ވަށައިގެން ބިނާކުރި ބޮޑުފާރު މިއަދު ދުނިޔޭގެ 7 އަޖާއިބުގެ ތެރޭގައި ގުނާއިރު ، ޗައިނާގެ ރަސްގެފާނު އެފާރު ބިނާކުރީ ޗައިނާގެ އަދުއްވުންގެ ކިބައިން ޗައިނާގެ ބިންތައް ރައްކާތެރިކޮށް ، އެހެންމީހުން އެސަރަހައްދަށް ވަދުނަ ނުދިނުމަށެވެ.
ނަމަވެސް އެފާރު ބިނާކޮށް ނިންމިތާ 100 އަހަރު ވީއިރު ، ޗައިނާގެ ޢަދުއްވުން ޗައިނާގެ ސަރަހައްދަށް 3 ފަހަރެއްގެ މަތިން ވަނީ ވަދެފައެވެ. މީގެން އެއްވެސް ފަހަރަކު ޢަދުއްވުން ޗައިނާގެ ބޮޑުފަރު މުގުރާލާފައެއް ނުވެއެވެ. ނަމަވެސް އޭގެ ކޮންމެ ފަހަރަކުވެސް ވަދެފައިވަނީގޭޓްގައި ހުންނަ ސެކިޔުރިޓީ ގާޑަށް ރިޝްވަތު ދީގެންނެވެ.
ޗައިނާއިން ބުރަމަސައްކަތުން ފާރު ބިނާކުރިއިރު އެ ފާރުގެ އެތެރޭގައި އުޅޭނެ އިޚްލާޞްތެރި ވަފާތެރި ދަރިންތަކެއް ބިނާކުރުމަށް ވަނީ ހަނދާން ނައްތާލައިފައެވެ.
އެހެންކަމުން އިންސާނީ ދަރިފަސްކޮޅު (ހެޔޮ ޖީލެއް) ބިނާކުރުމަކީ އެހެން ހުރިހާއެއްޗެއް ބިނާކުރުމުގެ ކުރިއަށް ކުރަންޖެހޭ ކަމެކެވެ.
🔰 ޑރ. މުޞްޠަފާ މަޙުމޫދު "ޤިރާއަތުލް މުސްތަޤްބަލު" މި ފޮތުގައި ، މުސްތަޝްރިޤަކު ހުޅަނގަށް ހަދިޔާކޮށްފައިވާ އިސްލާމްދީން ފުނޑާލާނެ ގޮތުގެ ޕްލޭނެއް ގެނެސްފައިވެއެވެ.
📌 [[ އެބައިމީހުންގެ ކާބަފައިންގެ ޙަޟާރަތް ފުނޑާލަން ބޭނުން ކަމުގައިވާނަމަ 3 ވަސީލަތެއް ބޭނުން ކުރާށެވެ.
1️⃣ ޢާއިލާތެރެ ފުނޑާލާށެވެ. (މުޖުތަމަޢު)
2️⃣ ތަޢުލީމީ ނިޒާމު ފުނޑާލާށެވެ.
3️⃣ އެބައެއްގެ ތެރޭގައިވާ ރިވެތި ނަމޫނާތައް (ރަސޫލުން ، ޞަޙާބީން ، ޢިލްމުވެރީން) ، އަދި މަރުޖިޢުތަކުގެ ހައިބަތު ގެއްލުވާލާށެވެ. (އެބަހީ މީސްތަކުން ކުރާ ޤަދަރު ގެއްލުވާލާށެވެ.)
⏺️ ޢއިލާތެރެ ފުނޑުކޮށް ޚަރާބު ކޮށްލުމަށް ، މަންމަގެ ދައުރު ޢާއިލާގެ ތެރެއިން ގެއްލުވާލާށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމަށް މައިން ގޭގައި އިނުމަކީ އެއީ ޢައިބު ކަމެއްކަމުގައި ދައްކުވާށެވެ.
⏺️ ތަޢުލީމީ ނިޒާމު ފުނޑާލުމަށް ، މުދައްރިސުންނަކީ އެންމެ ބޮޑު ޓަރގެޓްކަމުގައި ހަދާށެވެ. އަދި މުޖުތަމަޢުގައި އެމީހުންނަކީ އެއްވެސް އަގެއް ހުރި ބަޔަކު ކަމުގައި ވިޔަ ނުދޭށެވެ. އަދި އެމީހުންގެ ދަރިވަރުން އެމީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުން ގެއްލުވާލާށެވެ.
⏺️ ރިވެތި ނަމޫނާތައް ފުނޑާލުމަށް ، ޢިލްމުވެރިންގެ ޢަބުރާއި ޢިއްޒަތް ގެއްލުވާލާށެވެ. އެމީހުންނަށް ކުރާ އިޙްތިރާމް ގެއްލުވާލާށެވެ. އެމީހުންނާއި މެދުގައި މީސްތަކުންގެ ހިތްތަކުގައި ޝައްކު އުފައްދާށެވެ. އެމީހުންގެ ވާހަކަތައް އަޑުއެހުމުން މީސްތަކުން ދުރުވެ އެމީހުންނަށް ތަބަޢަވުން ހުއްޓާލައިފުމަށް ދާންދެނެވެ.]]
ފަހެ ވިސްނުންތެރި ހެޔޮލަފާ މަންމަގެ ދައުރު ގެއްލިއްޖެ ނަމަ އަދި އިޚްލާޞްތެރި މުދައްރިސްގެ ހައިބަތު މުޖުތަމަޢުން ގެއްލުވާލައިފިނަމަ އަދި ޢިލްމުވެރިންގެ ޤަދަރު ވައްޓާލައި އިޙްތިރާމް ގެއްލުވާލައިފި ނަމަ ދެން އެ ތަނެއްގައި ހެޔޮލަފާ ޖީލެއް ބިނާކުރާނީ ކޮންބައެއް ހެއްޔެވެ؟